18 ޖޫން 2016
ސަމާސާ ޚަބަރު ނުވަތަ ހަގީގަތެއް ނެތް ވާހަކަތައް ޚަބަރުގެ ގޮތުގައި ގެނެސްގެން ޖޯކު ޖަހާ ވެބްސައިޓެއް ކަމަށްވާ "ސައިންސް ޕޯސްޓް" ގައި މި މަހުގެ ހަތަރު ވަނަ ދުވަހު ޖެހި ސުރުހީއެއްގައި ބުނެފައި ވަނީ ފޭސްބުކް ބޭނުންކުރާ މީހުންގެ ތެރެއިން 70 ޕަސެންޓް މީހުންނަކީ ސައިންސްގެ ޚަބަރުތަކުގެ ސުރުހީ އެކަނި ކިޔާ މީހުން ކަމަށެވެ. ޚަބަރުތަކަށް ކޮމެންޓް ކުރަނީ ޚަބަރު ނުކިޔައި ހަމައެކަނި ސުރުހީ އަށް ބަލާފައި ކަމަށް އެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫންތާ އެވެ. އެކަމަކު އެ ޕޯސްޓް ފޭސްބުކްގައި 46000 އަށް ވުރެ ގިނަފަހަރު ޝެއާކޮށްފައިވެ އެވެ. އެކަމަކު ޖޯކަކަށް ހަދާފައި ޖެހި އެ ޚަބަރު އެއީ ހަގީގަތަކަށް ވެއްޖެ އެވެ.
ކޮލަމްބިއާ ޔުނިވަސިޓީގެ ކޮމްޕިއުޓާ ސައިންޓިސްޓުންނާއި ފްރެންޗް ނެޝަނަލް އިންސްޓްޓިއުޓުން ކުރި އާ ދިރާސާއަކަށް ފަހު ބުނެފައި ވަނީ ސޯޝަލް މީޑިއާގައި ޝެއާކުރާ ލިންކުތަކުގެ ތެރެއިން 59 ޕަސެންޓް ލިންކަކީ ކްލިކް ނުކުރާ ނުވަތަ އެ ލިންކު ހުޅުވައިގެން ބެލުމެއް ނެތި ޝެއާކޮށްފައި ހުންނަ އެއްޗެހި ކަމަށެވެ. މާނަ އަކީ ސޯޝަލް މީޑިއާގައި ޚަބަރެއް ޝެއާކުރާއިރު ގިނަ މީހުން ބަލަނީ ހަމައެކަނި ސުރުހީއަށް ކަމެވެ.
މި ދިރާސާގައި ބުނެފައި ވަނީ މިގޮތަށް ވިސްނުމެއް ނެތި، ވާނުވާ ވެސް ބަލައިނުލާ ޝެއާކުރާ ލިންކުތައް މިހާރު ވެފައި ވަނީ އިޖުތިމާއީ އަދި ސިޔާސީ މަސްރަހު ބައްޓަންކުރާ އެއްޗަކަށް ކަމަށެވެ.
"ޚަބަރެެއް ކިޔަން ބޭނުންވާ މީހުންނަށް ވުރެ ގިނައީ އެ ޚަބަރެއް ފަތުރަން ބޭނުންވާ މީހުން،" ދިރާސާއާ ބެހޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ކަންކަމާ މެދު މިހާރުގެ މުޖުތަމައުގައި މީހުން ގޮތް ކަނޑައަޅަނީ އެކަމެއްގެ ޚުލާސާއަށް ބަލައިގެން ކަމަށާއި މައްސަލައިގެ ތެރެއަށް އެހާ ބޮޑަށް ވަންނަން ބޭނުން ނުވާ ކަމަށެވެ.
ޓްވިޓާގެ ވާދަވެރި "ތްރެޑްސް" ލޯންޗުކުރަނީ
ކޮރޯނާވައިރަހާ ގުޅޭ ދޮގު މައުލޫމާތާ ދެކޮޅަށް ޓްވިޓާ
ފާއިތުވި 10 އަހަރު އެންމެ ގިނަ ޑައުންލޯޑް ފޭސްބުކަށް
"ޑަބްލިއުޓީ: ސޯޝަލް" ބޮލަށް ފަސޭހަ ސޯޝަލް ނެޓްވޯކެއް
އެފްބީ އާއި ޓްވިޓާގެ މަގުބޫލުކަން ދަނީ ދަށަށް: ދިރާސާ
މެޓައިން ޓްވިޓާއާ ވާދަކުރާތީ "ކޮޕީ ކެޓް" ގޮވައިފި
ކެމްޕޭނަށް ފޭސްބުކްއަށް ވައްދަން ޓްރަމްޕް އެދިއްްޖެ
އީލޮން މަސްކް ޓްވިޓާ ނުގަންނަން ނިންމައިފި
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ އަދަދު ދެ ބިލިއަނަށް