ކަރަންޓު ޔުނިޓަކުން ހަތަރު ލާރި ފިއުލް ސާޗާޖުގެ ގޮތުގައި މިމަހުން ފެށިގެން ނަގަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ނިންމައިފި އެވެ.
28 ސެޕްޓެމްބަރ 2016
ކަރަންޓު ޔުނިޓަކުން ހަތަރު ލާރި ފިއުލް ސާޗާޖުގެ ގޮތުގައި މިމަހުން ފެށިގެން ނަގަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ނިންމައިފި އެވެ.
މިއީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކަރަންޓުގެ އަގަށް ބަދަލު ގެނައި ފަހުން ފިއުލް ސާޗާޖު ކަރަންޓް ބިލުގައި ހިމަނާ ފުރަތަމަ ފަހަރެވެ. މި ޗާޖު ހިމަނަން ފަށާނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ.
ކަރަންޓުގެ ހިދުމަތް ދޭ ސަރުކާރުންގެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު ވަނީ 8.12ރ. އަށް ބޮޑުވެފަ އެވެ.
ސްޓެލްކޯއަށް ޑީސަލް ގަންނަން ލިބޭ އަގު ލީޓަރެއް 8ރ. އަށް ވުރެ ބޮޑުވާނަމަ އިތުރުވާ ކޮންމެ 10 ލާރިއަކަށް ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމުގެ ހުއްދަ މޯލްޑިވްސް އެނާޖީ އޮތޯރިޓީން ވަނީ ދީފަ އެވެ.
STELCO .::. Fuel Surcharge
State Electric Company Limited
ސްޓެލްކޯއިން ގަންނަ ތެލުގެ އަގަށް އަންނަ ބަދަލުގެ ތަފުސީލްތައް.
އެ ކުންފުންޏަށް މިއަހަރުގެ ފެބްރުއަރީ މަހު ޑީސަލް ލީޓަރެއް ގަންނަން ލިބުނީ 7.05ރ. އަށެވެ. އެކަމަކު އެޕްރީލް މަހު މި އަގު ވަނީ 7.50ރ. އަށް ބޮޑުވެފަ އެވެ. އަދި އޭގެ ފަހުން ޖޫން މަހު ތެޔޮ ލީޓަރެއްގެ އަގު 7.97ރ. އަށް ބޮޑުވެފައިވެ އެވެ.
މި އުސޫލުން ފިއުލް ސާޗާޖް ނަގާ ނަމަ، މިހާރު 1،000ރ. އަރާ ބިލަކަށް ގާތްގަނޑަކަށް 33ރ. އިތުރުވާނެ އެވެ.
މިދިޔަ ޖެނުއަރީ މަހު އާއްމުން ބޭނުންކުރާ ކަރަންޓްގެ އަގުތަކަށް ގެނައި ބަދަލާ ގުޅިގެން ކަރަންޓް ބިލުގެ ބޮޑުވާ ކަމުގެ ޝަކުވާ ގިނަ ބަޔަކުކޮށްފައިވެ އެވެ. އަދި އޭގެ ފަހުން 500 ޔުނިޓުން ފެށިގެން ދަށުގެ ޔުނިޓްތަކުގެ އަގު ހެޔޮކޮށްފައިވެ އެވެ. އަދި އެއާއެކު ވެސް ކަރަންޓް ބިލު ބޮޑުވާތީ އެ ޓެރިފް ރޭޓްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މިއަހަރުގެ ކުރީކޮޅު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވެ އެވެ. ނަމަވެސް ކަރަންޓުގެ އަގަށް އޭގެ ފަހުން އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ރީޑިން ނުނަގައި ކަރަންޓް ބިލު ނުހަދާނެ: ސްޓެލްކޯ
"މިދިޔަ އަހަރު ވެސް 17މެގަވޮޓު ކަރަންޓު އިތުރުކުރި"
މުހިންމު މަސައްކަތަކަށް މާދަމާ ކަރަންޓު ކަނޑަނީ
މާލެ، ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި
ކަރަންޓު މައްސަލައިގެ ތަހުގީގަށް މައުލޫމާތު އެއްކޮށްފި
މާލެ އާއި ހުޅުމާލޭގެ ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފި
މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުން ކަރަންޓު ކެނޑިއްޖެ
ދިއްފުށި: ސްޓެލްކޯގެ ތާރީހުން ޖާގަ ހޯދި ރަށަކަށް
ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓް ކެނޑިދާނެ
ބިލް ބޮޑުކަމަށް ދައްކަނީ ޑިސްކައުންޓް ބިލާ އަޅާކިޔާތީ