Roadha Mihaaru
"ފިޔަވަތި" މަރާމާތު ކުރަން އިންޑިއާ އިން އެހީ ދީފި

"ފިޔަވަތި" މަރާމާތު ކުރުން އިންޑިއާގެ އެހީގައި

20 ނޮވެމްބަރ 2019

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބޭތިއްބުމަށް ހުޅުމާލޭގައި ހަދާފައިވާ "ފިޔަވަތި" އިމާރާތުގެ މަރާމާތަށް އިންޑިއާ ސަރުކާރުން 1.9 މިލިއަން ރުފިޔާ މިއަދު ދީފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބޭތިއްބުމަށް ހުޅުމާލޭގައި ހަދާފައިވާ "ފިޔަވަތި" އިމާރާތުގެ މަރާމާތަށް އިންޑިއާ ސަރުކާރުން 1.9 މިލިއަން ރުފިޔާ މިއަދު ދީފި އެވެ.

މިއީ އިޖުތިމާއީ އަދި އިގްތިސާދީ މަޝްރޫއުތަކަށް އެ ގައުމުން ރާއްޖެ އަށް ދީފައިވާ ހިލޭ އެހީގެ ތެރެއިން މި ކަމަށް ކަނޑައެޅި ފައިސާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ފައިސާގެ އެހީގައި، ފިޔަވަތި އިމާރާތުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމާއި ފަރުނީޗަރު އާ ކުރާނެ އެވެ. އަދި އެތަނުގައި ދިރިއުޅޭ ކުދިންގެ އާންމު ބޭނުންތަކަށް ކަނޑައަޅާފައިވާ ޖާގަަ ވެސް އިތުރުކުރާނެ ފޮރިން މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، "ފިޔަވަތި" އިމާރާތުގެ މަރާމާތަށް ފަހު، އެއީ ކުޑަކުދިން ގަޔާވާ، ހިތްފަސޭހަ ތަނަކަށް ވާނެ އެވެ.

"ފިޔަވަތި" ގެ މަރާމާތަށް އިންޑިއާ އިން ކަނޑައެޅި ފައިސާ އަކީ މިދިޔަ މާޗު މަހު އެ ގައުމުގެ އޭރުގެ ފޮރިން މިނިސްޓަރު ޝުޝްމާ ސްވަރާޖް ރާއްޖެ އަށް ކުރެއްވި ދަތުރުގައި އެއްބަސްވި ހިލޭ އެހީގެ ތެރެއިން ބައެކެވެ.