02 އޮކްޓޯބަރ 2016
ދިމިޝްގު (އޮކްޓޯބަރު 2) - ސީރިއާގެ ހަލަބު ސިޓީގެ އިރުމަތީގައިވާ އިދިކޮޅު ހަނގުރާމަވެރިންގެ ބާރު އޮތް ސަރަހައްދުގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލަށް ބޮން އަޅާ ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް މެޑިކަލް ޗެރިޓީއަކުން ބުނެފި އެވެ.
ދިމިޝްގު (އޮކްޓޯބަރު 2) - ސީރިއާގެ ހަލަބު ސިޓީގެ އިރުމަތީގައިވާ އިދިކޮޅު ހަނގުރާމަވެރިންގެ ބާރު އޮތް ސަރަހައްދުގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލަށް ބޮން އަޅާ ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް މެޑިކަލް ޗެރިޓީއަކުން ބުނެފި އެވެ.
މި ހޮސްޕިޓަލަށް އެހީވެދޭ ސީރިއަން އެމެރިކަން މެޑިކަލް ސޮސައިޓީން ބުނީ މިދިޔަ ބުދަ ދުވަހު ވެސް މި ހޮސްޕިޓަލަށް ހަމަލާދީފައިވާ ކަމަށެވެ. ހޮސްޕިޓަލަށް އެންމެ ފަހުން އެޅީ ބެރަލް ބޮން ކަމަށް ވެސް މެޑިކަލް ސޮސައިޓީން ބުންޏެވެ.
ހޮސްޕިޓަލުގެ މެނޭޖަރު ޑރ. އަބޫ ރަޖަން ވިދާޅުވީ ބެރަލް ބޮމުގެ ހަމަލާ ދިނުމުގެ ސަބަބުން ދެ މީހުން މަރުވެ 10 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ހޮސްޕިޓަލުގެ ރޭޑިއޯލޮޖޮސްޓެއް ކަމަށްވާ މުހައްމަދު އަބޫ ރަޖަބު ބުނީ ހަމަލާގެ ސަބަބުން ހޮސްޕިޓަލުގެ މަސައްކަތް އެކުގައި ހުއްޓިފައިވާ ކަމަށެވެ.
"ހޮސްޕިޓަލުގެ އައިސީޔޫގެ މަސައްކަތް ވަނީ ހުއްޓިފައި. އޮކްސިޖަން ގުޅަން ބޭނުން ކުރާ މެޝިންތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައި،" އޭނާ ވިދާޅުވި އެވެ.
ހަލަބުގެ އިރުމަތީގެ ހޮސްޕިޓަލަށް ދިން ހަމަލާގައި ބޮޑެތި ގެއްލުންތައް ވަނީ ލިބިފައި. --ފޮޓޯ:ރޮއިޓާސް
ފްރާންސް އިން ބުނެފައި ވަނީ ހޮސްޕިޓަލްތަކަށް ހަމަލާ ދިނުމަކީ ކަނޑައެޅިގެން ހަނގުރާމައިގެ ޖަރީމާއެއް ހިންގުން ކަމަށެވެ. އަދި މިކަމުގެ ޒިންމާވާ މީހުން ހޯދާ އަދަބު ދޭން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ހަލަބަށް ދޭ ހަމަލާތަކުގެ މައްސަލާގައި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވޭތޯ ފްރާންސް އިން ދަނީ މަސައްކަތް ކުރަމުންނެވެ.
ހަލަބަށް ހަމަލާ ދިނުމުގައި ބައިވެރިވަމުންދަނީ ރަޝިޔާގެ މަދަދާ އެކު ސީރިއާ ސަރުކާރު ސިފައިން ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ. ހަލަބުގައި ސީރިއާގެ އެއްގަމު ސިފައިންނާއި ހަނގުރާމަވެރިންނާ ދެމެދު ހަމަލާތައް ބަދަލުކޮށްފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
އެމެރިކާ އާއި ރަޝިޔާ ގުޅިގެން އެއްބަސްވި ސުލްހައިގެ ޕްލޭން ފޭލްވެ ހަލަބުގައި ހަމަލާތައް ދޭން މިދިޔަ މަހު 19 ގައި އަލުން ފެށި ފަހުން މިހާތަނަށް 400 އާއްމުން މަރުވެފައިވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.
ސީރިއާ ސިފައިން ބުނަމުންދަނީ ހަލަބުގައި އިދިކޮޅު ހަނގުރާމަވެރިންގެ މައްޗަށް ކާމިޔާބު ހޯދަމުންދާ ކަމަށެވެ. އެކަމަކު ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ފައިލާގު އަލް ޝާމުގެ އޮފިޝަލެއް ކަމަށްވާ އަބޫ ހައްމާމު ރޮއިޓާސް އަށް ބުނީ ސީރިއާ ސިފައިން ބޮން އެޅި ނަމަވެސް އެ މީހުންނަށް ކާމިޔާބު ލިބެމުން ނުދާ ކަމަށާއި އިދިކޮޅު ހަނގުރާމަވެރިން ތިބީ އެއް އަޒުމެއްގައި ކަމަށެވެ.
އައިއެސްއާ ގުޅުން ބޮޑު ބަޔަކަށް އިޒްރޭލުން ބޮންއަޅައިފި
ހަލަބުގެ ކުޑަ ކުދިންގެ ހޮސްޕިޓަލަކަށް ބޮން އަޅައިފި
ސީރިއާ މައްސަލާގައި ރަޝިޔާ އިން ދަނީ ދޮގު ހަދަމުން
އިޒްރޭލަކީ ލެޔަށް ދަތިވެތިވެފައިވާ ބައެއް: އަޒްހަރު
ބިދޭސީ ސިފައިން ސީރިއާ އިން ބާލަން ބޭނުން: ސައޫދީ
އޭޑީކޭން މެޑިކަލް ޓޫރިޒަމް ޕްރޮމޯޓް ކުރަނީ
ސީރިއާގެ 10 ހޮސްޕިޓަލަކަށް ވަނީ ވައިގެ ހަމަލާދީފައި
އައިއެސްއިން ހިފާފައިވާ އަވަށަކަށް ކްލަސްޓާ ބޮން އަޅައިފި
ޒަޚަމްވި މީހުންނަށް ފަރުވާ ދިން ތަނަށް ވެސް ހަމަލާދީފި
ސީރިޔާގެ ވެރިރަށުގައި ވަރުގަދައަށް ހަނގުރާމަކުރަނީ