Roadha Mihaaru
ޓޭޕު އަޅާފައިވާ ކެޔޮވަކެއް 120،000 ޑޮލަރަށް

ޓޭޕު އަޅައި ތަތްކޮށްލާފައިވާ ކެޔޮވަކެއް، އަގަކީ 120،000 ޑޮލަރު

08 ޑިސެމްބަރ 2019

އާޓްވޯކްތައް އެކި މީހުންނަށް މާނަކުރެވޭނީ އެކި ގޮތަށެވެ. ވަރަށް އާދައިގެ އުފެއްދުމަކުން ވެސް ފުން މާނައެއް ނެގިދާނެ އެވެ. އަދި ކުރެހުންތެރިއަކު ދޫކޮށްލާ، އެއްވެސް އެއްޗަކަށް ނުވާ ކަހަލަ އުފެއްދުމަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓި އޭގެ ވާހަކަ ވަރަށް ގަދައަށް ދެކެވޭ ފަހަރު ވެސް އާދެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާޓްވޯކްތައް އެކި މީހުންނަށް މާނަކުރެވޭނީ އެކި ގޮތަށެވެ. ވަރަށް އާދައިގެ އުފެއްދުމަކުން ވެސް ފުން މާނައެއް ނެގިދާނެ އެވެ. އަދި ކުރެހުންތެރިއަކު ދޫކޮށްލާ، އެއްވެސް އެއްޗަކަށް ނުވާ ކަހަލަ އުފެއްދުމަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓި އޭގެ ވާހަކަ ވަރަށް ގަދައަށް ދެކެވޭ ފަހަރު ވެސް އާދެ އެވެ.

އެމެރިކާގެ މަޔާމީގައި އާޓް ބެޒެލް އިން އިންތިޒާމުކޮށްގެން ގެލެރީ ޕެރޮޓިންގައި މިހާރު ކުރިއަށް ގެންދާ މައުރަޒުގައި ހާއްސަވެގެން އުޅެނީ އަޅިކުލައިގެ ޑަކްޓް ޓޭޕުގަނޑަކުން ފާރެއްގައި ތަތްކޮށްލާފައި އިން ދޮންކެޔޮވަކެކެވެ. މިއީ ވަރަށް އާދައިގެ އާޓްވޯކެކޭ ހީވިޔަސް "ކޮމީޑިއަން" ގެ ނަން ދީފައިވާ މި އާޓްވޯކްގެ އަގަކީ 120،000 ޑޮލަރެވެ.

ސުވާލަކީ މިއީ އެއްވެސް މީހަކު އެ ވަރުގެ އަގެއް ދީފައި ގަންނާނެ އެއްޗެއްތޯ އެވެ. މި މަހުގެ 6 އިން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މައުރަޒު އިމްތިޒާމްކުރާ އާޓް ބެޒެލް އިން ބުނި ގޮތުގައި ޓޭޕް އަޅައި ފާރުގައި ތަތްކުރި ދޮންކެޔޮވަކުގެ ތިން އާޓެއް ދައްކައިލި އިރު އޭގެ ތެރެއިން ދޭތި މިހާރު ވެސް ވަނީ ވިކިފަ އެވެ.

އާޓް ބެޒެލްގެ ބާނީ އެމެނުއެލް ޕެރޮޓިން ބުނިގޮތުގައި ދޮންކޭލަކީ ވަރަށް ފުޅާކޮށް މާނަކުރެވިދާނެ އެއްޗެކެވެ. އެގޮތުން ދޮންކެޔޮވަކެއް ޕްޒެންޓްކޮށްދޭ ގޮތަކުން އޭގެ ހައިބަތު އުފުލިގެން ހިނގައިދާނެ ކަމަށް ބުންޏެވެ. މައުރަޒުފައި ފެންނަ ދޮންކެޔޮވައް އާޓްވޯކުން ވެސް އެކަން ސާބިތުކޮށްދޭ ކަމަށް އޭނާ ބުންޏެވެ.

"ދޮންކެޔޮ ސިފަކުރެވިދާނެ ބައިނަލްއަގްވާމީ ވިޔަފާރީގެ ސިމްބަލްއެއްގެ ގޮތުގައި ވެސް. އަދި މިއީ ތަފާތު އެކި ކަހަލަ މަޖާ މާނަތައް ވެސް ނެރެވިދާނެ އެއްޗެއް،" ޕެެރޮޓިން ބުންޏެވެ.

މި އާޓްވޯކް ތައްޔާރުކުރީ އިޓަލީގެ މަޝްހޫރު އާޓިސްޓް މައުރީޒިއޯ ކެޓެލަން އެވެ. އޭނާ އަކީ މިދިޔަ ސެޕްޓެމްބަރު މަހު އިނގިރޭސިވިލާތުގެ ބްލެންހެއިމް ޕެލެސްގައި ކުރިއަށް ގެންދިޔަ މައުޒަރެއްގައި ތެރޭގައި ބަހައްޓާފައި ވަނިކޮށް ބަޔަކު ވަގަށް ނެގި 18 ކެރަޓް ރަނުގެ ފާހާނާ ތަށި ވެސް ތައްޔާރުކުރި މީހާ އެވެ.

ފާރުގައި ތަތްކުރި ދޮންކެޔޮވަކުގެ އާޓްވޯކް ކެޓެލަން ތައްޔާރުކުރީ މަޔާމީގެ މާރުކޭޓަކުން ދޮންކެޔޮ ގަނެގެންނެވެ.

މައުރީޒިއޯ ކެޓެލަން.

މައުރީޒިއޯ ކެޓެލަން.

އޭނާއާ ހަވާލާދީ ޕެރޮޓިން އިން ބުނީ މިއާ އަހަރު ދުވަހުގެ ހިޔާލުގެ ތެރެއިން ކެޓެލެން ގެނެސްދިން އާޓްވޯކެއް ކަމަށެވެ.

ކުރިން އޭނަ ނިންމީ ދޮންކެޔޮވަކުގެ މޮޑެލްތަކެއް ހަދައި ރަނާއި ރިހި ކުލަ ޖައްސައިގެން މި އާޓްވޯކް ތައްޔާރުކުރަން. އެކަމަކު ފަހުން ނިންމީ އަސްލު ދޮންކެޔޮވައް ބޭނުންކުރަން،" ޕެރޮޓިން ގެލެރީން ބުންޏެވެ.