28 ނޮވެމްބަރ 2019
އިނގިރޭސި ޝާހީ އާއިލާ އިން މިދިޔަ މަހު ލިބުނު ދައުވަތެއްގައި، ޕްރިންސް ވިލިއަމާއި އަނބިކަނބަލުން ކޭޓް މިޑްލްޓަން އުޅުއްވާ ކެންސިންޓަން ޕެލަސް އަށް ގޮސް އެތަނުން ފަންސުރެއް ވަގަށް ނެގި ކަމަށް އިއުތިރާފުވެ އެމެރިކާގެ ލަވަކިޔުންތެރިޔާ ކަމިލާ ކެބެލޯ މާފަށް އެދެފި އެވެ.
އިނގިރޭސި ޝާހީ އާއިލާ އިން މިދިޔަ މަހު ލިބުނު ދައުވަތެއްގައި، ޕްރިންސް ވިލިއަމާއި އަނބިކަނބަލުން ކޭޓް މިޑްލްޓަން އުޅުއްވާ ކެންސިންޓަން ޕެލަސް އަށް ގޮސް އެތަނުން ފަންސުރެއް ވަގަށް ނެގި ކަމަށް އިއުތިރާފުވެ އެމެރިކާގެ ލަވަކިޔުންތެރިޔާ ކަމިލާ ކެބެލޯ މާފަށް އެދެފި އެވެ.
ބީބީސީ ރޭޑިއޯ1 ގެ "ބްރެކްފާސްޓް ވިތު ގްރެގް ޖޭމްސް" ޝޯގައި ކިއުބާ އަށް އުފަން 22 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ އޭނާ އަށް ކެންސިންޓަން ޕެލަސް އަށް ދާން ދައުވަތު ލިބުނީ "ރޭޑިއޯ 1 ޓީން ހީރޯޒް" ގެ އިވެންޓަކާ ގުޅިގެން ކަމަށެވެ. އެގޮތުން ކެންސިންޓަން ޕެލަސްގެ ތަޖުރިބާ ހިއްސާކުރަމުން ކެމީލާ ބުނީ އެންމެ ހަނދާންވާ ކަމަކަށް ކުރެވުނު ކަމަކީ ފަންސުރެއް ވަގަށް ނެގުން ކަމަށެވެ.
?
— Kensington Palace (@KensingtonRoyal) November 26, 2019
އެއްޗެއް ވަގަށް ނެގިކަން ކެންސިޓަން ޕެލަސްގެ މުވައްޒަފުންނަށް ފާހަގަކުރެވޭނެތޯ ސުވާލުކުރުމުން ކެމީލާ ބުނީ، ހެދި ގޮތަކީ އެކީގައި ދިޔަ މަންމަގެ އަތްދަބަހުގެ ތެރެއަށް ފަންސުރު ލީ ކަމަށެވެ.
"މަންމަ އެކަމާ ވަރަށް ދެކޮޅު ހެދި. އެކަމަކު އެ ފަންސުރާ އެކު އަހަރެމެން ނުކުތީ. އަހަރެންގެ އަތުގައި މިހާރު ވެސް އެ ފަންސުރު އެބަ އޮތް. އަހަރެން އެކަމާ ވިލިއަމާއި ކޭޓްގެ ކިބައިން މާފަށް އެދެން،" ސެރޮނީޓާ ފަދަ ލަވަތަކުން މަޝްހޫރުކަން ހޯދި ކަމީލާ ބުންޏެވެ. "އެ ދުވަހު އަހަންނަށް ރަނގަޅަށް ނުވެސް ނިދޭ."
ކެނެޑާގެ ލަވަ ކިޔުންތެރިޔާ ޝޯ މެންޑޭޒްއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމިލާ މާފަށް އެދުނު ވާހަކަ ޝޯގެ ވީޑިއޯކޮޅަކާ އެކު ކެންސިންޓަން ޕެލަސް ޓެގްކޮށް ބީބީސީ ރޭޑިއޯ 1 އިން ޓްވީޓްކުރުމުން ކެންސިޓަން ޕެލެސް އިން އެއަށް ޖަބާދު ދިނީ ވަށް ކަޅިން ބަލާ އިމޯޖީއަކުންނެވެ.
ހެރީއާއި މޭގަން އަށް ޕްރިންސް ޗާލްސް ރައްދު ދެއްވަނީ
ހެރީގެ ނިންމެވުމަށް ވިލިއަމްގެ ނުރުހުން
ޕްރިންސް ވިލިއަމަށް ކޮވިޑް ޖެހުމުން ސިއްރުކުރި
ޝާހީ އާއިލާގެ ދަތުރުތަކަށް 5.3 މިލިއަން ޕައުންޑް
ވިލިއަމްގެ އެންމެ ކަމުނުދާ ހަދިޔާ އަކީ ދުރުމިއެއް
ޑަޔާނާގެ ފަންޑް ވިލިއަމާއި ހެރީ އަށް ބައިކޮށްލައިފި
ކޮވިޑަށްފަހު އަދިވެސް ރަނގަޅަށް ވަހެއް ނުދުވާ: ޗާލްސް
ދަރިން ލިބުމަކީ އެންމެ ބޮޑު ބަދަލު: ޕްރިންސް ވިލިއަމް
ޝާހީ އާއިލާ ބޮޑު ބައްދަަލުވުމަކަށް
ޝާހީ އާއިލާއާ ހެރީގެ ދެކަނބަލުން "ވަކިކޮށްފި"