21 ޖޫން 2017
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އެ މަގާމުން މިރޭ އިސްތިއުފާ ދެއްވައިފި އެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އެ މަގާމުން މިރޭ އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ އެމްއާރުޑީސީގެ އެމްޑީ ކަމުން އިސްތިއުފާ ދެއްވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ވަގުތު ދެއްވަން ކަމަށެވެ.
"ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ހުންނާނީ ރައީސް ޔާމީނާ އެކު. އެއީ ޔަގީން ކަމެއް،" ނިމާލް ވިދާޅުވި އެވެ.
މިދިޔަ މާޗް 1 ގައި އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވި ނިމާލަކީ މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ވެރިކަން ކުރާ ޕީޕީއެމްގެ ކެމްޕެއިން މެނޭޖަރު ވެސް މެ އެވެ. އެކަމަކު އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެ ޕާޓީގެ ތެރޭގައި ނިމާލްގެ ދައުރެއް އަދި ސާފެއް ނުވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނިމާލް އެންމެ ފުރަތަމަ އަދާކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމެވެ. އެކަމަކު ސެޕްޓެމްބަރު 26، 2016 ގައި ނިމާލް އެ މަގާމުން ވަކިކޮށް، އޮކްޓޯބަރު 24، 2016 ގައި ޓޫރިޒަމް މިނިސްޓަރުގެ ނައިބަކަށް އައްޔަން ކުރެއްވި އެވެ. އޭނާ އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަކަށް އައްޔަން ކުރެއްވީ އޭގެ ފަހުންނެވެ.
ނިމާލް ސިޔާސީ މަގާމެއްގައި އެންމެ ގިނަ ދުވަހު ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުގަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން އޭނާ ވަނީ އެ ކުންފުނީގެ އެމްޑީ ކަމުގައި މަސައްކަތް ކުރައްވައިފަ އެވެ.
ފެނަކަ ކޯޕަރޭޝަން ޖޫން 2012 ގައި އުފެއްދުމަށް ފަހު، އެ ތަނުގެ އެމްޑީގެ މަގާމަށް އޭރުގެ ރައީސް ވަހީދު ފުރަތަމަ ވެސް އައްޔަންކުރެއްވީ ނިމާލެވެ. އެކަމަކު، މަގާމުގެ ނުފޫޒު ބޭނުންކުރައްވާ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން އޭނާ ވަނީ ޖުލައި 2013 ގައި އެ މަގާމުން ވަކިކޮށްފަ އެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު، ނިމާލް އަނެއްކާވެސް ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވި އެވެ. ފެނަކައިގެ އެމްޑީ ކަމުން ނިމާލް ވަކިކުރިއިރު، އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް މިދިޔަ އަހަރު އަމިއްލަ މީހަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހެޅި އެވެ.
އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ނިމާލް
އެމްޕީއެލްގެ ސީއީއޯއަކަށް ހަލީމް ހަމަޖައްސައިފި
ޝިފާގު ވެސް ލަންކާ އެމްބަސީއަށް
ލަންކާ އެމްބަސީގެ އިސް މަގާމަކަށް ނިމާލް
އެމްއާރުޑީސީގެ އެމްޑީ ހައުސިންގެ އިސް މަގާމަކަށް
އިކޮނޮމިކް މިނިސްޓަރުގެ ނައިބަކަށް މަމްދޫހް
އެމްއާރުޑީސީގެ އެމްޑީ އަކަށް ބޭފުޅަކު އައްޔަންކޮށްފި
އެމްއާރުޑީސީގެ އެމްޑީ ޝަފާއު މަގާމުން ވަކިކޮށްފި
އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އާ ބޭފުޅެއް
ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް ޓޫރިޒަމްގެ ނައިބަކަށް