25 ނޮވެމްބަރ 2019
ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ހިންގާ "އަނދިރި" ދައުލަތަށް ރާއްޖެ ދީލާލަދިޔަ ދީގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ހިންގާ "އަނދިރި" ދައުލަތަށް ރާއްޖެ ދީލާލަދިޔަ ދީގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ށ. މާއުނގޫދު އަށް ބަޔަކު އަރައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ދިދަ ކުރެހި މައްސަލަ އާއި ކުޑަ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވެފައިވާތީ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވައި އީވާ ވިދާޅުވީ ރާއްޖޭގައި ފަހަކަށް އައިސް ހިނގަމުންދާ ކަންކަމަކީ އެއް ފިކުރެއްގެ ބަޔަކު އިންތިޒާމުކޮށްގެން ބިރުވެރިކަން އުފައްދަން ކުރާ ކަންކަން ކަމަށެވެ.
އީވާ ފާހަގަ ކުރެއްވީ މާއުނގޫދު އަށް ބަޔަކު އަރައި، އެ ރަށުގެ އެކި ތަންތަނުގައި އައިއެސްގެ ދިދަ ކުރެހި މައްސަލައިގެ އިތުރުން ލަނޑާ ނަގަން ނުކުތް ދޯނި ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި މީހަކު ޒަހަމްވި މައްސަލަ އާއި އޭނާ ކައިވެނިކޮށްގެން އުޅޭ ކަމަށް ބުނާ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި އަންހެނަކު ހެދުން ލާ ގޮތަކުން އޭނާ މަސައްކަތް ކުރާ "މެރާކީ ކޮފީ ރޯސްޓާސް" އަށް ބަޔަކު ގާ އުކައި ބިއްލޫރިގަނޑު ތަޅާލައި އިންޒާރު ދިން މައްސަލައަށެވެ.
އީވާ ވިދާޅުވީ މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ދާދި ފަހުން ނެރުނު ރިޕޯޓުތައް ކިޔާލުމުން، މި ކަންކަން ވެސް ގުޅިފައިވާ ކަން ހާމަވާ ކަމަށެވެ. އެހެންވެ، ރައްޔިތުން މިއަދު ތިބީ ބިރުވެރިކަމެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަނދިރި ދައުލަތެކޭ ކިޔަނީ ކުޑަ އަންހެން ކުދިންނާ ކައިވެނިކޮށްގެން އުޅޭ ކަމަށް ބުނެ ޖިންސީ ގޯނާ ކުރުމާއި ސްކޫލަށް ނުގެންދިއުމާއި ވެކްސިން ނުދީ ދަރިން ގެންގުޅުމާއި ބައިއަތު ނުހިފައޭ ކިއާފައި މީހުންނަށް އަނިޔާ ދިނުމާއި "ކުއްޖާ އަޅާ ހެދުމާ ބެހުން" ފަދަ ކަންކަމަށެވެ.
"އަޅުގަނޑުމެންގެ އަންހެން ދަރީން އެތިބީ ބަލަން. އަޅުގަނޑުމެންގެ ފިރިހެން ދަރީން އެ ތިބީ ބަލަން. މި ގައުމު ބިނާކޮށްފައި ދޫކޮށްލަނީ މުސްތަގުބަލަށް. މުސްތަގުބަލް ޗާލު ވާނެ، ފަރިވާނެ ގޮތަކަށް ނޫނީ މި ގައުމު ދޫކޮށްލެވިގެން ނުވާނެ،" ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އީވާ ވިދާޅުވި އެވެ.
ސީރިއާގައި އައިއެސް ބަލި ކުރެވުނީމަ، އެ މީހުންގެ ހަނގުރާމަވެރިން "ބޯހިއްލަނީ" އޭޝިއާގެ ގައުމުތަކަށް ވެސް ކަމަށް ވެސް އީވާ ވިދާޅުވި އެވެ.
"ދިވެހި ގައުމު މިއޮތީ ހަނގުރާމައިގެ ތުންފަތްމަތީގައި އެކަން ދިވެހި ރައްޔިތުންނަށް އޮޅިގެން ނުވާނެ،" ރާއްޖެ އޮތް ބިރުވެރިކަން ސިފަކުރައްވައި އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލިހުން ޓެރަރިޒަމްގެ ގާނޫނެއް ފާސް ކުރީ މިފަދަ އަމަލުތައް ހިންގާ މީހުންނާ މެދުގައި ފިޔަވަޅު އަޅަން ކަމަށެވެ. އެހެންވެ، 13 އަހަރުގެ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ޝާމިލްވާ އެންމެންނަށް ހަރުކަށި އަދަބު ދިނުމަށް އީވާ ގޮވާލެއްވި އެވެ. އަދި މި ފަހުން ހިނގި މައްސަލަތަކުގައި ބައިވެރިވާ މީހުން ހައްޔަރު ކުރަން އީވާ ގޮވާލެއްވި އެވެ.
ހަރުކަށި ފިކުރުގެ މީހުންގެ އަތް ބަންނަންޖެހޭ: ހުސެއިން
މެމްބަރުންގެ ރުޅިގަނޑު ހަރުކަށި މީހުންނަށް!
ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ނުހިފާތީ ނަޝީދުގެ ނުރުހުން
ޓެރަރިޒަމްގެ ބިލް ކޮމިޓީން ދިރާސާކުރަނީ ސިއްރުކޮށްގެން
48 ގަޑިއިރު ބަންދުގައި ބަހައްޓަން ކަމަކު ނުދިޔަ
ގާނޫނު ބޭނުންކޮށްގެން ބޭނުން އެއްޗެއް ނަހަދާނެ: ޣަފޫރު
ހަރުކަށި ފިކުރާ ގުޅެނީ މުޖުރިމުން: އާދަމް ޝަރީފް
ހަރުކަށިކަން ހުއްޓުވަން ކުއްލި ހާލަތު އިއުލާންކުރަންޖެހޭ
ފުލުހުންނަށް ބާރުތަކެއް ދީ ޓެރަރިޒަމްގެ ބިލް ފާސްކޮށްފި
ޝަރީފާއި އަފީފްގެ ނަޒަރުން، ޓެރަރިޒަމްގެ ބިލް