Roadha Mihaaru
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ވަޖީހު

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ވަޖީހު ހަމަޖައްސައިފި

28 ނޮވެމްބަރ 2023

މޯލްޑިވްސް ޕޯޓްސް ލިިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯގެ މަގާމަށް މުހައްމަދު ވަޖީހު އިބްރާހިމް ހަމަޖައްސަވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވްސް ޕޯޓްސް ލިިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯގެ މަގާމަށް މުހައްމަދު ވަޖީހު އިބްރާހިމް ހަމަޖައްސަވައިފި އެވެ.

މިއަދު އޭނާއަށް ވަނީ ޕީސީބީގެ ބޯޑުން އެކަން އަންގައިފަ އެވެ. މާދަމާއިން ފެށިގެން އޭނާ ވަޒީފާއަށް ނުކުންނަވާނެ އެވެ.

ވަޖީހަކީ 2013 އިން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް އެމްޕީއެލްގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭނާ އެމްޕީއެލްގައި ހޭދަކުރެއްވި ނުވަ އަހަރުގައި ވަނީ އެކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ކަމާއި ޖެނެރަލް މެނޭޖަރު ކަމާއި އެސިސްޓެންޓް ސީއީއޯކަން ވެސް ފުރުއްވައިފަ އެވެ.

އެމްޕީއެލްގެ ވަޒީފާއަދާ ކުރެއްވުމުގެ ކުރިން އޭނާ ވަނީ ރާއްޖޭގެ ގިނަ ސްކޫލުތަކެއްގެ ޕްރިންސިޕަލްކަމުގެ މަގާމު ފުރުއްވާފަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފައިނޭންސް ޑިޕާޓްމެންޓްގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.

ވަޖީހު ވަނީ އިނގިރޭސިިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީއިން އެމްބީއޭ ހާސިލުކުރައްވާފަ އެވެ.