29 ސެޕްޓެމްބަރ 2016
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ ޗެއާމަންގެ މަގާމުން މުހައްމަދު ރިޔާޒު އިސްތިއުފާ ދެއްވައިފި އެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ ޗެއާމަންގެ މަގާމުން މުހައްމަދު ރިޔާޒު އިސްތިއުފާ ދެއްވައިފި އެވެ.
ސަރުކާރުގެ ކުންފުނިތައް ބަލަހައްޓަމުން އަންނަ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއާރުޑީސީގެ ޗެއާމަންގެ މަގާމުން ރިޔާޒު އިސްތިއުފާ ދެއްވީ އިއްޔެ ކަމަށާއި އެ މަގާމަށް ވަރަށް އަވަހަށް ބޭފުޅަކު އައްޔަންކުރައްވާނެ ކަމަށެވެ.
"މިހާރު"އާ ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ ޗެއާމަންގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ މަގާމުގައި ހުންނަވަން މި ވަގުތު ބޭނުންނުވާތީ ކަމަށެވެ.
ރިޔާޒު ވަނީ ރާއްޖޭގެ ވޮލީ އަށް ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ، އަދި މިހާރު ވެސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސެވެ. އެކަމަކު އެސޯސިއޭޝަންގައި އެންމެ ފަހުން ބޭއްވި އިންތިހާބުގައި މައްސަލަތަކެއް ކުރިމަތިވެ އިންިހާބު އަލުން ބާއްވަން ތައްޔާރުވަމުން އަންނަ އިރު، ރިޔާޒު ދެން ވާދައެއް ނުކުރައްވާނެ އެވެ.
އެމްއާރުޑީސީގެ ޗެއާމަނަކަށް ލަތީފު،ޑިރެކްޓަރަކަށް ހުޝާމް
"ޕީސީބީގައި ގާބިލްކަމެއް ނެތް، ބޯޑު އެކުލަވާލަންޖެހޭ"
އެމްޓީޑީސީގެ އެމްޑީ ކަމަށް ތަޒްމީލް އައްޔަންކޮށްފި
ކުންފުނިތަކަށް ވެރިން އައްޔަންކުރާކަށް އަދި ނާންގާ
އިންވެސްޓްމަންޓް ކުންފުނީގެ ބޯޑަށް ހަތަރު ބޭފުޅެއް
އެމްއާރުޑީސީގެ އެމްޑީ އަކަށް ބޭފުޅަކު އައްޔަންކޮށްފި
އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އާ ބޭފުޅެއް
ވެމްކޯގެ ޗެއާމަން އާއި އެމްޑީ މަގާމުން ވަކިކޮށްފި
އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ނިމާލް
އެމްޕީއެލްގެ ސީއީއޯއަކަށް ހަލީމް ހަމަޖައްސައިފި