19 ނޮވެމްބަރ 2019
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓްގެ ބަހުސް މިއަދު ނިންމާލައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓްގެ ބަހުސް މިއަދު ނިންމާލައިފި އެވެ.
މިހާރު ކުރިއަށް ގެންދާ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ބަޖެޓް ބަހުސް ނިމުނުއިރު 76 މެމްބަރަކު އެ އަށް ވާހަކަ ދެއްކެވި ކަމަށެވެ. މަޖިލީހުގެ ޖުމުލަ އަދަދަކީ 87 މެމްބަރުންނެވެ. އޭގެ ތެރެއިން ދެ މެމްބަރުން ތިއްބެވީ ރަސްމީ ދަތުރެއް ގައި ރާއްޖޭން ބޭރުގަ އެވެ. މަޖިލީހުގެ ރިޔާސަތުގައި ނަޝީދު އިންނަވާތީ އެ ބަހުސްގައި އެމަނިކުފާނު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
އެހެންވެ، ބަޖެޓް ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވަނީ ހަތް މެމްބަރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ބަޖެޓު ބަހުސް ނިމުނުއިރު ބަހުސަށް 16 ގަޑިއިރާއި 50 މިނިޓް ހޭދަވި އެވެ. އެ ބަހުސްގައި މެމްބަރުން ދެއްކެވި ވާހަކަތަކުގެ ޔައުމިއްޔާ ބަޖެޓް ކޮމިޓީއާ މިއަދު ހިއްސާ ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ކުރިން ވިދާޅުވެފައި ވަނީ ބަޖެޓަށް ބަހުސް ކުރުމުގެ ފުރުސަތު ގެއްލެން ބޭނުންފުޅު ނުވާތީ، މެމްބަރުން ގޭގައި ތިއްބެވިޔަސް، ބަހުސަށް މަޖިލިހަށް ގެންނަވާނެ ކަމަށެވެ.
ބަޖެޓް ދިރާސާ ކުރުމަށް އެކުލަވާލާފައިވާ ކޮމިޓީން މިހާތަނަށް 16 ބައްދަލުވުމެއް ބޭއްވެވިއިރު 19 ގަޑިއިރާއި 37 މިނެޓް މަސައްކަތް ކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކޮމިޓީގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން ބަޖެޓް ފާސްކުރަން ޖެހޭ ކަމަށް ގަވައިދު ބުނެ އެވެ. ނަޝީދު ވިދާޅުވިގޮތުގައި އަންނަ މަހު ކުރީކޮޅު މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން ބަޖެޓް ފާސްކުރެވޭނެ އެވެ.
- ޖުމްލަ ބަޖެޓް: 37.5 ބިލިއަން ރުފިޔާ - އާމްދަނީ: 29.9 ބިލިއަން ރުފިޔާ - ޑެފިސިޓް: 5.7 ބިލިއަން ރުފިޔާ - ޖުމްލަ ހަރަދު: 35.6 ބިލިއަން ރުފިޔާ
އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ ބަހާލައިފައި ވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ޓެކްސްގެ ގޮތުގަ އެވެ. އެއީ އާމްދަނީގެ 48 ޕަސެންޓް ނުވަތަ 17.8 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭ 6.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ 5.2 ބިލިއަން ރުފިޔާ އެވެ.
މަޖިލިހުން ބަޖެޓް ބޮޑު ކުރުމާ ނަޝީދު ދެކޮޅު
ގޭގައި ތިއްބަސް ބަޖެޓު ބަހުސަށް ގެންނާނަން: ނަޝީދު
ބަޖެޓް ހުށަހެޅުނު ކަމާ މެދު ބަހުސެއް އެބައޮތްތަ؟
ޖަލްސާ ފެށިޔަ ނުދީ އިހުތިޖާޖު ކުރަނީ!
ނަޝީދުގެ މައްސަލައިގެ ބަދަލުގައި ދެ ބަޖެޓް ހުށަހެޅުން
ބަޖެޓަށް ވޯޓަށް އެހުން ހޯމަ ދުވަހު
ދެ ބާރުގެ ވެރިންގެ ރަސްމީ ގެކޮޅު ހަރަދަށް 12މިލިއަން
ބަޖެޓު ކަމުނުދަނީ ވެރިކަން ވައްޓާލަން އުޅޭ މީހުންނަށް
ބަޖެޓަކީ ޅޮސް ލަކުޑި ކަމަށް ނަޝީދު ސިފަކުރައްވައިފި
ބޮޑެތި މަޝްރޫއުތަކަށް ފައިސާ ހުރީ ހަމަޖެހިފައި: އަމީރު