03 މެއި 2023
މީޓަރު ރީޑިން ނުނަގައި ކަރަންޓް ބިލުތައް ބޮޑުކުރާ ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކޮށް، އެގޮތަށް ކަންތައް ނުކުރާނެ ކަމުގެ ޔަގީންކަން ސްޓެލްކޯ އިން ދީފި އެވެ.
މީޓަރު ރީޑިން ނުނަގައި ކަރަންޓް ބިލުތައް ބޮޑުކުރާ ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކޮށް، އެގޮތަށް ކަންތައް ނުކުރާނެ ކަމުގެ ޔަގީންކަން ސްޓެލްކޯ އިން ދީފި އެވެ.
ސްޓެލްކޯ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ މީޓަރު ރީޑިން ނެގުމަކާ ނުލައި ކަރަންޓް ބިލުތައް ބޮޑުކޮށްފައިވާ ކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ހަބަރަކީ ދޮގެއް ކަމަށެވެ. އެ ހަބަރަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ހިލާފު، ދޮގު މައުލޫމާތު ހިމަނައިގެން އެ ކުންފުންޏާ މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި ސިޔާސީ މަންފާއެއް ހޯދުމަށް ލިޔެފައިވާ ހަބަރެއް ކަމަށް ބުންޏެވެ.
"މި ކުންފުނިން ކަރަންޓު ބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގެ މައްޗަށެވެ. މީޓަރުގެ ރީޑިން ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރައްވާ މިންވަރަށް ކަމުގައި ދެންނެވީމެވެ،" އެ ބަޔާނުގައިވެ އެވެ.
ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމްލަ އަދަދު ކަސްޓަމަރުންނަށް ހިސާބު ކުރެވޭނެ ކަމަށާއި އެ އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރާ މިންވަރު ފެންނަން ހުންނާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ ކޮވިޑް-19 ގެ ހާއްސަ ހާލަތުގައި މީޓަރުގެ ރީޑިން ނެގުމަށް އެ ކުންފުނިން އަމަލުކުރަމުން އައި ގޮތް 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އާންމު އުސޫލަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19ގެ ހާއްސަ ހާލަތުގައި ކަރަންޓު ރީޑިން ނެގުމަށް އަމަލުކުރި އުސޫލަށް މިހާރު ވެސް ރީޑިން ނަގާ ކަމަށް ހަބަރުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަމުގެ ހަގީގަތަށް ވާސިލުވުމަށް އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުންނަށް އޮޅުވާލުމަށް ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ސްޓެލްކޯއިން ތުހުމަތުކުރެ އެވެ.
ރާއްޖޭގެ ފިނިހޫނުމިން ފެބްރުއަރީ އިން ފެށިގެން މެއި މަހާ ހަމައަށް މައްޗަށް ދާކަން ތަފާސްހިސާބުތަކުން އެނގޭ ކަމަށާއި އެކަމާ ގުޅިގެން ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ހޫނު މޫސުމުގައި އާންމުން ހޭލުންތެރިކުރުވައި ތަކުރާރުކޮށް ކަރަންޓު އިގްތިސާދު ކުރުމަށް އިލްތިމާސްކުރާ ކަމަށް ވެސް ބުންޏެވެ.
ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި މި ދުވަސްވަރު ހޫނުގަދަވުމުގެ ސަބަބުން ކަރަންޓު ބިލު ބޮޑުވުން އެކަށީގެންވެ އެވެ. އަދި މިދިޔަ މަހު ބިލުތަކަށް، ކޮންމެ ބިލަކަށް 500ރ. އިތުރުވުން އެކަށީގެންވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
ޔުނިޓަކުން ހަތަރު ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނަގަނީ
ސްޓެލްކޯގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފި
ސްޓެލްކޯ އިން އަންހެން އިލެކްޓްރީޝަނުން ތަމްރީނު ކުރަނީ
މާލެ އާއި ގުޅިފަޅު އެއް ކަރަންޓު ވިއުގައަކުން ގުޅާލަނީ
އީވީ ސްޓޭޝަނުން އެއްފަހަރާ 8 އުޅަނދު ޗާޖު ކުރެވޭނެ
ސްޓެލްކޯގެ "ސްކާޑާ" އިން އަވަސް ހައްލާއި ފަސޭހަކަން
ގުދުރަތީ ގޭހުން ހަކަތަ އުފައްދަން ޕްރޮޕޯސަލްއެއް
މާލެ/ހުޅުމާލެއިން އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭނެ
ރީޑިން ނެގުމާ ގުޅޭ ތުހުމަތު ސްޓެލްކޯ އިން ދޮގުކޮށްފި
މާލެއިން މާދަމާ ހެނދުނު 6-7އަށް ކަރަންޓު ކަނޑަނީ