Roadha Mihaaru
ކިޔަވާ ކުދިންގެ ސާމާނު ގަންނަންވީ ސޮނީ ސްޕޯޓްސް އިން

ކިޔަވާ ކުދިންގެ ސާމާނު ގަންނަންވީ ސޮނީ ސްޕޯޓްސް އިން

22 ނޮވެމްބަރ 2019

މި އަހަރަށް ސްކޫލްތަކުގެ ކިޔެވުން ނިމި، ދެން އޮތީ އަންނަ އަހަރަށް ތައްޔާރު ވުމެވެ. ދިރާސީ އާ އަހަރަށް ސްކޫލަށް ދިއުމަށްޓަކައި ބޭނުންވާ ސާމާނު ގަތުމެވެ. ހުރިހާ އެންމެން ވެސް މިހާރު ބޭނުންވަނީ އެންމެ ފަހުގެ ފެންވަރު އަދި ޒަމާނީ ތަކެއްޗެވެ. އެ ހުރިހާ ތަކެތި ސޮނީ ސްޕޯޓްސް އިން މިހާރު ލިބެން އެބަހުއްޓެވެ.

ގިނަ ބަޔަކަށް ސޮނީ ސްޕޯޓްސް އޭ ބުނުމުން ދޭހަވާނީ ކުޅިވަރުގެ ސާމާނުތައް ވިއްްކާ ފިހާރައެއްގެ ގޮތުގަ އެވެ. އެކަމަކު، އާ އަހަރުގެ ކިޔެވުން ފެއްޓުމުގެ ކުރިން ސްކޫލަށް ބޭނުންވާ ތަފާތު އެހެން ތަކެތި ވެސް ސޮނީ ސްޕޯޓްސް އިން ވިއްކަ އެވެ.

"ބެކް ޓު ސްކޫލް" ގެ ނަމުގައި ސޮނީ ސްޕޯޓްސް އިން ފަށާފައިވާ ކެމްޕޭނުގެ ތެރެއިން، ކިޔަވާ ކުދިންނަށް ބޭނުންވާ ދަބަހާއި އެކްޓިވިޓީ ބޫޓާއި ޕެންސިލް ކޭހާއި ސްކޫލް ބޫޓާއި ލަންޗް ބޮކްސް އަދި ފެންފުޅި ލިބެން ހުންނާނެ އެވެ. މި ހުރިހާ ތަކެއްޗަކީ ވެސް ފެންވަރު ރަނގަޅު ބްރޭންޑު ތަކުގެ އުފެއްދުންތަކެވެ.

ހުރިހާ ބެލެނިވެރިން ވެސް އެންމެ ބޮޑަށް ބޭނުންވާނީ ގިނަ ދުވަހު ގެންގުޅެވޭ މޮޅު އުފެއްދުންތައް އެ މީހުންގެ ކުދިންނަށް ދިނުމެވެ. ނަމަވެސް އެފަދަ ތަކެތި ނުލިބުމަކީ އެތައް ބައެއްގެ ޝަކުވާ އެކެވެ.

އެކަމަކު، ސޮނީ ސްޕޯޓްސް އިން ވިޔަފާރި ކޮށްގެން މި ޝަކުވާ އެއްވެސް ބެލެނިވެރިއަކު ކުރާނެ ޖާގައެއް މިހާރަކު ނެތެވެ. އެއީ އެ ފިހާރައިން ލިބެން ހުންނަ ހުރިހާ ތަކެއްޗަކީ ވެސް ގިނަ ދުވަހު ބޭނުން ކުރެވޭ ތަކެއްޗަށް ވުމެވެ. އެގޮތުން، ސޮނީ ސްޕޯޓްސް އިން ވިއްކާ ދަބަހަކީ އެއް އަހަރު ވަންދެން ގެންގުޅެވޭ މޮޅު ދަބަހެކެވެ.

ބެލެނުވެރިން ދެން އެންމެ ގިނައިން ކުރާ ޝަކުވާ އަކީ ސްކޫލް ބޫޓާއި ދަބަސް ހަލާކުވުމުން އަލުން އެ ގަންނަން ޖެހުމުން އިތުރު ހަރަދު ކުރަން ޖެހޭތީ އެވެ. މި ކަމަށް ވެސް ސޮނީ ސްޕޯޓްސް އިން މިވަނީ ހައްލެއް ހޯދަ ދީފަ އެވެ.

ސޮނީ ސްޕޯޓްސް ގެ “ބެކް ޓު ސްކޫލް” ކެމްޕޭންގެ ތެރެއިން ގަންނަ ހުރިހާ ސްކޫލް ބޫޓަކާއި އެކްޓިވިޓީ ބޫޓު އަދި ސްކޫލް ދަބަހަށް އެއް އަހަރުގެ ވޮރަންޓީ ލިބޭނެ އެވެ. މި މުއްދަތުގެ ތެރޭގައި ދަބަހަށް ނުވަތަ ބޫޓަށް ގެއްލުމެއް ލިބިއްޖެ ނަމަ ސޮނީ ސްޕޯޓްސް އިން ކަވަރު ކުރާނެ އެވެ.