އިސްލާމްދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުގެ ތެރެއިން ކުޑަކުދިން ތައުލީމުން މަހްރޫމް ކުރުމުގެ ގިނަ މައްސަލަތަކެއް މިދިޔަ އަހަރުތަކުގައި ހުށަހަޅާފައިވާ އިރު ކުދިންނަށް ވެކްސިން ނުދިނުމުގެ ކަންބޮޑުވުން އިންތިހާ ދަރަޖާގައި އޮތް ކަމަށް ކަމާބެހޭ މުއައްސަސާތަކުން މިއަދު ބުނެފި އެވެ.
16 ޑިސެމްބަރ 2019
އިސްލާމްދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުގެ ތެރެއިން ކުޑަކުދިން ތައުލީމުން މަހްރޫމް ކުރުމުގެ ގިނަ މައްސަލަތަކެއް މިދިޔަ އަހަރުތަކުގައި ހުށަހަޅާފައިވާ އިރު ކުދިންނަށް ވެކްސިން ނުދިނުމުގެ ކަންބޮޑުވުން އިންތިހާ ދަރަޖާގައި އޮތް ކަމަށް ކަމާބެހޭ މުއައްސަސާތަކުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ދައުވަތާ އެކު ކްރޮސް ރޯޑްސްގައި ބާއްވާ ކޮންފަރެންސްގައި އެމްއެންޑީއެފާއި ފުލުހުން ވަނީ ރާއްޖޭގައި ހަރުކަށި ފިކުރު އޮތް މިންވަރުގެ މައުލޫމާތު ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް މައްސަލަ އަކީ ދީނުގެ ނަމުގައި ފަތުރާ ފިކުރުތަކުން ކުޑަކުދިންތަކެއްގެ ހައްގުތައް ނިގުޅައިގަތުމެވެ.
ހަރުކަށި ފިކުރާ ގުޅޭ ގޮތުން ދެއްވި ޕްރެޒެންޓޭޝަންގައި އެމްއެންޑީއެފްގެ ކާނަލް ނައީމް ވިދާޅުވީ ކުދިން ސްކޫލަށް ނުފޮނުވުމުގެ 250 އަށް ވުރެން ގިނަ މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ދަރިން ތައުލީމުން މަހްރޫމް ކުރަނީ، "ކިޔަވައި ދިނުމަކީ ހުޅަނގުގެ ފިކުރެއް"ގެ ގޮތުގައި ހަރުކަށި ފިކުރުގެ މީހުން ގަބޫލުކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ނައީމް ވިދާޅުވި ގޮތުގައި ޖެންޑާ މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން ދަރިންނަށް ވެކްސިން ނުދިނުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެއީ، ދުރާލައި ބަލިތަކުން ރައްކާތެރިވުމަކީ، ﷲ އަށް ވަކީލުކުރުމާ ދެކޮޅުވުން ކަމުގެ ގޮތުގައި ހަރުކަށި ފިކުރުގެ މީހުން ދެކޭތީ އެވެ.
މީގެ އިތުރުން، އެ ފިކުރަށް ތަބާވާ މީހުންގެ އަނބިން ޑޮކްޓަރަށް ނުދެއްކުމާއި ޚާއްސަކޮށް، ފިރިހެން ޑޮކްޓަރަކު އަންހެނުން ބެލުމަށް ދެކޮޅު ހެދުމާއި ކުޑަ އަންހެން ކުދިން ޅަ އުމުރުގައި ކައިވެނި ކުރުވުން ފަދަ އިހުމާލުގެ ގިނަ ކަންބޮޑުވުންތަކެއް ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ.
ހަރުކަށި ފިކުރު ރާއްޖޭގައި އޮތް މިންވަރާއި އެކަމަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ދީން ހުއްދަ ނުކުރެއޭ ކިޔައި ދަރިންނަށް ވެކްސިން ނުދީ ބޭތިއްބުމަކީ އަޅާނުލައި ދޫކޮށްލެވޭނެ ވަރުގެ ކަމެއް ނޫން ކަމަށެވެ. އެކަމަކު ވޭތުވެދިޔަ ދިގު މުއްދަތުގައި އެކަމާ އަޅާނުލައި ދޫކޮށްލާފައި އޮތުމުގެ ނަތީޖާ އަކީ އެތައް ބައެއްގެ ހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތު ދެވިފައިވުން ކަމަށް ވިދާޅުވި އެވެ.
މިކަން ބަދަލުކުރަން، މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކައުންސިލްތަކުން 33 ޕަސެންޓް އަންހެނުންނަށް ހަމަޖެއްސީ ރަނގަޅު ނިޔަތެއްގައި ކަމަށާއި ރާއްޖޭގެ ބައެއް ހިސާބުތަކުގައި ފިރިހެނުންނަށް ނުވަދެވޭ ނުވަތަ ވަނުން މަނާކޮށްފައިވާ ގެތައް ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ގެތަކުގައި ދިރިއުޅޭ އަންހެނުންނާއި ކުޑަކުދިންގެ ހާލަތު އެނގޭނީ ކައުންސިލްތަކުން އަންހެނުންނަށް ޖާގަ ދީގެން ކަމަށެވެ.
ފެނުނު ބިރުވެރި، ނުރައްކާތެރި ހާލަތު!
މަޑުއްވަރީ އަށް އެރީ ހަރުކަށި ފިކުރުގެ ބޮޑުން ހޯދަން!
މަޑުއްވަރީން ފިތްކަނޑައިގެންދާ ވަރުގެ ވާހަކަތަކެއް!
މަޑުއްވަރީން މީހަކު ހައްޔަރުކޮށްފި
ހަރުކަށި ފިކުރު ފަތުރާތީ މަޑުއްވަރީ ގެތަކެއް ފާސްކުރަނީ
ހަރުކަށިކަން އިސް ނުކުރަން ރައީސް އިލްތިމާސްކުރައްވައިފި
ރަސޫލާއަށް ފުރައްސާރަ ކުރާއިރު ފިޔަވަޅެއް ނާޅާ: ޖަމީލް
ހަރުކަށިފިކުރު ފަތުރާ ނަމަ ފުލުހުންނަށް އަންގަން އެދެފި
އެލާޓަކު ނެތިން: ޕޮލިސް
ހަރުކަށިފިކުރު މީހުންގެ މައުލޫމާތު ހިއްސާކުރަން އެދިއްޖެ