01 މާޗް 2017
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނިމާލު މިއަދު ހަމަޖައްސައިފި އެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނިމާލު މިއަދު ހަމަޖައްސައިފި އެވެ.
އެމްއާރުޑީސީގެ އެމްޑީއަކަށް ނިމާލު ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އެމްޕީއެލްގެ ސީއީއޯއަކަށް މިއަދު ހަމަޖެއްސުމާ ގުޅިގެންނެވެ. އެމްޕީއެލްގެ ސީއީއޯއަކަށް ހަލީމް ހަމަޖެއްސީ އެ މަގާމު ކުރިން ފުރުއްވި މުހައްމަދު ޖުނެއިދު ކުއްލިގޮތަށް ރޭގައި އިސްތިއުފާ ދެއްވުމުންނެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ވެރިކަން ކުރާ ޕީޕީއެމްގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ހުންނެވި ނިމާލް ކުރިން ވަނީ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފަ އެވެ.
ފެނަކަ ކޯޕަރޭޝަން ޖޫން 2012 ގައި އުފެއްދުމަށް ފަހު، އެ ތަނުގެ އެމްޑީގެ މަގާމަށް އޭރުގެ ރައީސް ވަހީދު ފުރަތަމަ ވެސް އައްޔަންކުރެއްވީ ނިމާލެވެ. އެކަމަކު، މަގާމުގެ ނުފޫޒު ބޭނުންކުރައްވާ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން އޭނާ ވަނީ ޖުލައި 2013 ގައި އެ މަގާމުން ވަކިކޮށްފަ އެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު، ނިމާލް އަނެއްކާވެސް ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވި އެވެ. ފެނަކައިގެ އެމްޑީ ކަމުން ނިމާލް ވަކިކުރިއިރު، އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް މިދިޔަ އަހަރު އަމިއްލަ މީހަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހެޅި އެވެ.
އެމްޕީއެލްގެ ސީއީއޯއަކަށް ހަލީމް ހަމަޖައްސައިފި
ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް މުއާޒު
އެމްއާރުޑީސީގެ އެމްޑީ އަކަށް ބޭފުޅަކު އައްޔަންކޮށްފި
އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އާ ބޭފުޅެއް
އެމްއާރުޑީސީގެ އެމްޑީ ނިމާލް އިސްތިއުފާ ދެއްވައިފި
ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް ޓޫރިޒަމްގެ ނައިބަކަށް
ފެނަކައިގެ ޗެއާމަަނަކަށް އިގުބާލް އައްޔަންކޮށްފި
އެމްޓީޑީސީގެ އެމްޑީއަކަށް ނިޔާޒް
އެންސްޕާގެ ސީއީއޯއަކަށް ހީނާ
އެމްއޭސީއެލް އަށް ޝަރީފް