Roadha Mihaaru
އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޒުލް

އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޒުލް ހަމަޖައްސައިފި

28 ނޮވެމްބަރ 2023

އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު އައްޔަން ކުރައްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު އައްޔަން ކުރައްވައިފި އެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޒުލް އައްޔަން ކުރެއްވިއިރު، އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން ނޮވެމްބަރު، 2018 ގެ ނިޔަލަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޒުލް އައްޔަނު ކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމުގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރިން އުފެއްދި ޕީޕަލްސް އެލަޔަންސް (ޕީއޭ) ގައި ވެސް ފަޒުލް މަސައްކަތް ކުރައްވާފައިވެ އެވެ.

ފަޒުލް މަޖިލިސް މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވާތީ މިވަގުތު މަޖިލީހުގައި ތިއްބަވާނީ ޕީއެންސީގެ ދެ މެންބަރުންނެވެ.