11 ނޮވެމްބަރ 2019
ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް މަގާމުން ވަކިކުރަން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އަންނަ ބުދަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް މަގާމުން ވަކިކުރަން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އަންނަ ބުދަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް ޑރ. ހުސައިން ފާއިޒްގެ މަސައްކަތަށް ހުރަސް އަޅައި، އޭނާ މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ދެއްވި ކަމަށް ބުނެ ޖޭއެސްސީން ކުރިން ވަނީ އެމަނިކުފާނުގެ ސުލޫކީ މައްސަލައެއް ބަލަން ނިިންމައިފަ އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ސެކެޓްރީ ޖެނެރަލަށް އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ބަލަމުން ދަނިކޮށް ސެކްރެޓަރީ ޖެނެރަލް މި ހަފުތާގައި މަގާމުން ވަކިކުރަން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ އަންނަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ މަސައްކަތަށް އެއްބާރުލުން ދިނުމަށާއި އެ ގާނޫނު ތަންފީޒު ކުރަން އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ވެސް އެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެ އެވެ.
ފާއިޒަށް އިންޒާރު ދެއްވި ކަމަށް ބުނެ އުއްތަމަ ފަނޑިޔާރުގެ މައްސަލައެއް ޖޭއެސްސީން ބަލަމުން ދާއިރު، އެމަނިކުފާނު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު ކުރިން ނެރުއްވި ބަޔާނުގައި، ސުޕްރީމް ކޯޓުގެ މުވައްޒަފުންނާ ފާއިޒް ބައްދަލު ކުރައްވައި، އެ ކޯޓުގެ އެންމެ އިސް މީހަކީ އޭނާ ކަމަށް ފާއިޒް ވިދާޅުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކޯޓުގެ އެތެރޭގެ މަސްލަހަތު ގެއްލޭތީ އެފަދަ ކަންކަން ތަކުރާރު ނުކުރަން ނަސޭހަތްތެރިވެ ވަޑައިގެންފައި ވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެއީ އިންޒާރު ދިނުން ކަމަށް ބެލެވޭނެ ގޮތެއް ނޯންނާނެ ކަމަށް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވެ އެވެ.
އުއްތަމަ ފަނޑިޔާރާ ގުޅޭ އިތުރު މައްސަލަތަކެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެކަމާ ދެކޮޅަށް އެމަނިކުފާނު ބަޔާން ނެރުއްވުމުން އެކަން ވެސް ވަކި މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރަކާ ގުޅޭ މައްސަލަތަކެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރަކަށް ދާދިފަހުން ހުންނެވި އަބްދުﷲ ދީދީ ވެސް މަގާމުން ވަނީ ވަކިކޮށްފަ އެވެ.
"ސުޕްރީމް ކޯޓުގެ އެސްޖީއަށް އިންޒާރެއް ނުދެން"
އަމުރަށް އަމަލު ނުކުރުމުން ފާއިޒު ކޯޓަށް
ސުޕްރީމް ކޯޓުގެ އެސްޖީކަމުން ފާއިޒް ވަކިކުރީ ގޯސްކޮށް
"އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ ކަނޑައެއްނުލަން"
ސަސްޕެންޝަން ބަލައެއްނުގަންނަން: އުއްތަމަ ފަނޑިޔާރު
"އާތިކާ އަށް ފިޔަވަޅު އެޅީ ގަވައިދާ ޚިލާފަށް"
"ޖޭއެސްސީގެ ރިޕޯޓަށް ޖަވާބުދާރީވާންޖެހޭ އަސާސެއް ނެތް"
ފަނޑިޔާރުންނާ ގުޅޭ 200 މައްސަލަ ބެލިން: ޖޭއެސްސީ
"އުއްތަމަ ފަނޑިޔާރު ނޯޓިހާ ހަވާލުވެވަޑައެއް ނުގަތް"
ވަކި ވަގުތަކު ފިޔަވަޅު ނޭޅޭނެކަމަށް ނުދެކޭތި: ހިސާން