09 މާޗް 2019
ދިމިޝްގު (މާޗް 9) - އިނގިރޭސި ވިލާތުގެ ރައްޔިތެއްގެ ގޮތުގައި ހުރެ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅެން ސީރިއާ އަށް 2015 ވަނަ އަހަރު ދިޔަ ޝަމީމާ ބޭގަމް އަށް ލިބުނު ފިރިހެން ދަރިފުޅު މަރުވެއްޖެ ކަމަށް ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ބުނެފި އެވެ.
ދިމިޝްގު (މާޗް 9) - އިނގިރޭސި ވިލާތުގެ ރައްޔިތެއްގެ ގޮތުގައި ހުރެ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅެން ސީރިއާ އަށް 2015 ވަނަ އަހަރު ދިޔަ ޝަމީމާ ބޭގަމް އަށް ލިބުނު ފިރިހެން ދަރިފުޅު މަރުވެއްޖެ ކަމަށް ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ބުނެފި އެވެ.
އައިއެސްގެ މަދު ހަނގުރާމަވެރިންތަކެއް މިހާރު ތިބި ސީރިއާގެ އިރުމަތީގެ އަވަށެއް ކަމަށްވާ ބާޣޫޒުގައި ދިރިއުޅެމުން ދިޔަ ބޭގަމް އެ އަވަށުން ނުކުމެ އެސްޑީއެފުން ހިންގާ ކޭމްޕަކަށް ބަދަލުވީ މިދިޔަ ފެބްރުއަރީ މަހު އެވެ. އޭނާ އަށް ތިން ވަނަ ދަރިފުޅު ލިބުނީ އެ ކޭމްޕުގައި ދިރިއުޅެނިކޮށް ފެބްރުއަރީ މަހު ފަހުކޮޅު އެވެ. ތިން ހަފުތާ ވެސް ނުވާ އެ ކުޑަ ކުއްޖާ މަރުވީ ނިއުމޯނިއާ ޖެހިގެން ކަމަށް މެޑިކަލް ރިޕޯޓުގައިވެ އެވެ. ބޭގަމް އަށް ކުރިން ލިބުނު ދެ ކުދިން ވެސް ވަނީ މަރުވެފަ އެވެ.
އައިއެސްއާ ގުޅެން އިތުރު ދެ ރަހުމަތްތެރިންނާ އެކު ބޭގަމް ސީރިއާ އަށް ދިޔައީ އުމުރުން 15 އަހަރުގަ އެވެ. ބޭގަމްގެ ފިރިމީހާ އަކީ އައިއެސްއާ ގުޅުނު ނެދަލޭންޑްސް މީހެއް ކަމަށްވާ ޔާގޯ ރެއިޑްޖިކް އެވެ. އޭނާ މިހާރު ވަނީ ސީރިއާގައި ހަރަކާތްތެރިވާ ކުރުދީން ހައްޔަރުކޮށްފަ އެވެ. ދަރިފުޅު މަރުވިކަން އޭނާ އަށް ވެސް ވަނީ އަންގައިފަ އެވެ.
ބޭގަމް މިހާރު ބޭނުން ވަނީ އެނބުރި އިނގިރޭސި ވިލާތަށް ދާށެވެ. ނަމަވެސް އޭނާގެ ކިބައިން އިނގިރޭސި ރަށްވެހިކަން މިހާރު ވަނީ ނަގައިފަ އެވެ. ބަންގްލަދޭޝްގެ އާއިލާއަކަށް ނިސްބަތްވި ނަމަވެސް ބޭގަމް އުޅެ ބޮޑުވީ ލަންޑަނުގަ އެވެ. ބަންގްލަދޭޝް އިން ވެސް ބުނެފައި ވަނީ އެއީ ދުވަހަކު ވެސް އެ ގައުމަށް ދިޔަ ކުއްޖެއް ނޫން ކަމަށާއި އެހެންވެ އެ ގައުމުން ވެސް ރައްވެހިކަން ނުދޭނެ ކަމަށެވެ.
އައިއެސް އަށް އާ ލީޑަރަކު ހަމަޖައްސައިފި
ސީރިޔާ ޖަލުގެ ހަމަނުޖެހުމުގައި 100 އަށްވުރެގިނަ މަރު
ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް އޮތްގޮތަށް ދަމަހައްޓަނީ
ސީރިއާގައި ތިބި ދިވެހިން ހަތް މަސް ތެރޭ ގެންނަނީ
އައިއެސްއަށް ތާއީދުކޮށް ގްރެފިޓީ ކުރެހި މަައްސަލައެއް
އައިއެސް ބަލިކުރި ނަމަވެސް ނުރައްކާ އެބައޮތް: ޓްރަމްޕް
ސީރިއާގައި އައިއެސް ނައްތާލައިފިކަން އިއުލާންކޮށްފި
ފިލަން އުޅުނު އައިއެސްގެ 400 ހަނގުރާމަވެރިން ހައްޔަރުކޮށްފި
ފަހު ހަމަލާގައި އައިއެސްގެ ހަނގުރާމަވެރިން އަމާން ދެނީ
އައިއެސް ނައްތާލުމުގެ އެންމެ ފަހުގެ ހަމަލާތައް ފަށައިފި