އެމެރިކާގެ ސެޓަލައިޓްތަކާއި ޖައްވީ އުޅަނދުތައް ހިމާޔަތް ކުރުމަށް ސްޕޭސް ފޯސްގެ ނަމުގައި އަސްކަރީ ޚާއްސަ ފައުޖެއް ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވައިފި އެވެ.
22 ޑިސެމްބަރ 2019
އެމެރިކާގެ ސެޓަލައިޓްތަކާއި ޖައްވީ އުޅަނދުތައް ހިމާޔަތް ކުރުމަށް ސްޕޭސް ފޯސްގެ ނަމުގައި އަސްކަރީ ޚާއްސަ ފައުޖެއް ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވައިފި އެވެ.
ސްޕޭސް ފޯސްއަކީ 1947 ވަނަ އަހަރު އަސްކަރީ ވަކި ޚިދުމަތެއްގެ ގޮތުގައި އެމެރިކާގެ އެއާ ފޯސް އުފެދުނު ފަހުން އެ ޚިދުމަތުގެ ދަށުން މަސައްކަތްކުރާ ގޮތަށް އުފެއްދި ފުރަތަމަ ފައުޖެވެ. އަސްކަރީ އެހެން ޚިދުމަތްތަކާ ސްޕޭސް ފޯސްއާ ތަފާތުވަނީ ޖައްވުގައި ސިފައިން ބޭތިއްބުމުގެ ބަދަލުގައި އެމެރިކާ އާއި އެމެރިކާއާ ގުޅުންހުރި ސެޓެލައިޓްތަކާއި ޖައްވީ އުޅަނދުތައް ރައްކާތެރި ކުރަން މަސައްކަތް ކުރާ ފައުޖަކަށް ސްޕޭސް ފޯސް ވާތީ އެވެ.
ސްޕޭސް ފޯސް އިއްޔެ އުފެދިގެން ދިޔައީ އަންނަ އަހަރުގެ އެމެރިކާގެ އަސްކަރީ ބަޖެޓްގެ ޓްރަމްޕް ތަސްދީގު ކުރެއްވުމާ އެކު އެވެ. އަސްކަރީ ބަޖެޓުގެ 738 ބިލިއަން ޑޮލަރުގެ ތެރެއިން ސްޕޭސް ފޯސްގެ ފުރަތަމަ އަހަރުގެ ބަޖެޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ 40 މިލިއަން ޑޮލަރެވެ.
ވޮޝިންޓަންގެ ކައިރީގައި އޮންނަ އަސްކަރީ މަރުކަޒެއްގައި ހުންނަވައިގެން ބަޖެޓް ތަސްދީގު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ ޖައްވުގައި ވެސް އެންމެ ބާރު ގަދަ ގައުމަކަށް އެމެރިކާ ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ސްޕޭސް ފޯސްގެ ކޮމާންޑަރެއްގެ ގޮތުގައި ޓްރަމްޕް ހަމަޖައްސާފައިވަނީ ޖޭ ރޭމަންޑެވެ.
އެއާ ފޯސްގެ ސެކެޓްރީ ބާބަރާ ބަރެޓް ވިދާޅުވީ ސްޕޭސް ފޯސްގައި 16،000 މީހުންގެ ފައުޖެއް އޮންނާނެ ކަމަށެވެ. އެކަމަކު އެ ފައުޖަށް ވަކިން މީހުން ހޯދުމުގެ ހުއްދަ ކޮންގްރެސް އިން ދީފައި ނުވާތީ އެ ފައުޖަށް މީހުން ނަގާނީ އެއާ ފޯސް މުވައްޒަފުންގެ ތެރެއިންނެވެ.
ސްޕޭސް ފޯސްއެއް އުފެއްދީ އެމެރިކާގެ ޖައްވީ ވަސީލަތްތަކަށް ގެއްލުން ދެވޭނެ ވަރުގެ އާލާތްތައް ރަޝިއާ އާއި ޗައިނާ އިން ގެންގުޅެމުންދާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން އެމެރިކާއިން ފާޅު ކުރުމަށް ފަހު އެވެ.
އެމެރިކާގެ ސްޕޭސް ފޯސްގެ ފައުޖަކީ "ގާޑިއަންސް"
އެމެރިކާ ރައީސްގެ ޑޫމްސްޑޭ ޕްލޭން ރާއްޖޭގައި ޖައްސައިފި
ރައީސްގެ އާ މަތިންދާބޯޓު ގަންނަން ޓްރަމްޕް ދެކޮޅު
ގަތަރަށް ދިން ހަމަލާގައި ހަމާސްގެ ލީޑަރުން ސަލާމަތްވި
ގަތަރަށް ދެން ހަމަލާއެއް ނުދޭނެ: އެމެރިކާ
ނޭވީ ސީލްގެ ނާކާމިޔާބު އޮޕަރޭޝަނެއް ފަޅާއަރުވާލައިފި
ޑިފެންސް ޑިޕާޓްމަންޓުގެ ނަން ޑިޕާޓްމަންޓް އޮފް ވޯ އަށް
ޓްރަމްޕުގެ ފޯނަށް މޯދީ ޖަވާބެއް ނުދެއްވާ: ރިޕޯޓް
ޓްރަމްޕާއި ޕުޓިން ހުކުރު ދުވަހު ބައްދަލުކުރައްވަނީ
އިންޑިއާގެ މުދަލުން އެމެރިކާއިން 50 ޕަސެންޓް ޓެރިފް