18 ފެބުރުއަރީ 2019
ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްތިއުފާ ދެއްވި ކުޅިވަރު ނޫސްވެރިޔާ ހަފްސީ އަބްދުﷲ ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް އިއްޔެ އައްޔަން ކުރައްވައިފި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްތިއުފާ ދެއްވި ކުޅިވަރު ނޫސްވެރިޔާ ހަފްސީ އަބްދުﷲ ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް އިއްޔެ އައްޔަން ކުރައްވައިފި އެވެ.
ޓީވީއެމްގައި 13 އަހަރު މަސައްކަތް ކުރައްވާފައިވާ ހަފްސީ އަށް ދެއްވާފައި ވަނީ ސިޔާސީ މަގާމެކެވެ.
ހޯމް މިނިސްޓްރީ މީޑިއާގެ އެންމެ އިސް މަގާމަށް އައްޔަންކުރި ހަފްސީ ޕީއެސްއެމުން އިސްތިއުފާ ދެއްވީ ހަމަހަމަކަމާ އެކު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މާހައުލެއް ޕީއެސްއެމްގައި ނެތް ކަމަށް ބުނެ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އޭގެ ފަހުން އޭނާ ވަނީ އެމްޑީޕީ އަށް ސޮއިކުރައްވައިފަ އެވެ.
Hafsee PSM dhookoh idhikolhu coalition aa gulhijje
The most trusted news source in the Maldives
Mihaaru
ހަފްސީ ޕީއެސްއެމް ދޫކޮށްލުން--
އެ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާ އަށް ވާދަކުރެއްވުމުގެ ޓިކެޓް ހޯއްދަވަން ޕްރައިމަރީގައި ވާދަކުރެއްވި ނަމަވެސް އޭނާ އަށް އެ އިންތިހާބު ކާމިޔާބެއް ނުކުރެއްވުނެވެ.
ރާއްޖޭގައި ތިބި އެންމެ ތަޖުރިބާކާރު ކުޅިވަރު ނޫސްވެރިންގެ ތެރޭގައި ހިމެނޭ ހަފްސީ ވަނީ ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާ އިން ޒުވާނުންގެ ގައުމީ އިނާމު ވެސް ހާސިލްކުރައްވާފަ އެވެ.
އެމްޓީޑީސީގެ އެމްޑީ ކަމަށް ތަޒްމީލް އައްޔަންކޮށްފި
ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުދޭން އޭޖީ އަންގަވައިފި
ހީނާ ވަލީދު ފޮރިން މިނިސްޓްރީގެ ސިޔާސީ މަގާމަކަށް
ޖެންޑަ މިނިސްޓްރީގެ ޝަކީބް ހޯމް މިނިސްޓްރީ އަށް
ސްޓޭޓް މިނިސްޓަރު ފައިރޫޝް ހޯމްލޭންޑަށް ބަދަލުކޮށްފި
ނަސީރު އަނެއްކާވެސް ފިނޭންސްމިނިސްޓަރުގެ އެޑްވައިޒަރަކަށް
ހިންނާ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް
ސްޓޭޓް މިނިސްޓަރުގެ މަގާމުން ޔޫސޭ ވަކިކޮށްފި
ސްޓޭޓް މިނިސްޓަރުގެ މަގާމުން މާނިއު އިސްތިއުފާދެއްވައިފި
ދައުލަތުގެ ހަރަދުތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް!