Roadha Mihaaru
އިދިކޮޅު މީހުންނަށް ވެސް ކެމިކަލް ހަމަލާއެއް ނުދޭނަން

އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް ވެސް ކެމިކަލް ހަތިޔާރު ބޭނުމެއް ނުކުރާނަން: ސީރިއާ

06 އެޕްރީލް 2017

ދިމިޝްގު (އެޕްރީލް 6) - އިދިކޮޅު ހަނގުރާމަވެރިންނަށް ހަމަލާ ދިނުމަށް ވެސް ސީރިއާ ސިފައިން ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނެ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ވަލީދު މުއައްލިމް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (އެޕްރީލް 6) - އިދިކޮޅު ހަނގުރާމަވެރިންނަށް ހަމަލާ ދިނުމަށް ވެސް ސީރިއާ ސިފައިން ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނެ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ވަލީދު މުއައްލިމް ވިދާޅުވެއްޖެ އެވެ.

"ސީރިއާ ސިފައިން މީގެ ކުރިން ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ކެމިކަލް ހަތިޔާރު ބޭނުމެއް ނުކުރާނެ. އަދި ސީރިއާގެ އާއްމުންނާ ދެކޮޅަށް ހަމަލާ ދޭ ޓެރަރިސްޓުންނާ ދެކޮޅަށް ވެސް ކެމިކަލް ހަތިޔާރު ބޭނުމެއް ނުކުރާނެ،" ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ އިދްލީބަށް ކެމިކަލް ހަތިޔާރުގެ ހަމަލާއެއް ދިންތާ ދެ ދުވަސް ފަހުން، ދިމިޝްގުގައި އޮތް ބައްދަލުވުމެއްގައި މުއައްލިމް ވިދާޅުވި އެވެ.

އިދްލީބުގެ ޚާން ޝެއިޚޫން އަށް ދިން ހަމަލާގައި ވަނީ 86 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފަ އެވެ. މި ހަމަލާ އަށް ފަހު ބައިނަލްއަގުވާމީ މުޖްތަމައުން ދަނީ ސީރިއާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމަށް ސީރިއާ ސިފައިން ވެސް ދެކޮޅު ހަދަ އެވެ. ނަމަވެސް އަންގާރަ ދުވަހު ދިން ހަމަލާގައި އިދްލީގުގައި އަލް ނުސްރާ ފްރަންޓް ނުވަތަ ފާތިހް އަލް ޝާމުން ކެމިކަލް ރައްކާ ކުރާ ގުދަނަކަށް ގެއްލުން ލިބިފައިވާ ކަމަށް ސިފައިން ބުނެ އެވެ. އަދި ވިހަ ގޭހެއް ލީކުވެފައި ވަނީ ގުދަނުގައި ހުރި ކެމިކަލް ގޮވައިގެން ކަމަށް ވެދާނެ ކަމަށް ސީރިއާ ސިފައިން ބުނެ އެވެ.