12 އެޕްރީލް 2017
ލަންޑަން (އެޕްރީލް 12) - ސީރިއާގެ ވައިގެ މަރުކަޒަކަށް އެމެރިކާ އިން މިސައިލް ހަމަލާ ދިނުމުގެ ބާރަކަށްވީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން އިވާން ކަމަށް ޓްރަމްޕުގެ ދަރިކަލުން އެރިކް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ލަންޑަން (އެޕްރީލް 12) - ސީރިއާގެ ވައިގެ މަރުކަޒަކަށް އެމެރިކާ އިން މިސައިލް ހަމަލާ ދިނުމުގެ ބާރަކަށްވީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން އިވާން ކަމަށް ޓްރަމްޕުގެ ދަރިކަލުން އެރިކް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ސީރިއާ އަށް ދިން ކެމިކަލް ހަމަލާގައި ކުޑަ ކުދިންނަށް ލިބިފައިވާ ގެއްލުންތައް ފެނިވަޑައިގެން ޓްރަމްޕަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށް އެރިކްއާ ހަވާލާދީ ޓެލެގްރާފްގައި ބުނެފައިވެ އެވެ.
ސްކޮޑްލެންޑުގެ ޓްރަމްޕް ގޮލްފް ރިސޯޓުގައި ވާހަކަ ދައްކަވަމުން އެރިކް ވިދާޅުވީ ސީރިއާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން ރައީސް ބައްޝާރުލް އަސަދަށް އަދަބު ދިނުމަށް ބޮން އެޅުމުގައި އިވާންގެ ނުފޫޒް ވެސް ބޮޑު ކަމަށެވެ. ސީރިއާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އިވާންކާ އަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށް އެރިކް ވިދާޅުވި އެވެ.
ސީރިއާ އަށް ހަމަލާ ދިނުމަކީ ޓްރަމްޕް ނުވިސްނަވާ އެޅުއްވި ފިޔަވަޅެއް ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެރިކް ވިދާޅުވީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި ޓްރަމްޕަކީ ވަރަށް ދުރަށް ވިސްނެވުމަށް ފަހު ފިޔަވަޅު އަޅުއްވާ ބޭފުޅެއް ކަމަށެވެ.
"ގައުމެއްގެ ވެރިއަކު އެ ގައުމުގެ ކުޑަ ކުދިންނާއި އަންހެނުންނާ ދެކޮޅަށް ގޭސް ބޭނުންކޮށް މީހުން މެރި އިރު ސްޕަ ޕަވަރެއްގެ ގޮތުގައި އެމެރިކާ ކުރިއަށް ނުކުމެ ފިޔަވަޅު އަޅަން ޖެހޭ،" އެރިކް ވިދާޅުވި އެވެ.
ސީރިއާ އަށް ވަރުގަދަ ރައްދެއް ދޭނަން: ޓްރަމްޕް
ރަޝިޔާ ދަނީ ކެމިކަލް ހަމަލާ ފޮރުވަން މަސައްކަތް ކުރަމުން
ސީރިއާ އަށް ހަމަލާ ދިނުމަކީ ނޯތު ކޮރެއާ އަށް ދިން އިންޒާރެއް
އެމެރިކާ އިން ސީރިއާއަށް ދިން ހަމަލާ ހަނދާން ނުނެތޭނެ
ސީރިއާ އަށް އެމެރިކާ އިން ވައިގެ ހަމަލާދީފި
އިދިކޮޅު މީހުންނަށް ވެސް ކެމިކަލް ހަމަލާއެއް ނުދޭނަން
އެމެރިކާ އެކަނި ނަމަވެސް ސީރިއާ އަށް ފިޔަވަޅު އަޅަންޖެހޭ
ކެމިކަލް ހަމަލާގައި މަރުވާ މީހުން އިތުރުވާތީ ޝޮކުގައި
ޒަޚަމްވި މީހުންނަށް ފަރުވާ ދިން ތަނަށް ވެސް ހަމަލާދީފި
ކެމިކަލް ހަމަލާއަށް ފަހު އދ.ގެ ކުއްލި ބައްދަލުވުމެއް