28 ޖޫން 2017
ދިމިޝްގު (ޖޫން 28) - ސީރިއާގެ އިރުމަތީގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައިވާ އަވަށަކަށް ކްލަސްޓާ ބޮން އެޅުމުގެ ސަބަބުން އާއްމުންގެ 15 މީހުން މަރުވެފައިވާ ކަމަށް އެކްޓިވިސްޓުން ބުނެފި އެވެ.
ދިމިޝްގު (ޖޫން 28) - ސީރިއާގެ އިރުމަތީގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައިވާ އަވަށަކަށް ކްލަސްޓާ ބޮން އެޅުމުގެ ސަބަބުން އާއްމުންގެ 15 މީހުން މަރުވެފައިވާ ކަމަށް އެކްޓިވިސްޓުން ބުނެފި އެވެ.
މަޔާދިން ޓައުނުގެ އިރު ދެކުން 13 މޭލު ދުރުގައި އޮންނަ ދަބްލާން އަވަށަށް ކްލަސްޓާ ބޮން އެޅީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. ކްލަސްޓާ ބޮމުގެ ހަމަލާދީފައި މި ވަނީ މަޔާދިންއާ ކައިރީގައިވާ އަވަށެއްގައި ހުންނަ އައިއެސްގެ ޖަލަކަށް އެމެރިކާ އިން ވައިގެ ހަމަލާދީ 42 މީހުން މަރާލިތާ ދެ ދުވަސް ފަހުންނެވެ.
އެމެރިކާގެ އިންޓެލިޖެންސް އިން ބުނީ އައިއެސްގެ އިސް ލީޑަރުން ދާދި ފަހުން ވަނީ މަޔާދިން ޓައުން އަށް ބަދަލުވާން ފަށައިފަ އެވެ. އެއީ މޫސަލް ހިފުމުގެ އޮޕަރޭޝަން އިރާގު ސިފައިން ވަރުގަދަކޮށްފައިވާ އިރު ސީރިއާގެ ރައްގާ ހިފުމުގެ މަސައްކަތް އަރަބި ހަނގުރާމަވެރިން ވަރުގަދަކޮށްފައިވާތީ އެވެ.
ކޯލީޝަނުން ބުނެފައި ވަނީ 2014 ވަނަ އަހަރުން ފެށިގެން އިރާގާއި ސީރިއާ އަށް 21،035 ވައިގެ ހަމަލާދީފައިވާ ކަމަށެވެ.
އައިއެސްއާ ގުޅުން ބޮޑު ބަޔަކަށް އިޒްރޭލުން ބޮންއަޅައިފި
އައިއެސް އަށް އާ ލީޑަރަކު ހަމަޖައްސައިފި
ސީރިޔާ ޖަލުގެ ހަމަނުޖެހުމުގައި 100 އަށްވުރެގިނަ މަރު
ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް އޮތްގޮތަށް ދަމަހައްޓަނީ
ސީރިއާގައި ތިބި ދިވެހިން ހަތް މަސް ތެރޭ ގެންނަނީ
އައިއެސްއަށް ތާއީދުކޮށް ގްރެފިޓީ ކުރެހި މަައްސަލައެއް
އައިއެސް ބަލިކުރި ނަމަވެސް ނުރައްކާ އެބައޮތް: ޓްރަމްޕް
ސީރިއާގައި އައިއެސް ނައްތާލައިފިކަން އިއުލާންކޮށްފި
އައިއެސްއާ ގުޅުނު ޔޫކޭ ކުއްޖާގެ ދަރިފުޅު މަރުވެއްޖެ
ފިލަން އުޅުނު އައިއެސްގެ 400 ހަނގުރާމަވެރިން ހައްޔަރުކޮށްފި