11 ޑިސެމްބަރ 2019
ޗުއްޓީ ހޭދަކުރަން މީހުން ދާ ހޮޓާ ފަދަ ތަންތަނުން އެންމެ ގިނައިން ވަގަށް ނަގާ އެއްޗަކީ ތުވާލި ކަމަށް މިކަމާ ބެހޭ ގޮތުން ކުރި ސާވޭއަކުން ހާމަވެއްޖެ އެވެ.
ޗުއްޓީ ހޭދަކުރަން މީހުން ދާ ހޮޓާ ފަދަ ތަންތަނުން އެންމެ ގިނައިން ވަގަށް ނަގާ އެއްޗަކީ ތުވާލި ކަމަށް މިކަމާ ބެހޭ ގޮތުން ކުރި ސާވޭއަކުން ހާމަވެއްޖެ އެވެ.
ހޮޓާތަކާއި ސްޕާތައް ރިވިއުކުރާ ކުރާ ކުންފުނި ވެލްނެސް ހެވަންގެ ސާވޭއަކަށް ފަހު ބުނީ މިދިޔަ އަހަރުން ފެށިގެން ހޮޓާތަކުން ގިނަ އަދަދެއްގެ ތަކެތި، އެ ތަންތަނަށް ދާ މީހުން ވަގަށް ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެނދުގައި އަޅާފައި އޮންނަ ގޮދަޑި އާއި ފާރުތައް ޒީނަތްތެރިކުރަން ހަރުކޮށްފައި ހުންނަ ކްރާފްޓްތަކާއި ޓީވީ އާއި ކޮފީ މެޝިން ފަދަ ތަކެތި ހިމެނެ އެވެ.
މި ދިރާސާ ހަދާފައި ވަނީ ޔޫރަޕާއި އޭޝިއާގެ 1،157 ޓޫރިސްޓް ހޮޓަލްގެ ރިވިއުކޮށްގެންނެވެ. އެގޮތުން ފަސްތަރީގެ 523 އަދި ހަތަރުތަރީގެ 634 ހޮޓާ ރިވިއުކޮށްފައިވެ އެވެ.
ވެލްނެސް ހެވަންގެ ދިރާސާގައި ވަނީ އެންމެ ގިނައިން ޓޫރިސްޓް ހޮޓާތަކުން ވަގަށް ނަގާ 20 އައިޓަމެއް ވެސް ފާހަގަކޮށް އޭގެ ޗާޓެއް އެކުލަވާލައިފަ އެވެ.
Which items are stolen most in #hotels?
— Wellness Heaven (@wellness7) December 3, 2019
We have asked 1100+ #hoteliers: https://t.co/2IspJhJyd4
Some hotel guests are so bold that they steal TVs, pianos, mattresses or even stuffed animals.@CNTraveler @USNewsTravel @lonelyplanet @usatodaytravel @FoxNewsTravel @HongKongTravels pic.twitter.com/7oMLff11fT
އެގޮތުން ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން 49 ހޮޓަލަކުން ގޮދަޑި ގެއްލިގެން ރިޕޯޓްކޮށްފައިވެ އެވެ.
ވެލްނެސް ހެވެންގެ ސިއީއޯ ޓެސިލޯ ކެއިލްމަން ވިދާޅުވި ގޮތުގައި ހޮޓާތަކުން ވައްކަންކުރާ މައްސަލަ ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. އެގޮތުން ކުރިއާ ހިލާފަށް ހޮޓާތަކުގައި ފާހާނާތަކުގައި ހުންނަ ޝޭމްޕޫ ފުޅިތަކާއި ސައިބޯންޏާއި ތުވާއްޔާއި ބާތުރޯބާއި ކޮޓަރީގައި ހުންނަ އިލެކްޓޯނިކް ބައެއް ތަކެތީގެ އިތުރުން ފަހަކަށް އައިސް ގޮނދަޑި އާއި ކޮފީ މެޝިނާއި ޓީވީ ފަދަ އެއްޗެހި ނަގާ މައްސަލަ ދަނީ އިތުރުވަމުންނެވެ.
"ގޮދަޑި އާއި ޓީވީ ކަހަލަ އެއްޗެހި ހޮޓަލުން ވަގަށް ބޭރުކުރަނީ ރޭގަނޑު އެންމެން ނިދާ ފަހުން. މިސާލަކަށް ރިސެޕްޝަނުގައި އެއްވެސް މީހަކު ނުހުންނާނެ ވަގުތުތައް ބަލާފައި. މިކަން ކުރަނީ،" ޓެސިލޯ ވިދާޅުވި އެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ވައްކަންކުރާ މައްސަލަ ބޮޑުވަމުންދާތީ ހަތަރު ތަރީގެ ގިނަ ހޮޓާތަކުގައި މިހާރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުންނަނީ އެއްޗެއް ވަގަށް ނަގައިފި ނަމަ އެކަން އަންގައިދޭނެ ކަހަލަ އެލާމް ޓެގްތަކެއް އަޅުވައިފަ އެވެ.
އެކަމަކު ފަސް ތަރީގެ ހޮޓާތަކުން މިފަދަ ފިޔަވަޅުތައް އެޅުން މަދުކަމަށާއި މައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރާ މިންވަރު ވެސް ދަށް ކަމަށް ވެލްނެސް ހެވެންގައި ބުންޏެވެ.
ޓޫރިސްޓުގެ އަތުން ފޭރުނު މައްސަލާގައި ދެމީހަކު ހައްޔަރު
ވައްކަންކުރުމުން ޖޫރިމަނާކޮށް ހިދުމަތްކުރުމަށް ހުކުމެއް
ލަގެޖުން ފައިސާ ނެގިކަމަށް ބެލެވޭ 3މީހުން ދޫކޮށްލައިފި
ހައްޔަރުކުރި މީހުންގެ ތެރޭގައި ކޫއްޑޫ އެއާޕޯޓުގެ މެނޭޖަރު
ޓޫރިސްޓެއްގެ ލަގެޖުން 20،000 ޔޫރޯ ވަގަށް ނަގައިފި
"ލެޝާ އިންވެސްޓްމެންޓްތައް އެންމެ ރަނގަޅީ ރާއްޖޭގައި"
ހުޅުމާލޭގެ ހަމަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރު
މިހިރި ބޮޑު އިމާރާތަށް މިވަނީ ކިހިނެއް؟
ރަހީނުކުރި މައްސަލާގައި އިތުރު 4 މީހަކު ހައްޔަރުކޮށްފި
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި