Roadha Mihaaru
ފިލަން އުޅުނު އައިއެސްގެ 400 ހަނގުރާމަވެރިން ހައްޔަރުކޮށްފި

ފިލަން އުޅުނު އައިއެސްގެ 400 ހަނގުރާމަވެރިން ހައްޔަރުކޮށްފި

07 މާޗް 2019

ދިމިޝްގު (މާޗް 7) - ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ބެލުމުގެ ދަށުގައި އޮތް ހަމައެކަނި އަވަށުން ފިލަން މަސައްކަތް ކުރި 400 ހަނގުރާމަވެރިން އަތުލައިގެންފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (މާޗް 7) - ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ބެލުމުގެ ދަށުގައި އޮތް ހަމައެކަނި އަވަށުން ފިލަން މަސައްކަތް ކުރި 400 ހަނގުރާމަވެރިން އަތުލައިގެންފި އެވެ.

ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް)ގެ ކޮމާންޑަރު ވިދާޅުވީ އައިއެސްގެ ހަނގުރާމަވެރިން ހައްޔަރު ކުރީ ސީރިއާގެ އިރުމަތީގެ ބާޣޫޒުން ނުކުންނަން އުޅެނިކޮށް ކަމަށެވެ. ބާޣޫޒަކީ މިހާރު އައިއެސްގެ ދަށުގައި އޮތް ހަމައެކަނި އަވަށެވެ. އެ އަވަށުން އައިއެސްގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ކުރިން ވަނީ އަމާން ދީފަ އެވެ.

އެމެރިކާގެ މަދަދު ލިބޭ އެސްޑީއެފް އިން މިހާރު ދަނީ ބާޣޫޒް ހިފުމުގެ އެންމެ ފަހުގެ ހަމަލާތައް ދެމުންނެވެ. ބާޣޫޒު ހިފުމާ އެކު އައިއެސް ނައްތާލެވިއްޖެ ކަމަށް ރަސްމީކޮށް އިއުލާން ކުރާނެ އެވެ.

ސީރިއާގެ ބާޣޫޒުން އާއްމުންގެ ގިނަ އަދަދެއްގެ ވަނީ ނެރެފައި. --ފޮޓޯ:އޭއެފްޕީ

ސީރިއާގެ ބާޣޫޒުން އާއްމުންގެ ގިނަ އަދަދެއްގެ ވަނީ ނެރެފައި. --ފޮޓޯ:އޭއެފްޕީ

ބާޣޫޒް ހިފުމުގެ އޮޕަރޭޝަން އެސްޑީއެފް އިން ފެށީ މިދިޔަ ހުކުރު ދުވަހު އެވެ. އެ އޮޕަރޭޝަން ފެށީ އަވަށުގައި ތިބި އާއްމުން ނެރުމަށް ފަހު އެވެ. އެސްޑީއެފް އިން ބުނެފައި ވަނީ ހަމަލާ ފެށި އިރު "ޓެރަރިސްޓުން" ނޫން ބަޔަކު އެ އަވަށުގައި ނެތް ކަމަށެވެ.

މީގެ ފަސް އަހަރު ކުރިން އައިއެސްގެ އެންމެ ބާރުގަދަ ދުވަސްވަރު ސީރިއާގެ ހުޅަނގާއި އިރާގުގެ އިރުމަތީގެ ހިސާބުތަކުން އައިއެސްގެ ކޮންޓްރޯލުގެ ދަށަށް 88،000 އަކަ ކިލޯ މީޓަރު (34،000 އަކަ މޭލު)ގެ ސަރަހައްދެއް ގެންދިޔަ އެވެ. އެސްޑީއެފް އިން ބުނީ އައިއެސްގެ ބާރުގެ ދަށުގައި މިހާރު އޮތީ އަކަ ކިލޯ މީޓަރެއްގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ކުޑަ ސަރަހައްދެއް ކަމަށެވެ.