30 ނޮވެމްބަރ 2019
އައްޑޫގައި ސިޓީ ހޮޓަލާއި ގެސްޓް ހައުސް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ދޫކުރަން ހުޅުވައިލި ބިންތަކަށް ކުރިމަތިލާން ދިން މުއްދަތު އައްޑޫ ސިޓީ ކައުންސިލުން އިތުރުކޮށްފި އެވެ.
އައްޑޫގައި ސިޓީ ހޮޓަލާއި ގެސްޓް ހައުސް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ދޫކުރަން ހުޅުވައިލި ބިންތަކަށް ކުރިމަތިލާން ދިން މުއްދަތު އައްޑޫ ސިޓީ ކައުންސިލުން އިތުރުކޮށްފި އެވެ.
ކުރިން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ފުރުސަތި ހުޅުވައިލި ނަމަވެސް މުއްދަތު މިހާރު ވަނީ އަންނަ މަހުގެ 26 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފަ އެވެ. ކައުންސިލުން ބުނީ މިގޮތަށް ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.
އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ޓުއަރިޒަމް ޒޯމްތަކުގައި ސަރަހައްދުތަކެއް ކަނޑައަޅައި ޖުމްލަ 96 ބިން ދޫކުރަން ކައުންސިލުން ނިންމާފައިވެ އެވެ. އެގޮތުން ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާތައް ހިންގަން ދޫކުރަނީ 2،400-10،000 އަކަފޫޓްގެ ބިންތަކެވެ.
Deadline extension for Bids (IFB) for the Lease, Development and Operation of Tourist Guesthouse and City Hotel in Addu City pic.twitter.com/gaZPy4kRiX
— Addu City Council (@AdduCityCouncil) November 29, 2019
ބިންތައް ދޫކުރަން ނިންމާފައިވާ ސަރަހައްދުތަކަށް ބަލާއިރު ހިތަދޫ "މާމެން ބީޗް ޓޫރިޒަމް ޒޯން" އިން 30 ބިން، ހުޅުދޫ "ކޭވައް ބީޗް" މާފިޝި ޓޫރިޒަމް ޒޯނުން 25 ބިން، މީދޫ "ކޯގަންނު ބީޗް" މުލިމަތި ޓޫރިޒަމް ޒޯނުން 16 ބިން އަދި ފޭދޫ "ސަވާ ބީޗް" ދިގިހެރަ ޓޫރިޒަމް ޒޯނުން 24 ބިން ދޫކުރާނެ އެވެ. އަދި މަރަދޫން ދޫކުރަން ހަމަޖެހިފައި ވަނީ 10،000 އަކަފޫޓުގެ އެއް ބިމެވެ. ޓޫރިޒަމަށް އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ބިންތައް ގިންތިކޮށްފައި ވަނީ ފަސް ބަޔަކަށެވެ.
Pre-bid information session regarding the Lease, Development and Operation of Tourist Guesthouse and City Hotel in Addu City pic.twitter.com/3L8vnMaaQk
— Addu City Council (@AdduCityCouncil) November 14, 2019
އެގޮތުން އޭ ކެޓަގަރީގެ ބިންތަކަކީ 10،000 އަކަފޫޓޫގެ ބިންތަކެވެ. މި ތަންތަނުގައި 60 ކޮޓަރީގެ ގެސްޓް ހައުސް ނުވަތަ ސިޓީ ހޮޓާ ހިންގޭނެ އެވެ. ބީ ކެޓަގަރީގެ 7،000 އަކަފޫޓުގައި 35 ކޮޓަރި ހިމެނެ އެވެ. ސީ ކެޓަގަރީގެ 5،000 އަކަފޫޓުގައި 25 ކޮޓަރި ހިމެނޭ އިރު، ޑީ ކެޓަގަރީގެ 3،000 އަކަފޫޓުގައި 15 ކޮޓަރި ހިމެނެ އެވެ.
އެންމެ ކުދި ބިންތަކުގެ ގޮތުގައި ހުޅުވާލާފައި ވަނީ 2،400 އަކަފޫޓުގެ 10 ކޮޓަރީގެ ގެސްޓް ހައުސް ހިންގަން ދޫކުރާ ބިންތަކެވެ. މި ބިންތަކުގެ ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެއްސެއް ނަމަ 2،000ރ. އަދި ބޭރު މީހެއް ނަމަ 300 ޑޮލަރަށެވެ. ބިންތަކަށް ހުޅުވައިލި އިރު، އެ ބިންތަކުގައި ކުދި އަދި މެދުފަންތީގެ ގެސްޓްހައުސް ހިންގަން ބޭނުންވާ މީހުންނަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 80 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ކައުންސިލުން ބުނިގޮތުގައި ބިންތަކަށް ކުރިމަތިލާ މީހުންގެ ބީލަންތައް ހުޅުވަން އޮންނާނީ ޖެނުއަރީ މަހުގެ 26، 27 އަދި 28 ގަ އެވެ. ކައުންސިލުން މި މަހުގެ 13 ވަނަ ދުވަހު ވަނީ މި މަޝްރޫއާ ގުޅޭ ޕްރީ-ބިޑް މީޓިންއެއް ވެސް ބާއްވައި، މައުލޫމާތުތައް ހިއްސާކޮށްފަ އެވެ.
އައްޑޫން ޓޫރިޒަމަށް ހުޅުވާލި 63 ބިމަކަށް ބީލަން
އައްޑޫން ޓޫރިޒަމަށް ދޫކުރަނީ 96 ބިން
ޓޫރިޒަމަށް އައްޑޫންް ބިމަށް ހުޅުވާލާނީ ބުރާސްފަތި ދުވަހު
އައްޑޫން ޓޫރިޒަމްގެ ބޭނުމަށް 23 ބިމެއް ދޫކޮށްފި
އައްޑޫ ސަވާހިލި ޓޫރިޒަމަށް ތަރައްގީކުރަނީ
އައްޑޫގައި ގެސްޓްހައުސް އަޅަން ބިން ހޯދަން ހުޅުވާލައިފި
އައްޑޫގައި ގެސްޓް ހައުސް އަޅަން ބިން ދޫކުރަނީ
ބިޔޯންޑް ދި އީކުއޭޓާއިން އައްޑޫގެ ރީތިކަމާއި ނަލަކަން
"ވަރުބައްޔެއް ނުވޭ، ބޭނުމީ އައްޑޫ މީހުންގެ ހިއްސާ"
ހިންމަފުށީގައި 200 ކޮޓަރީގެ ހޮޓަލެއް އަޅަން ބިމެއް ދޫކުރަނީ