24 ޖެނުއަރީ 2019
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް ތަޒްމީލް އަބްދުލް ސަމަދު އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ބޯޑަށް މިއަދު ބޭފުޅަކު އައްޔަންކޮށްފި އެވެ.
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް ތަޒްމީލް އަބްދުލް ސަމަދު އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ބޯޑަށް މިއަދު ބޭފުޅަކު އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ކުރި ޓްވީޓުގައި ބުނީ ގއ. ދެއްވަދޫ، ކަރަންކާގޭ ތަޒްމީލް އެމްޓީޑީސީގެ އެމްޑީ ކަމަށް އަދި ހއ. ހޯރަފުށީ، ދަނބުރުއްދޮށުގޭ އަލީ މިދުހަތު ޕީއެސްއެމްގެ ބޯޑަށް ހަމަޖައްސާފައިވާ ކަމަށެވެ.
ޕީއެސްއެމްގެ ބޯޑަށް އައްޔަންކުރި މިދުހަތު.-- ފޮޓޯ: ފޭސްބުކް
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ސްލޮޓެއްގައި އެމްޓީޑީސީގެ އެމްޑީއަކަށް އައްޔަން ކުރެއްވި ތަޒްމީލް ވަނީ، މީގެ ކުރީ ސަރުކާރުގައި ހޯމް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރުކަން ކުރައްވައިފަ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ހިނގައިދިޔަ ކަންތައްތަކުގައި ވެސް އޭނާ ހައްޔަރުކޮށްފައި ވެ އެވެ.
ޕީއެސްއެމްގެ ބޯޑަށް އައްޔަންކުރި މިދުހަތަކީ، ސަން މީޑިއާ ގްރޫޕުން ހިންގި ސަން ޓީވީގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.
އެމްޓީޑީސީގެ އެމްޑީއަކަށް ނިޔާޒް
ޕާޓީތަކަށް ފައިސާ ހޯދޭނެ ލިމިޓެއް އޮންނަންޖެހޭ: އޭސީސީ
ކުދި ޕާޓީތަކަށް ވަޒީރުކަމުގެ ފުރުސަތު ގެއްލޭ އިސްލާހެއް
ފިޝަރީޒްގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ސަސްޕެންޑުކޮށްފި
ހައުސިން އުވާލުން: "ހިލުންގަނޑަކުން" ސަލާމަތްވުންތަ؟
މިނިސްޓަރަކަށް ފާރިސްގެ ނަންދޭން ނުނިންމާ: އެމްއާރުއެމް
ހައުސިން މިނިސްޓަރު އާތިފާ އިސްތިއުފާ ދެއްވައިފި
އިސްތިއުފާ ދިނީ މަސްލަހަތަށް،އިހުމާލެއް ނުވަން: ޝިދާތާ
ޝިދާތާގެ ތަރި އޮއްސެން ގާތް ވެސް ނުވޭ: އިމްރާން
ހޯމް މިނިސްޓްރީގެ ޑިރެކްޓަރަކަށް ހަފްސީ