Roadha Mihaaru
އައްޑޫން ޓޫރިޒަމަށް ދޫކުރަނީ 96 ބިން

އައްޑޫން ޓޫރިޒަމަށް ދޫކުރަނީ 96 ބިން

03 ނޮވެމްބަރ 2019

އައްޑޫގައި ސިޓީ ހޮޓަލާއި ގެސްޓް ހައުސް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގެ އުސޫލުން ބިން ދޫކުރަން ނިންމައި، މިދިޔަ ބުރާސްފަތު ދުވަހު ހުޅުވައިލީ 96 ބިން ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ސިޓީ ހޮޓަލާއި ގެސްޓް ހައުސް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގެ އުސޫލުން ބިން ދޫކުރަން ނިންމައި، މިދިޔަ ބުރާސްފަތު ދުވަހު ހުޅުވައިލީ 96 ބިން ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

މި މަޝްރޫއަކީ އައްޑޫގެ ޓޫރިޒަމް އެނދުގެ އަދަދު 4،000 އަށް އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެގޮތުން ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ދޫކުރަނީ 2،400-10،000 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.

ބިންތައް ދޫކުރަން ނިންމާފައިވާ ސަރަހައްދުތަކަށް ބަލާއިރު ހިތަދޫ "މާމެން ބީޗް ޓޫރިޒަމް ޒޯން" އިން 30 ބިން، ހުޅުދޫ "ކޭވައް ބީޗް" މާފިޝި ޓޫރިޒަމް ޒޯނުން 25 ބިން، މީދޫ "ކޯގަންނު ބީޗް" މުލިމަތި ޓޫރިޒަމް ޒޯނުން 16 ބިން އަދި ފޭދޫ "ސަވާ ބީޗް" ދިގިހެރަ ޓޫރިޒަމް ޒޯނުން 24 ބިން ދޫކުރާނެ އެވެ.

އަދި މަރަދޫ އަވަށުން،ދޫކުރަން ހަމަޖެހިފައި ވަނީ 10،000 އަކަފޫޓުގެ އެއް ބިމެވެ. ޓޫރިޒަމަށް އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ބިންތައް ގިންތިކޮށްފައި ވަނީ ފަސް ބަޔަކަށެވެ.

އެގޮތުން އޭ ކެޓަގަރީގެ ބިންތަކަކީ 10،000 އަކަފޫޓޫގެ ބިންތަކެވެ. މި ތަންތަނުގައި 60 ކޮޓަރީގެ ގެސްޓް ހައުސް ނުވަތަ ސިޓީ ހޮޓާ ހިންގޭނެ އެވެ. ބީ ކެޓަގަރީގެ 7،000 އަކަފޫޓުގައި 35 ކޮޓަރި ހިމެނެ އެވެ. ސީ ކެޓަގަރީގެ 5،000 އަކަފޫޓުގައި 25 ކޮޓަރި ހިމެނޭ އިރު، ޑީ ކެޓަގަރީގެ 3،000 އަކަފޫޓުގައި 15 ކޮޓަރި ހިމެނެ އެވެ.

އެންމެ ކުދި ބިންތަކުގެ ގޮތުގައި ހުޅުވާލާފައި ވަނީ 2،400 އަކަފޫޓުގެ 10 ކޮޓަރީގެ ގެސްޓް ހައުސް ހިންގަން ދޫކުރާ ބިންތަކެވެ.

މި ބިންތަކުގެ ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެއްސެއް ނަމަ 2،000ރ. އަދި ބޭރު މީހެއް ނަމަ 300 ޑޮލަރަށެވެ. ބިންތަކަށް ހުޅުވައިލި އިރު، އެ ބިންތަކުގައި ކުދި އަދި މެދުފަންތީގެ ގެސްޓްހައުސް ހިންގަން ބޭނުންވާ މީހުންނަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 80 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.