21 ޑިސެމްބަރ 2019
ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމާ އަބަދުވެސް ދެކޮޅަށް ވާހަކަ ދައްކަމުންދާ ކަމަށާއި އެކަމަށް ތާއީދުކޮށް ވާހަކަ ދައްކާފައި ނުވާނެ ބައެއް އިލްމުވެރިން ހިމެނޭ މަކްތަބާ ސަލަފިއްޔާއިން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމާ އަބަދުވެސް ދެކޮޅަށް ވާހަކަ ދައްކަމުންދާ ކަމަށާއި އެކަމަށް ތާއީދުކޮށް ވާހަކަ ދައްކާފައި ނުވާނެ ބައެއް އިލްމުވެރިން ހިމެނޭ މަކްތަބާ ސަލަފިއްޔާއިން މިއަދު ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ދާދިފަހުން ވަނީ ދީނީ އެއްބައިވަންތަ ކަން ގެއްލޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށް ބުނެ ތިން އިލްމުވެރިއެއްގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފަ އެވެ.
އެ އިލްމުވެރިން ނިސްބަތްވާ މަކްތަބާ ސަލަފިއްޔާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހުއްދަ ހިފެހެއްޓި އިލްމުވެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު ހަސަން ވިދާޅުވީ ހަރުކަށި ފިކުރަށް ތާއީދުކުރަނީ އޭނާ އާއި އެ ޖަމާއަތުގެ އިލްމުވެރިން ކަމަށް ތުހުމަތު ކުރަމުން ދިޔަޔަސް، ހަނގުރާމައަށް ދިއުމާއި ދީނުގެ ނަމުގައި މީހުން މެރުމާއި ގައުމުގެ ވެރިންނާ ދެކޮޅަށް ނިކުތުމަށް އަބަދުވެސް ދެކޮޅަށް ވާހަކަ ދައްކާފައިވާނެ ކަމަށެވެ. އެ ޖާމާއަތަށް ތުހުމަތުތަކެއް ކުރާއިރު، ހަރުކަށި ފިކުރަށް ތާއީދުކޮށް، އޭނާ ދެއްކެވި ވާހަކައަކީ ކޮބައިކަން ސާފުނުވާ ކަމަށް ވެސް މުހައްމަދު ހަސަން ވިދާޅުވި އެވެ.
"ޖިހާދަށް ނުދެވޭނެ ކަން އަމިއްލަ އަމިއްލައަށް އެއީ ޝަރުއީ ޖިހާދެއް ކަމަށް ވިޔަސް ތަންތަނަށް ފުރައިގެން ނުދެވޭނެ ކަން. އަހަރުމެންނަކީ މި ހަރުކަށި ފިކުރާ އިންތިހާއަށް ދެކޮޅު ބައެއް. ދިވެހި ރާއްޖޭގައި މި ހަރުކަށި ފިކުރާ ދެކޮޅަށް އަހަރުމެން، މަކްތަބާ ސަލަފިއްޔާއިން އަޅުގަނޑާއި އަޅުގަނޑުގެ އަޚުން ކޮށްފައިވާ މަސައްކަތް އެހެން ބަޔަކު ކޮށްފައި ނުވާނެ ކަމަކީ އެއްވެސް ޝައްކެއް ނެތް ކުށަކަށް ނުވާނެ ވަރުގެ ވާހަކައެއް." މުހައްމަދު ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމުގެ ވެރިޔާ ހުއްދަ ނެތި އެއްވެސް ހަނގުރާމައެއްގައި ބައިވެރިވުމަކީ ހުއްދަވާނެ ކަމެއް ނޫން ކަން މަޝްހޫރު އިލްމުވެރިންގެ ބަސްފުޅުތަކުން އެނގޭ ކަމަށާއި އަދި މީހުން ކާފަރުކޮށް، މީހުން މެރުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ ހަރުކަށި ހުރިހާ ވިސްނުންތަކާ ދެކޮޅަށް އެ ޖަމާއަތުން މަސައްކަތް ކުރަމުން ދަނީ މަޝްހޫރު އިލްމުވެރިންގެ ރައުޔުތަކަށް ބިނާކޮށް ކަމަށާއި އެ ތުހުމަތު އެ ޖަމާއަތަށް ނިސްބަތް ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އުއްމަތް އިއްތިފާގުވޭ އައިއެސްއެސް ޖަމާއަތަކީ މި އުއްމަތަށް ފަހުގެ ޒަމާންތަކުގައި ފާޅުވި އެންމެ ބޮޑު ނިރުބަވެރި، ހައްދު ފަހަނަ އަޅާފައިވާ ފިކުރު ކަން. މިއީ އަހަރުމެން ދައުވަތަކީ. މިގޮތަށް ފާޅު ކޮށްފައިވާ އެތައް ލިޔުންތަކެއް އެތައް ބަސްތަކެއް ވާނެ އަހަރުމެންގެ ވެބްސައިޓްގައި އަދި ޓްވިޓާ އެކައުންޓުގައި." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދީނުގެ ނަމުގައި މީހުން މެރުމާއި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާފައި ހުރީ އެހެން ބައެއް އިލްމުވެރިން ކަމަށެވެ. އެގޮތުން ޑރ. އިޔާޒް އަބްދުއްލަތީފާއި އެހެން ބައެއް އިލްމުވެރިން ކުރިން ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ބައެއް ޕޯސްޓްތައް ދެއްކުމަށް ފަހު އޭނާ ވަނީ ހަރުކަށި ފިކުރުތަކަށް ރާއްޖޭގައި ގޮވާލަމުން ދަނީ ކޮން ބައެއްތޯ ސުވާލު އުފައްދަވައިފަ އެވެ.
"ކިހިނެތްތޯ މުހައްމަދު ހަސަނާއި މުހައްމަދު ހަސަނާ އެކު ތިބި އަހުލުވެރިންނަކީ މިއީއޭ ހަރުކަށި ފިކުރު ފަތުރާ އަހުލުވެރިން ކަމުގައި ބުނާނީ؟. އެއްވެސް ޝައްކެއް ނެތް މިއީ ބާތިލެއް. އަޅުގަނޑަކީ 2009 ވަނަ އަހަރުން ފެށިގެން މި ހަރުކަށި ފިކުރާ ދެކޮޅަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ފަރާތެއް. އަދި އަޅުގަނޑާ އެކުގައި މި ތިބި ބައިވެރިންނަކީ ވެސް." އޭނާ ވިދާޅުވި އެވެ.
އެކަމަށް ރައްދު ދެއްވައި، ޑރ. އިޔާޒް ވަނީ ފިތުނަ ފަސާދަ އުފައްދަން ނޫޅުމަށް މަކްތަބާ ސަލަފިއްޔާއަށް ގޮވާލައްވައި، ޓްވީޓް މިއަދު ކުރައްވައިފަ އެވެ.
Meesthakun categorise koh, thimaa men ge fikuraai dhimaa nuvaa bayakaai 4 kalhi hama nukoh, Salam goviyas balai nugane moonu anburaalaafai dhaa @SalafiMV ge beyfulhun ge amalu thakaky evves gothakun islami usoolah fetheyne kanthah thakeh noon.
— Dr Mohamed Iyaz (@dr_iyaz) December 21, 2019
އިޔާޒްގެ ޓުވީޓެއް
ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން މިހާރު ދަނީ ރ. މަޑުއްވަރީގައި ޚާއްސަ އޮޕަރޭޝަނެއް ފަށައި، ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. އަދި ދީނީ ހަރުކަށި ފިކުރަށް ރާއްޖޭގައި ޖާގަ ނުދޭނެ ކަމަށް ސަރުކާރުން ވެސް ދާދިފަހުން ވަނީ ބުނެފަ އެވެ.
ހަރުކަށިކަމާ ދެކޮޅަށް އިލްމުވެރިން ތެދުވާން ގޮވާލައިފި
ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރެއް ނުދެން: އިޔާޒް
ސީރަތު: މި އިލްމުވެރިން ވިދާޅުވަނީ ކީކޭ؟
އަމީންގެ ބަންދަށް 15 ދުވަސް
ހައްޔަރުކުރީ "ޓެރަރިސްޓެއް" ކަމަށް ބުނާ އަމީން
ހަނގުރާމައަށް ދިވެހިން ފޮނުވާ މީހަކު ހައްޔަރުކޮށްފި
ރިޕޯޓާ ގުޅިގެން ފުރިހަމަ ތަހުގީގެއް ކުރާނަން: ފުލުހުން
ދީނީ އެއްބައިވަންތަކަން ދަމަހައްޓަން އެއްބާރުލުން ބޭނުން
ދީނަށް ފުރައްސާރަ ކުރުމާ ގިނަ ބަޔަކު ފާޅުގައި ދެކޮޅު!
އެމްޑީއެންގެ ރިޕޯޓުގެ މައްސަލަަ ބަލައިދޭން އެދިއްޖެ