Roadha Mihaaru
ބޯޓުގެ މައްސަލާގައި އިހުމާލުވިމީހުންނަށް ފިޔަވަޅު އަޅަނީ

އިބޫ އަމަލުކުރީ ގާނޫނާ ޚިލާފަށް، ބޯޓުގެ މައްސަލައިގައި އިހުމާލުވި އެންމެންނަށް ފިޔަވަޅު އަޅަން ފާސްކޮށްފި

07 ޑިސެމްބަރ 2019

ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓު ނަގައި ނައްތާލަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ޕާކަވަން ކުންފުންޏާ ހަވާލުކުރުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އާއި އެ ތަނުގެ ވެރިން އަމަލު ކުރައްވާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަަށާއި އެހެންވެ މި މައްސަލާގައި އިހުމާލުވާ އެންމެންނާ މެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓު ނަގައި ނައްތާލަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ޕާކަވަން ކުންފުންޏާ ހަވާލުކުރުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އާއި އެ ތަނުގެ ވެރިން އަމަލު ކުރައްވާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަަށާއި އެހެންވެ މި މައްސަލާގައި އިހުމާލުވާ އެންމެންނާ މެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އަދި، އެ ބޯޓު ނަގަން ކުރަން ޖެހޭ މަސައްކަތްތައް ފިނޭންސް މިނިސްޓްރީން ކުރަން އެންގުމަށް ވެސް ކޮމިޓީން ފާސްކުރި އެވެ.

ޖުލައި، 30، 2012 ގައި، ހުއްދަ ނުހޯދައި، ތިލަފުށި ފަޅުތެރޭގައި އެންކަރުކުރި ދަގަނޑު ބޯޓު "އެމްވީ ސީ ހޯމް ސެފަޔާ"ގެ ވެރިފަރާތެއް ނޭނގެ އެވެ. އެހެންވެ ސިވިލް ކޯޓު މެދުވެރިކޮށް އެ ބޯޓު ވަނީ ދައުލަތަށް (ފިނޭންސް މިނިސްޓްރީ އަށް) ނަގައިފަ އެވެ. ފަޅުން މި ބޯޓު ބޭރުކުރުމުގެ މަސައްކަތާ ގުޅިގެން ގްރޭޓާ މާލެ ކުންފުނިން ކަމާ ބެހޭ އިދާރާތަކާ އެކު ކުރި މުއާމަލާތަތްކަށް ފަހު، ބޯޓު ނަގަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރީ ޕާކަވަން އިންވެސްޓްމެންޓާ އެވެ.

Boat kafaalumaa gulhey gothun MD Ibu dhakkavaa vaahakathak Finance in dhogukoffi

Boat kafaalumaa gulhey gothun MD Ibu dhakkavaa vaahakathak Finance in dhogukoffi

The most trusted news source in the Maldives

Mihaaru

މެނޭޖިން ޑިރެކްޓަރުގެ ވާހަކަތައް ފިނޭންސްއިން ދޮގު ކުރުން

އެ ބޯޓު ނަގަން ހަވާލުކުރީ، ފަޅުތެރޭގައި އޮތުމުން ތިމާވެށީގެ ގޮތުންނާއި ވިޔަފާރީގެ ގޮތުން ވެސް ގްރޭޓާ މާލެ ކުންފުންޏަށް ބޮޑެތި ގެއްލުންތައް ވަމުންދާތީ އެވެ. ގްރޭޓާ މާލެ ކުންފުންޏާ މިލްކުވެރިކަން ހަވާލުނުކުރާ ބޯޓެއް ކަފާލުމުގެ ހުއްދަ ޕާކަވަން އަށް ދިން މައްސަލަ އެ ހިސާބުން ބޮޑުވި އެވެ.

އެސްއޯއީ ކޮމެޓީން އެ މައްސަލަ ބެލުމަށް ފަހު އެ ކޮމެޓީން ނިންމީ އެކަމުގައި ޖީއެމްއައިޒެޑްއެލްގެ ވެރިންނާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އަމަލު ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. މި މައްސަލައިގައި ބޭއްވި ކޮމިޓީގެ އެކި ބައްދަލުވުންތަކުގައި ވެސް މެމްބަރުން ވަނީ ބޯޓު ނެގުން ހަވާލު ކުރުމުގައި ސުވާލު އުފެދޭ ގޮތަށް ގްރޭޓާ މާލެ ކުންފުނީގެ މެނޭޖުމަންޓުން އަމަލު ކޮށްފައިވާ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

އެ މައްސަލާގައި ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު ކޮމެޓީން އެކުލަވައިލި ރިޕޯޓުގައި ހިމަނާފައިވާ އިސްލާހުތަކާއި ވަކިވަކި މެމްބަރުން ހުށަހެޅުއްވި އިސްލާހުތައް މިއަދު ފާސްކޮށްފައި ވަނީ ކޮމެޓީގެ އަށް މެމްބަރުންގެ އިއްތިފާގުންނެވެ.

