01 މާޗް 2017
އެމްޕީއެލްގެ ސީއީއޯއަކަށް އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ދެންމެ ހަމަޖައްސައިފި އެވެ.
އެމްޕީއެލްގެ ސީއީއޯއަކަށް އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ދެންމެ ހަމަޖައްސައިފި އެވެ.
މިހާތަނަށް އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަލީމް "މިހާރު" އަށް ވިދާޅުވީ އޭނާ އެމްޕީއެލްގެ ސީއީއޯއަކަށް ބަދަލުކުރެއްވިކަން ޕްރައިވެޓައިޒޭޝަން ބޯޑުން އަންގާފައިވާ ކަމަށެވެ.
އެމްޕީއެލްގެ ސީއީއޯއަކަށް ހަލީމް މި ހަމަޖެއްސެވީ އެ މަގާމުގައި ހުންނެވި މުހައްމަދު ޖުނެއިދު ރޭގައި ކުއްލިގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.
ޖުނެއިރު މިހާރު" އަށް ރޭގައި ވިދާޅުވީ އެމްޕީއެލްގެ ސީއީއޯ ކަމުން އިސްތިއުފާ ދެއްވީ އަމިއްލަ ވިޔަފާރި އަށް ވަގުތު ދެއްވަން ބޭނުންވާތީ ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް މަގާމަކަށް ދިއުމުގެ ވިސްނުމެއް މިވަގުތު ނުގެންގުޅެއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލްގެ ސީއީއޯއަކަށް ހަލީމް ބަދަލުކުރެއްވިއިރު، އޭނާ ވަނީ އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން އެމްޓީސީސީގެ ސީއީއޯކަން ވެސް ކުރިން ކުރައްވައިފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭނާ އަދާކުރެއްވި ފުރަތަމަ ވަޒީފާއަކީ އެމްޓީސީސީގެ ސީއީއޯގެ މަގާމެވެ.
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނެއިދު ކުއްލިގޮތަކަށް އިސްތިއުފާ ދެއްވިއިރު، ވެރިކަންކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ މެރީޑިއަމުން އެމްޕީއެލް އަށް ތެޔޮ ސަޕްލައިކުރުމުގައި ޖެހުނު މައްސަލައެއްގައި ޖުނައިދު އާއި ސިޔާސީ ބައެއް ބޭފުޅުންނާ މެދު ހިތްހަމަނުޖެހުންތަކެއް މީގެ ދުވަސްކޮޅެއް ކުރިން އުފެދުނެވެ.
މީގެ އިތުރުން އެމްޕީއެލް އަށް ޓަގު ބޯޓެއް ބަނުމަށް ސެންޓަ އެންޓަޕްރައިސަސްއާ ހަވާލުކޮށް އެ މަސައްކަތް ވަކި ހިސާބަކުން ހުއްޓުމާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެމްޕީއެލް އިން 160 މިލިއަން ރުފިޔާ ދެއްކުމަށް ކޯޓުން ހުކުމެއް ކޮށްފައި ވާއިރު އެ މައްސަލައިގެ ގާނޫނީ ފީއަށް ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާފައި ހުންނަވާ އިބްރާހިމް ރިޒާގެ ލޯ ފާމަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލައެއްގައި ވެސް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި އެ ނޫނަސް ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ބައެއް ކަންތައް އެމްޕީއެލް ތެރޭގައި ހިންގާފައިވާ ކަމުގެ ތުހުމަތުތައް އެކި ފަރާތްތަކުން ކޮށްފައިވެ އެވެ.
އެކަމަކު މިއިން އެއްވެސް ކަމަކާ ޖުނެއިދުގެ އިސްތިއުފާއާ ގުޅޭ ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ވަޖީހު
އެމްއާރުޑީސީގެ އެމްޑީ އަކަށް ބޭފުޅަކު އައްޔަންކޮށްފި
އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އާ ބޭފުޅެއް
އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ނިމާލް
11 ކުންފުންޏެއްގެ ބޯޑަށް ބަދަލު ގެނެސްފި
އެމްޓީޑީސީގެ އެމްޑީއަކަށް ނިޔާޒް
އެންސްޕާގެ ސީއީއޯއަކަށް ހީނާ
އެމްއޭސީއެލް އަށް ޝަރީފް
އެމްޓީސީސީގެ އެމްޑީއަކަށް ޒިޔާދު
އައިލެންޑް އޭވިއޭޝަންގެ އެމްޑީއަކަށް އިޔާސް