Roadha Mihaaru
"ޑަބްލިއުޓީ: ސޯޝަލް" ބޮލަށް ފަސޭހަ ސޯޝަލް ނެޓްވޯކެއް

"ޑަބްލިއުޓީ: ސޯޝަލް" ބޮލަށް ފަސޭހަ ސޯޝަލް ނެޓްވޯކެއް

21 ނޮވެމްބަރ 2019

ފޭސްބުކާއި ޓްވިޓާ ކަހަލަ ފްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެ މީހުންގެ ޒާތީ މައުލޫމާތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ފޭކް ނިއުސް ނުވަތަ ތެދު ނޫން މައުލޫމާތުގެ ތެރެއަށް މީހާ ގަންބާލުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފޭސްބުކާއި ޓްވިޓާ ކަހަލަ ފްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެ މީހުންގެ ޒާތީ މައުލޫމާތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ފޭކް ނިއުސް ނުވަތަ ތެދު ނޫން މައުލޫމާތުގެ ތެރެއަށް މީހާ ގަންބާލުމެވެ.

މި ކަންބޮޑުވުންވުންތަކުން ސަލާމަތެއްކޮށްދޭނެ ޕްލެޓްފޯމެއްގެ ގޮތުގައި ދައުވާކުރަމުން މިހާރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވަނީ ވިކިޕީޑިއާގެ ބާނީ ޖިމީ ވޭލްސް ތައާރަފުކުރި ޑަބްލިއުޓީ:ސޯޝަލް ނުވަތަ ވިކިޓްރިއުނަލް އެވެ.

ވިކިޓްރިބިއުނަލް ލޯންޗްކުރީ މީގެ ދެ އަހަރު ކުރިން 2017 ގައި ކަމަށް ވިޔަސް މި ޕްލެޓްފްލެޓް، ސޯޝަލް ޕްލެޓްފޯމެއްގެ ގޮތުގައި ދޫކޮށްލީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ 200،000 ފަހަނަޅައިފަ އެވެ.

ޑަބްލިއުޓީ: ސޯޝަލް އަށް ހިލޭ ރަޖިސްޓްރީކޮށްލައި، ބޭނުންކުރެވޭނެ އެވެ. މީގެ އެންމެ ހާއްސަ އެއް ސިފަ އަކީ ސޯޝަލް މީޑިއާގެ ތެރޭގައި އެނބުރޭ ތެދު ނޫން މައުލޫމާތުތައް އިސްލާހުކޮށް، ސީދާ ވިކިޕީޑިއާ އަށް ވޮލަންޓިއާކޮށް މައުލޫމާތު ހިއްސާކުރެވުމެވެ. އެގޮތުން އެ މީހަކު ޝައުގުވެރިވާ ދާއިރާއަކުން މައުލޫމާތުތައް ހިއްސާކުރެވި، ވިކިޕީޑިއާ ކޮންޓެންޓް އިތުރަށް މުއްސަނދިކޮށްދެވޭނެ އެވެ.

މި ޕްލެޓްފޯމަކީ ފޭސްބުކްގެ ގޮތަށް ނިއުސް ފީޑްތައް ލިބޭނެ އެއްޗެކެވެ. އެކަމަކު މިއީ ފޭސްބުކާއި ޓްވިޓާ އަށް ވުރެ ހުރިހާ ގޮތަކުން ވެސް ރައްކާތެރި ޕްލެޓްފޯމަކަށްވާނެ ކަމުގެ ގެރެންޓީ ޖިމީ ދެ އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު ބޭނުންކުރާ އެއްޗަކަށް ޑަބްލިއުޓީ:ސޯޝަލް ވެފައި ވާތީ ޖިމީ ވަނީ އެއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މި ޕްލެޓްފޯމް ކުރިއަށް އޮތް ތަނުގައި ވެގެންދާނީ ފޭސްބުކާއި ޓްވިޓާ އަށް ވުރެ މަގުބޫލު އަދު ވާދަވެރިކަން ބޮޑު އެއްޗަކަށެވެ.

މިހާރު ވެސް މި ޕްލެޓްފޯމް ބޭނުންކުރާ މީހުން އަންނަނީ ޖިމީގެ މަސައްކަތަށް ތައުރީފުކުރަމުންނެވެ.

ޑަބްލިއުޓީ: ސޯޝަލް އަދި ބޭނުން ކުރަން ނުފަށާ ނަމަ އަވަހަށް ރަޖިސްޓްރީކޮށްލައި މީގައި ހުރި ތަފާތު ތަޖުރިބާކޮށްލުމަކީ ހަމަ ވަރަށް ރަނގަޅު ކަމަކަށް ވާނެ އެވެ.