ނިންމުންތައް:

* ބޯޓް ނަގަން ކުރަން ޖެހޭ ކަންކަން މިހާރުން މިހާރަށް ކުރުމަށް ފިނޭންސް މިނިސްޓްރީއަށާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އެންގުން

* ބޯޓް ނައްތާލުމުގެ ހުއްދަ ދީފައިނުވާއިރު ގަވައިދާ ހިލާފަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމަލު ކުރައްވާފައިވާތީ އެ މައްސަލަ ބަލައި އިހުމާލު ވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޕީސީބީ އާއި ރައީސުލްޖުމްހޫރިއްޔާ އާއި ފިނޭންސް މިނިސްޓްރީއަށް އެންގުން

* ފެންނަން ހުރި ލިޔެކިޔުމަށް ބަލާއިރު މިއީ ދައުލަތަށް ބޮޑު ގެއްލުމެއް ލިިބިދާނެ ކަމަކަށް ފެންނާތީ ގެއްލުން ކުޑަ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ފިނޭންސް މިނިސްޓްރީ އަށް އެންގުން

* އެ މަސައްކަތް ހަވާލުކުރި ކުންފުންޏަކީ އެ މަސައްކަތް އިއުލާން ކުރި ދުވަހު ރަޖިސްޓްރީ ކުރި ކުންފުންޏަކަށްވާތީ އެ މުއާލަމާތްތަކަކީ ވަކި ފަރާތަކަށް މަންފާ ހޯދައިދިނުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށްފައިވާ ކަމަކަށް ބެލެވޭތީ އެކަން އޭސީސީ އާއި އޮޑިޓް އޮފީހުން ބެލުމަށް ފަހު އެ ރިޕޯޓް އެ ކޮމެޓީއަށް ހުށަހެޅުން

* އެ ބޯޓުގެ ވެރިފަރާތް ހޯދުމަށާއި އެ ބޯޓުގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރުމަށް އެންގުން

* ޖީއެމްއައިޒެޑްއެލްގައި އެކަށީގެންވާ މަސައްކަތު މާހައުލެއް ގާއިމްކޮށް، ޕްރޮފެޝަނަލިޒަމް ހިފަހައްޓައި ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ކޯޕަރޭޓިވް ގަވަނަންސްގެ ބެސްޓް ޕްރެކްޓިސްއަށް އަމަލު ކުރުމަށް ކުންފުންޏަށް އެންގުން

ސިނާއީ ރަށް ތިލަފުށްޓާއި ގުޅިފަޅު ބަލަހައްޓާ ޖީއެމްއައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރާއި އެ ކުންފުނީގެ ބޯޑާ ދެމެދު ބޮޑު ކޯޅުމެއް ވަނީ އުފެދިފަ އެވެ.

ޕާކަވަންއާ އެކު ގްރޭޓާ މާލެ އިން އެއްބަސްވީ 30 ދުވަހުގެ ތެރޭގައި ފަޅުން ބޯޓު ނެގުމަށެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން މަސައްކަތެއް ނުނިންމަ އެވެ. އެއީ، ގްރޭޓާ މާލެ ކުންފުނީގެ އޮޅުވާލުމާއި އިހުމާލުން ކަަމަށް ބުނެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 708،511 ޑޮލަރު (10.9 މިލިއަން ރުފިޔާ) ހޯދަން ޕާކަވަން އިން ވަނީ ދައުވާކޮށްފަ އެވެ. މަޖިލީހުން އެ މައްސަލަ ބަލަން ފެށީ އެހާ ހިސާބުންނެވެ.

ބޯޓު ނަގައި ނައްތާލަން ޕާކަވަން ކުންފުންޏާ ހަވާލުކުރީ ކޯޓުތަކުން ނެރުނު އަމުރުތަކާއި ފިނޭންސް މިނިސްޓްރީއާ އެކު ކުރި މުއާމަލާތްތަކާ އެއްގޮތަށް ކަމަށް މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ. ނަމަވެސް ފިނޭންސްއިން އެކަން ދޮގުކުރެ އެވެ.

ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބޫ މިހާތަނަށް ވިދާޅުވަމުން ގެންދެވީ ބޯޓު ފަޅުގައި ބާއްވައިގެން ލިބުނު ގެއްލުންތަކާއި އައިޑީބީގެ 165 މިލިއަން ޑޮލަރުގެ މަޝްރޫއެއް ގެއްލިދާނެ ކަމުގެ ބިރަށް، ބޯޓު ފަޅުން ނެގުމުގެ މައްސައްކަތް ޕާކަވަންއާ ހަވާލުކުރީ ރަނގަޅަށް ކަމަށެވެ. އެ އެއްބަސްވުމުގައި އޮންނަނީ، ބޯޓު ފަޅުން ނެގުމުގެ ހުރިހާ ޚަރަދެއް ޕާކަވަން އިން ކުރުމަށް ފަހު، ބޯޓު ވިއްކާލައިގެން ލިބޭ އެއްޗެއް ވެސް އެ ކުންފުންޏަށް ލިބޭ ގޮތަށެވެ.

ބީލަމަށް ނުލައި އެގޮތަށް އެއްބަސްވީ ބޯޓު ނެގުމާ ގުޅޭ ގޮތުން ތަފާތު ތިން ވިސްނުމެއްގެ ތެރެއިން ދައުލަތާއި ކުންފުންޏަށް އެންމެ ގެއްލުން ކުޑަ ގޮތަކީ އެއީ ކަމަށް ވާތީ ކަމަށް އިބޫ ވިދާޅުވެ އެވެ.

ކޮމިޓީ އަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފިރުޒުލް ހުސެއިން ބުރާސްފަތި ދުވަހު ވިދާޅުވީ ގްރޭޓާ މާލެ ކުންފުންޏަށް ހުއްދަ ދިނީ ފަޅު ތެރެއިން ބޯޓު ނަގަން ކަމަށެވެ. އޭގެ އިތުރަށް، ބޯޓު ކަފާލައި ނައްތާލަން ނުވަތަ ބާދަގަނޑުގެ ގޮތުގައި ވިއްކުމުގެ އެއްވެސް ހުއްދައެއް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.