27 މެއި 2020
ދިރިއުޅުމަށް އައި އެންމެ ބޮޑު ބަދަލަކީ ދަރިން ލިބުން ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ޕްރިންސް ވިލިއަމް ވިދާޅުވެއްޖެ އެވެ.
ދިރިއުޅުމަށް އައި އެންމެ ބޮޑު ބަދަލަކީ ދަރިން ލިބުން ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ޕްރިންސް ވިލިއަމް ވިދާޅުވެއްޖެ އެވެ.
ނަފުސާނީ މައްސަލަތަކާ ދެކޮޅަށް ވިލިއަމް، 37، ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ ގޮތުން ބީބީސީ ވަން ތައްޔާރުކޮށް އަންނަ ހުކުރު ދުވަހު ގެނެސްދޭން ހަމަޖެހިފައިވާ ޑޮކިއުމަންޓަރީ "ފުޓްބޯލް، ޕްރިންސް ވިލިއަމް އެންޑް އަވާ މެންޓަލް" ގައި ވިދާޅުވީ ދަރިން ލިބިވަޑައިގަތުމަކީ ހުރިހާ ގޮތަކުން ވެސް މީހެއްގެ ދިރިއުޅުމަށް އަންނާނެ ވަރަށް ބޮޑު ތަފާތެއް ކަމަށެވެ. އަދި ބައްޕައަކަށް ވުމަކީ ވަރަށް އުފާވެރި އިހުސާސެއް ކަމަށް ވިދާޅުވި އެވެ.
ޕްރިންސް ވިލިއަމާއި ކޭޓް މިޑްލްންޓަން 2011 ގައި ކުރެއްވި ކައިވެންޏަށް މިހާރު ތިން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އެއީ ޖޯޖް 6، އާއި ޝާލޮޓް، 5، ގެ އިތުރުން ލުއީ، 2، އެވެ.
Join HRH The Duke of Cambridge as he aims to break the stigma around men's mental health.#FootballPrinceWilliamAndOurMentalHealth | BBC One | Thursday 28th May, 8.05pm pic.twitter.com/k8IvrDdtTk
— BBC One (@BBCOne) May 18, 2020
ވިލިއަމް ވިދާޅުވި ގޮތުގައި ދަރިންނާ އެކު އެންމެ ބޮޑަށް ކުރެއްވުނު އެއް ތަޖުރިބާ އަކީ އަވަހާރަވެފައިވާ މަންމާފުޅު ޕްރިންސެސް ޑަޔާނާގެ ހަނދާންތައް އަލުން އާކޮށްދިނުން ކަމަށެވެ. ޑަޔާނާ ކާރު އެކްސިޑެންޓެއްގައި 1997 ގައި އަވަހާރަވި އިރު، ވިލިއަމްގެ އުމުރަކީ 15 އަހެރެވެ.
"ދަރިން ލިބުނު ފަހުން މަންމަގެ ހަނދާންތަކާ އެކު އިތުރަށް ޖަޒުބާތީކުރުވި. ދަރިންގެ ގާތުގައި މައިންބަފައިން ނެތުމާއި މައިންބަފައިންގެ ގާތުގައި ދަރިން ނެތުމުގެ އިހުސާސަކީ ދަރިން ލިބުނު ފަހުން އެންމެ ބޮޑަށް އިހުސާސްކުރެވުނު އެއް ކަންތައް،" ވިލިއަމް ވިދާޅުވި އެވެ.
Watch as The Duke chats to former @PremierLeague footballer @MarvinSordell as he opens up about his experiences of fatherhood.
— Heads Together (@heads_together) May 24, 2020
Don't miss our new documentary with @BBCOne following our #HeadsUp campaign with The @FA.
? Thursday 28th May, 20:05 pic.twitter.com/0Upo11sh47
އޭނާ ވިދާޅުވި ގޮތުގައި އަބަދު ވެސް ބައްލަވަނީ ނަމޫނާ ބައްޕައަކަށްވެވޭތޯ އެވެ. އަދި ދަރިންނާއި އާއިލާއާ އެކު ވަގުތު ހޭދަކުރުމަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
"އަހަންނާއި ކޭޓް އެއްވަރަކަށް މަސައްކަތްކުރަން ދަރިންނަށް ވަގުތު ދޭން. ދަރިންގެ ކަންކަމުގައި އެކީގައި ހިއްސާވާން. މިއީ އަސްލު ވަރަށް ވެސް ބޮޑު އުފަލެއް،" ވިލިއަމް ވިދާޅުވި އެވެ. "އަލަތު ދަރިފުޅު ލިބުމަކީ ވަރަށް އުނދަގޫ ދުވަސްތަކެއް ހޭދަކުރަން ޖެހުނު ދަނޑިވަޅެއް. އަލަށް ބައްޕައަކަށްވީމަ ފުރަތަމަކޮޅު ކަންކަމުގައި ވަރަށް އާވެގެން އުޅެން ޖެހުނީ. އެކަމަކު އަހަރެން ބުނާނީ ދަރިން ލިބުމަކީ ހަޔާތަށް އެންމެ ހެޔޮ، އެންމެ އުފާވެރި އަދި އެންމެ ބޮޑު ބަދަލޭ."
ވިލިއަމަކީ ޕްރިންސް ޗާލްސް އާއި ޑަޔާނާ އަށް ލިބިވަޑައިގަތް ދެ ބޭފުޅުންގެ ތެރެއިން ދޮށީ ދަރިކަލުންނެވެ. ދެން ހުންނަވަނީ ޕްރިންސް ހެރީ އެވެ. ހެރީ އާއި މޭގަން މާކަލް ކައިވެނި ބައްލަވައިތީ 2018 ގަ އެވެ. އެ ކަ ކައިވެންޏަށް ލިބަޑައިގަތް ދަރިކަލުން އާޗީ އަށް އެއް އަހަރު ފުރުނީ މި މަހުގެ 6 ގަ އެވެ.
ހެރީގެ ނިންމެވުމަށް ވިލިއަމްގެ ނުރުހުން
ޑަޔާނާގެ ފަންޑް ވިލިއަމާއި ހެރީ އަށް ބައިކޮށްލައިފި
ޝާހީ އާއިލާއާ ހެރީގެ ދެކަނބަލުން "ވަކިކޮށްފި"
ޕްރިންސް ވިލިއަމާއި ހެރީ؛ މައްސަލައެއް އުޅޭތަ؟
ޕްރިންސް ވިލިއަމަށް 4 ވަނަ ދަރިއަކު
ހެރީގެ ދަރިކަނބަލުން އަލަށް ދައްކާލައިފި
ޑަޔާނާ އަތުން ލިޔުއްވި ސިޓީތަކެއް ނީލަމަކަށް
ޝާހީ އާއިލާގައި ނަސްލީ ތަފާތުކުރުމެއް ނޯވޭ: ވިިލިއަމް
މޭގަން އާއި ހެރީ ޝާހީ އެތެރެކޮއިލު ބޭޒާރުކޮށްލައިފި
އާއިލާއާ ދުރަށް ވަޑައިގަތް ސަބަބު ހެރީ ވިދާޅުވެއްޖެ