04 ޖުލައި 2023
ފޭސްބުކްގެ ބެލެނިވެރި ކުންފުނި "މެޓަ" އިން ޓްވިޓާއާ ވާދައަށް "ތްރެޑްސް" ގެ ނަމުގައި ހެދި ސޯޝަލް މީޑިއާ ޕްލެޓްފޯމް ބުރާސްފަތި ދުވަހު ލޯންޗުކުރަން ނިންމައިފި އެވެ.
ފޭސްބުކްގެ ބެލެނިވެރި ކުންފުނި "މެޓަ" އިން ޓްވިޓާއާ ވާދައަށް "ތްރެޑްސް" ގެ ނަމުގައި ހެދި ސޯޝަލް މީޑިއާ ޕްލެޓްފޯމް ބުރާސްފަތި ދުވަހު ލޯންޗުކުރަން ނިންމައިފި އެވެ.
މިހާރު އެޕަލް އެޕް ސްޓޯރުން ޕްރީއޯޑާކުރެވޭ ގޮތަށް ދޫކޮށްފައިވާ ތްރެޑްސް އަކީ އިންސްޓަގްރާމާ ލިންކުވާ އެޕެކެވެ.
މި އެޕުން އާންމުކޮށްފައިވާ ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި އެޕްގެ ޑޭޝްބޯޑް ޓްވިޓާއާ ވަރަށް އެއްގޮތެވެ. މެޓައިން ބުނީ މިއީ މުއާސަލާތުކުރުމަށް ބޭނުންކުރާ "ޓެކްސްޓް ބޭސްޑް" އެޕެކެވެ.
މެޓަގެ ވެރިޔާ މާކް ޒަކަބާގާއި ޓްވިޓާގެ ވެރިޔާ އީލޮން މަސްކްގެ މި ފަހުން ފެށުނު ވާދަވެރިކަމުގެ އަސްލަކީ މި އެޕެވެ. މިދިޔަ މަހު މި ދެ މީހުން ވަނީ "ކޭޖް ފައިޓް" އަކަށް އެއްބަސްވެ އެކަން އިއުލާނު ވެސް ކޮށްފަ އެވެ. އެކަމަކު މިއީ އެ މީހުން ސީރިއަސްކޮށް ދެއްވި ވާހަކައެއް ކަމެއް ނޭނގެ އެވެ.
ވާދަވެރި ސޯޝަލް ނެޓްވޯކެއް ނެރެން ތައްޔާރުވާއިރު ޓްވިޓާއިން ވަނީ، އެ މީހުންގެ "ޓްވީޓްޑެކް" އަކީ ފައިސާ ދައްކައިގެން ނޫނީ ބޭނުން ނުކުރެވޭ އެއްޗަކަށް ހަދަން ނިންމައި އެކަމަށް 30 ދުވަސް ދީފަ އެވެ. އެހެންވެ މި ސާވިސް އޭގެ ފަހުން ބޭނުންކުރެވޭނީ ޓްވިޓާ ބްލޫއަށް ސަބްސްކްރައިބް ކޮށްފައި ތިބޭ މީހުންނަށް އެކަންޏެވެ.
އޭގެ ކުރިން ޓްވިޓާއިން ވަނީ ޓްވިޓާ ބްލޫއަށް ސަބްސްކްރައިބް ނުކުރާ މީހުންނަށް ފެންނަ ޓްވީޓްތަކުގެ އަދަދު ވެސް ލިމިޓްކޮށްފަ އެވެ.
ޓްވިޓާއިން އޭގެ އެކި ހިދުމަތްތަކަށް ފައިސާ ދައްކަންޖެހޭ ގޮތް ހަދަމުން ދިޔަޔަސް، މެޓައިން ލޯންޗުކުރާ "ތްރެޑްސް" އަކީ މުޅިން ހިލޭ ބޭނުންކުރެވޭ އެއްޗެއް ކަމަށް ބެލެވެ އެވެ.
ކޮރޯނާވައިރަހާ ގުޅޭ ދޮގު މައުލޫމާތާ ދެކޮޅަށް ޓްވިޓާ
ފާއިތުވި 10 އަހަރު އެންމެ ގިނަ ޑައުންލޯޑް ފޭސްބުކަށް
"ޑަބްލިއުޓީ: ސޯޝަލް" ބޮލަށް ފަސޭހަ ސޯޝަލް ނެޓްވޯކެއް
އެފްބީ އާއި ޓްވިޓާގެ މަގުބޫލުކަން ދަނީ ދަށަށް: ދިރާސާ
ސޯޝަލް މީޑިއާގައި ގިނައީ ނުކިޔާ ޝެއާކުރާ ލިންކުތައް
މެޓައިން ޓްވިޓާއާ ވާދަކުރާތީ "ކޮޕީ ކެޓް" ގޮވައިފި
ކެމްޕޭނަށް ފޭސްބުކްއަށް ވައްދަން ޓްރަމްޕް އެދިއްްޖެ
އީލޮން މަސްކް ޓްވިޓާ ނުގަންނަން ނިންމައިފި
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ އަދަދު ދެ ބިލިއަނަށް