ސަރުކާރުން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓު ބޮޑު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
03 ޑިސެމްބަރ 2019
ސަރުކާރުން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓު ބޮޑު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުގެ ސާފު އަޣުލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު، އެ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކޮށް، ޖުމްލަ 37.8 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީ ގުޅިގެން އުފެއްދި ބަޖެޓު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
ބަޖެޓު ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރުން މިއަދު ފެށުމުގެ ކުރިން، މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ކޮމިޓީ މަރުހަލާގައި ބަޖެޓު ދިރާސާ ކުރިއިރު، އޮފީސްތަކުގެ ބަޖެޓަށް 96 މިލިއަން ރުފިޔާ އާއި ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން މަޝްރޫއުތައް ހިންގަން 270 މިލިއަން ރުފިޔާ އިތުރު ކޮށްފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ބަޖެޓުގައި ޑެފިސިޓްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަމުގެ ނިސްބަތުން 5.8 ޕަސަންޓެވެ. ނަމަވެސް، ބަޖެޓު ކޮމިޓީން ގެނައި ބަދަލުގެ ސަބަބުން ޑެފިސިޓު 6.2 ޕަސަންޓަށް އިތުރުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ބަޖެޓު މި ހުށަހަޅަނީ މި މަޖިލިހުގެ މެޖޯރިޓީ ޕާޓީގެ ފަރާތުން. އެ ހުށަހެޅުމަށް މިފަދަ ބޮޑު ބަދަލެއް އަޅުގަނޑު ދެކޭ ގޮތުގައި ބަޖެޓު 5.8 ގެ ޑިފިސިޓަކުން 6.2 ޕަސަންޓަށް ބަދަލުވުމަކީ ވަރަށް ބޮޑު އަދަދެއް. ހާއްސަކޮށް ހަރަދަށް ބަދަލު ގެނެވިފައިވާ އިރު، އަންދާޒާ އާމްދަނީ އަށް ބަދަލު ގެނެވިފައި ނެތް. އެކަމަކު، އަޅުގަނޑުމެންނަށް އެނގޭ އަންދާޒާ އާމްދަނީ އަށް ބަދަލު އަންނާނެ ކަން،" ނަޝީދު ވިދާޅުވި އެވެ.
"ހަގީގަތުގައި ބަޖެޓުގެ ޖުމްލަ އަދަދަށް ބަދަލު އައިސްގެން ނުވާނެ."
ނަޝީދު ވިދާޅުވި ގޮތުގައި، ބަޖެޓު ކޮމިޓީން ބަދަލު ގެނެސްފައި ވަނީ ހަމައެކަނި ހަރަދަށެވެ. އަންދާޒީ އާމްދަނީ އިތުރުވާނެ ކަމެއް ހިމަނާފައި ނުވުމަކީ ވެސް މެންބަރުން ވިސްނަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލިބޭނެ ކަމަށް ލަފާ ކޮށްފައިވާ އާމްދަނީގެ ގޮތުގައި ސަރުކާރުން ތައާރަފު ކުރަން ނިންމާފައިވާ އާމްދަނީން ނަގާ ޓެކްސް ތަންފީޒު ކުރުމަށް ދުވަސްތަކެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ފެންނަ ފެނުމަށް އިންކަމް ޓެކްސް ނެގުމުގެ ކަންކަމަށް އަހަރުގެ ތިން މަހެއްހާ ދުވަސް ގެއްލި ހިނގައިދާނެ،" ރާއްޖެ އަށް ޓެކްސްގެ ނިޒާމު ތައާރަފް ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
ބަޖެޓު ފާސްކޮށް އަންނަ އަހަރުގެ ޖެނުއަރީ މަހު ބަޖެޓުގައި ހުރި ކަންކަން ތަންފީޒުވާން ފެށުމުން، ރައްޔިތުން ބޭނުންވާ ދުވެލީގައި ތަރައްގީ ފެންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުން ވަނީ ވަޒީފާގެ ފުރުސަތު އިތުރުކޮށް އިގްތިސާދީ ހަރަކާތް ހިންގުމަށެވެ.
އަދޮ ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ބަޖެޓުގެ ހުރިހާ ކަމެއް މަޖިލިހުން ނިންމާނެ ކަމަށެވެ.
ގޭގައި ތިއްބަސް ބަޖެޓު ބަހުސަށް ގެންނާނަން: ނަޝީދު
ބަޖެޓް ބަހުސް މާދަމާ މަޖިލިހުގައި ފަށަނީ
މިއީ ގަދަރުވެރި ދިރިއުޅުމެއް ހޯދައިދޭނެ ބަޖެޓެއް: އަމީރު
ބަޖެޓު ހުށަހެޅުމުގެ ޖަލްސާ މާދާމާ ބާއްވަނީ
ބަޖެޓަށް ވޯޓަށް އެހުން ހޯމަ ދުވަހު
ސަރުކާރުގެ ހުށަހެޅުމާ މެދު ބަލާނީ އާ ބަޖެޓެއް ގޮތަށް
ބަޖެޓު ފާސް ކުރަން ޖާބިރު ވޯޓެއް ނުދެއްވި!
ބަޖެޓް ބަހުސް ނިމިއްޖެ
މިއީ ރާއްޖެ ކަފުން ކުރަން ތައްޔާރުކުރި ބަޖެޓެއް:ޝިޔާމް
ބޮޑު ހިޔާނާތް ހަ ބިލިއަން ރުފިޔާއަށް އަރާނެ: އިލްޔާސް