Roadha Mihaaru
އިމާރާތެއްގެ މަތިން ކުއްޖަކު ވެއްޓި ޒަހަމްވެއްޖެ

އިމާރާތެއްގެ މަތިން ކުއްޖަކު ވެއްޓި ޒަހަމްވެއްޖެ

20 ނޮވެމްބަރ 2019

ހެންވޭރު ގެއެއްގެ ހަތަރު ވަނަ ބުރިން ވެއްޓި ކުޑަކުއްޖަކު މިއަދު ޒަހަމްވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހެންވޭރު ގެއެއްގެ ހަތަރު ވަނަ ބުރިން ވެއްޓި ކުޑަކުއްޖަކު މިއަދު ޒަހަމްވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަަލަކު ވިދާޅުވީ ވައިޖެހޭމަގުގައި ހުރި ގެއަކުން ކުއްޖަކު ވެއްޓިގެން 2:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެ ހާދިސާގައި ޒަހަމްވި ކުއްޖާގެ އުމުރެއް އަދި ނޭނގެ އެވެ. އަދި ކުއްޖާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ވެސް އަދި ނުލިބެ އެވެ.

"މި މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.