13 ޖެނުއަރީ 2020
ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ކުއްލި ގޮތަކަށް މިދިޔަ ހަފުތާގައި ޝާހީ ޒިންމާތަކުން އެކަހެރިވެވަޑައުގަންނަވާކަން އިއުލާންކުރެވުމާ އެކު އާއިލާ ތެރޭގައި އުފެދިފައިވާ ނުތަނަސްކަން ކުޑަކުރުމަށް މިއަދު ހާއްސަ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ކުއްލި ގޮތަކަށް މިދިޔަ ހަފުތާގައި ޝާހީ ޒިންމާތަކުން އެކަހެރިވެވަޑައުގަންނަވާކަން އިއުލާންކުރެވުމާ އެކު އާއިލާ ތެރޭގައި އުފެދިފައިވާ ނުތަނަސްކަން ކުޑަކުރުމަށް މިއަދު ހާއްސަ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
ބީބީސީން ބުނިގޮތުގައި ޝާހީ ގަނޑުވަރު ބަކިމްހަމް ޕެލަސްގައި ރާނީ އެލިޒަބަތު އިސްކޮށް ހުންނަވައިގެން ބާއްވާ ބައްދަލުވުމުގައި ޝާހީ އާއިލާގެ އިސް ބޭފުޅުން ބައިވެރިވަޑައިގަންނަވާނެ އެވެ. އޭގެ ތެރޭގައި ޕްރިންސް ހެރީ އާއި ބޭބޭފުޅު ޕްރިންސް ވިލިއަމާއި ދެ ބޭފުޅުންގެ ބައްޕާފުޅު ފްރިންސް ޗާލްސް ހިމެނިވަޑައިގަންނަ އެވެ.
މި ވަގުތު ދަރިކަލުންނާ އެކު ކެނެޑާގައި ހުންނެވި މޭގަން، ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާނީ ފޯނު މެދުވެރިކޮށެވެ.
މި ބައްދަލުމުގެ މައިގަނޑު އެޖެންޑާ އަކީ ހެރީގެ ދެކަނބަލުން ޝާހީ އާއިލާއާ "ވަކިވާން" ނިންމެވި ނިންމެވުމާއި އެ ބޭފުޅުންގެ ކުރިމަގު ދެން ބައްޓަންވެގެންދާނެ ގޮތެއް ސާފުކޮށް، އެކަމާ ބެހޭ ގޮތުން މަޝްވަރާކޮށް، ހިޔާލުފާޅުކުރުމެވެ. ނަމަވެސް މީޑިއާތަކުން ބުނީ އެ ބައްދުވުމުގެ ނަތީޖާ އަންނާނެ ގޮތަކާ ދޭތެރޭ މި ވަގުތު ވަކި ގޮތެއް ލަފާކުރަން ފަސޭހަ ނޫން ކަމަށެވެ.
ޝާހީ އާއިލާގެ ޚަބަރުތައް ކަވަރުކުރާ ބީބީސީގެ ނޫސްވެރިޔާ ޖޮނީ ޑައިމަންޑް ވިދާޅުވި ގޮތުގައި މިއަދުގެ ބައްދަލުވުމުގައި ރާނީ ސާފު ކުރައްވަން އެންމެ ބޮޑަށް ބޭނުންފުޅުވާ ކަމަކީ ހެރީގެ ދެކަނބަލުންގެ ދިރިއުޅުމަށް ދެން ނަންގަވާނެ ފިޔަވަޅަކީ ކޮބައިތޯ ސާފުކުރެއްވުމެވެ.
ޝާހީ ޒިންމާތަކާ ދުރަށްވަޑައިގަންނަވާކަން ހިއްސާކުރެއްވި ބަޔާނުގައި ހެރީގެ ދެކަނބަލުން ވިދާޅުވެފައި ވަނީ އެ ބޭފުޅުން ދެން ދިރިއުޅުއްވަން ބިނާކުރައްވާނީ އިނގިރޭސިވިލާތާއި ކެނެޑާގައި ކަމަށާއި ބޭނުންފުޅު ވަނީ އަމިއްލަފައިމައްޗަަށް ތެދުވަޑައިގަންނަވަން ކަމަށެވެ.
ހެރީގެ ދެކަނބަލުންގެ މި ނިންމެވުމާ ގުޅިގެން ޝާހީ އާއިލާތެރޭގައި ވަނީ މި ވަގުތު ވަނީ ވަރަށް ބޮޑު އުދާސްކަމެއް އުފެދިފަ އެވެ. އަދި މި މިކަމާ ގުޅިގެން އެތައް ބައެއްގެ ލޯ ވަނީ ޝާހީ އާއިލާ އަށް ހުއްޓިފަ އެވެ.
ޝާހީ އާއިލާގެ ދަތުރުތަކަށް 5.3 މިލިއަން ޕައުންޑް
ކޮވިޑަށްފަހު އަދިވެސް ރަނގަޅަށް ވަހެއް ނުދުވާ: ޗާލްސް
ބަކިންހަމް ޕެލަސްގެ މަރާމާތަށް 360 މިލިއަން ޕައުންޑް
ހެރީއާއި މޭގަން އަށް ޕްރިންސް ޗާލްސް ރައްދު ދެއްވަނީ
ޝާހީ އާއިލާގައި ނަސްލީ ތަފާތުކުރުމެއް ނޯވޭ: ވިިލިއަމް
މޭގަން އާއި ހެރީ ޝާހީ އެތެރެކޮއިލު ބޭޒާރުކޮށްލައިފި
ހެރީގެ ނިންމެވުމަށް ވިލިއަމްގެ ނުރުހުން
ޑަޔާނާގެ ފަންޑް ވިލިއަމާއި ހެރީ އަށް ބައިކޮށްލައިފި
ޕްރިންސް ހެރީ އަށް ބާގަ ކިންގުން ވަޒީފާއެއް!
ޝާހީ އާއިލާއާ ހެރީގެ ދެކަނބަލުން "ވަކިކޮށްފި"