Roadha Mihaaru
ޒަޚަމްވި މީހުންނަށް ފަރުވާ ދިން ތަނަށް ވެސް ހަމަލާދީފި

ކެމިކަލް ހަމަލާގައި ޒަޚަމްވި މީހުންނަށް ފަރުވާ ދިން ހޮސްޕިޓަލަށް ވެސް ހަމަލާދީފި

05 އެޕްރީލް 2017

ދިމިޝްގު (އެޕްރީލް 5) - ސީރިއާ އަށް އިއްޔެ ދިން ކެމިކަލް ހަމަލާގައި ޒަޚަމްވި މީހުންނަށް ފަރުވާ ދެމުންދިޔަ ހޮސްޕިޓަލަށް ވައިގެ ހަމަލާދީފައިވާ ކަމަށް އޭއެފްޕީ ނޫސްވެރިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (އެޕްރީލް 5) - ސީރިއާ އަށް އިއްޔެ ދިން ކެމިކަލް ހަމަލާގައި ޒަޚަމްވި މީހުންނަށް ފަރުވާ ދެމުންދިޔަ ހޮސްޕިޓަލަށް ވައިގެ ހަމަލާދީފައިވާ ކަމަށް އޭއެފްޕީ ނޫސްވެރިން ބުނެފި އެވެ.

ސީރިއާގެ ހުޅަނގު އުތުރުގެ ޚާން ޝެއިޚޫން އަށް ދިން ކެމިކަލް ހަމަލާގައި ގެއްލުންވި މީހުންނަށް އެ ޓައުނުގެ ހޮސްޕިޓަލެއްގައި ޑޮކްޓަރުން ފަރުވާ ދެމުން ދެނިކޮށް ދިން ވައިގެ ހަމަލާގައި އިމާރާތުގެ ބައިތައް ވެއްޓި ޑޮކްޓަރުންނަށް ވެސް ވަނީ ބައެއް ޒަޚަމްތައް ލިބިފަ އެވެ. ދިހަ ޑޮކްޓަރުން ސަލާމަތްވި ކަމަށް ބުނެފައިވެ އެވެ.

އޭއެފްޕީގެ ރިޕޯޓަރަކު ބުނީ ހަނގުރާމަ މަތީ ބޯޓުތަކުން ފުރަތަމަ ބޮން އެޅީ ހޮސްޕިޓަލާ ކައިރި ހިސާބުތަކަށް ކަމަށެވެ. އޭގެ ފަހުން ހޮސްޕިޓަލަށް ދެ ފަހަރެއްގެ މަތިން ވައިގެ ހަމަލާ ދިން ކަމަށް އޭނާ ބުންޏެވެ. ހޮސްޕިޓަލަށް ދިން ހަމަލާގައި ވަނީ، ސީރިއާގައި އެހީ ދިނުމުގައި ހަރަކާތްތެރިވާ ވައިޓް ހެލްމެޓްސްގެ މަރުކަޒަކަށް ވެސް ގެއްލުން ލިބިފައި ކަމަށް ރިޕޯޓަރު ބުންޏެވެ. ވައިޓް ހެލްމެޓްސްގެ މެންބަރު ޚާލިދު އަލް ޚާތިބު ވިދާޅުވީ އެ މީހުންގެ މަރުކަޒަށް ފަސް ފަހަރު ހަމަލާ ދިން ކަމަށެވެ.

ސީރިއާގައި ދިން ކެމިކަލް ހަމަލާ އަށް ފަހު މީހަކަށް ފަރުވާ ދެނީ. --ފޮޓޯ:އޭއެފްޕީ

ސީރިއާގައި ދިން ކެމިކަލް ހަމަލާ އަށް ފަހު މީހަކަށް ފަރުވާ ދެނީ. --ފޮޓޯ:އޭއެފްޕީ

ކެމިކަލް ހަމަލާގައި ގެއްލުން ލިބުނު މީހުންނަށް ފަރުވާ ދިން ހޮސްޕިޓަލަށް ހަމަލާ ދިން ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވެސް ޔަގީންކޮށްދިނެވެ. ނަމަވެސް އެއްވެސް މީހަކު މަރުވިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އޮބްޒަވޭޓަރީން ބުނީ ކެމިކަލް ހަމަލާގައި 58 މީހުން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 11 ކުޑަ ކުދިން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން 160 މީހަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ. ބައެއް މީހުންނަށް ވަނީ ނޭވާލާން އުނދަގޫ ވެގެން ފަރުވާ ދޭން ޖެހިފަ އެވެ.