Roadha Mihaaru
ޓޫރިސްޓެއްގެ ލަގެޖުން 20،000 ޔޫރޯ ވަގަށް ނަގައިފި

ކޫއްޑޫ އެއާޕޯޓަށް ދިޔަ ޓޫރިސްޓެއްގެ ލަގެޖުން 20،000 ޔޫރޯ ނެގި ހަތަރު މީހަކު ހައްޔަރުކޮށްފި

16 އޯގަސްޓް 2021

ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ޓޫރިސްޓެއްގެ ލަގެޖުން 20،000 އަށް ވުރެ ގިނަ ޔޫރޯ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ޓޫރިސްޓެއްގެ ލަގެޖުން 20،000 އަށް ވުރެ ގިނަ ޔޫރޯ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ އިއްޔެ ކަމަށެވެ. އަދި އެ ޓޫރިސްޓުގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ބުންޏެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ދިވެހި ހަތަރު ފިރިހެނުންނެވެ. އެއީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެއްގެ އިތުރުން 37 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން 10،000 ޔޫރޯ މިހާތަނަށް ހޯދިފައިވާ ކަމަށާއި އެ ފައިސާ މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

ވައްކަމުގެ އިތުރުން މަކާރާ ހީލަތުން، އެކި ގޮތްގޮތުން މީހުން އަތުން މުދަލާއި ފައިސާ ހޯދާ މައްސަލަތައް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން އަންނަނީ އިލްތިމާސްކުރަމުންނެވެ.