Roadha Mihaaru
ބިލް ގޭޓްސް އަދި ވެސް ވިންޑޯޒް ފޯންގެ ހިތާމައިގައި

ބިލް ގޭޓްސް އަދި ވެސް ވިންޑޯޒް ފޯންގެ ހިތާމައިގައި

12 ނޮވެމްބަރ 2019

ބިލް ގޭޓްސް ވިދާޅުވަނީ މައިކްރޮސޮފްޓަށް ސްމާޓްފޯން މާކެޓް ގެއްލުނީ ޖަސްޓިސް ޑިޕާޓްމަންޓާ ހެދި ކަމަށެވެ. އެންޓިޓްރަސްޓް ގާނޫނުގެ ދަށުން މައިކްރޮސޮފްޓް ކުށްވެރިވާ ކަމަށް ބުނެ ހިންގި ތަހުގީގު ދިގުލައިގެންދިއުމުގެ ސަބަބުން، ވިންޑޯޒް ފޯނުތަކަށް ސަމާލުކަން ނުދެވުނީ ކަމަށް އެނާ ދެކެވަޑަައިގަންނަވަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ބިލް ގޭޓްސް ވިދާޅުވަނީ މައިކްރޮސޮފްޓަށް ސްމާޓްފޯން މާކެޓް ގެއްލުނީ ޖަސްޓިސް ޑިޕާޓްމަންޓާ ހެދި ކަމަށެވެ. އެންޓިޓްރަސްޓް ގާނޫނުގެ ދަށުން މައިކްރޮސޮފްޓް ކުށްވެރިވާ ކަމަށް ބުނެ ހިންގި ތަހުގީގު ދިގުލައިގެންދިއުމުގެ ސަބަބުން، ވިންޑޯޒް ފޯނުތަކަށް ސަމާލުކަން ނުދެވުނީ ކަމަށް އެނާ ދެކެވަޑަައިގަންނަވަ އެވެ.

ސްމާޓްފޯން މާކެޓްގައި އެންޑްރޮއިޑް ހޯދާފައި ވަނީ ހައްގު ނޫން ކާމިޔާބެއް ކަމަށް ދޭހަވާ ގޮތަށް ބިލް ގޭޓްސް ގެންދަވަނީ ތަކުރާރުކޮށް ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވާ ގޮތުގައި، އެންޓިޓްރަސްޓް މައްސަލަގަނޑުގައި ލައިނުގަތް ނަމަ، މުޅި ދުނިޔެ ބޭނުންކުރީހީ ވިންޑޯޒް ފޯނެވެ.

ބިލް ގޭޓްސް އެހެން ވިދާޅުވި ނަމަވެސް އެއީ ބޮޑު ދޮގެކެވެ. މައިކްރޮސޮފްޓަށް ހީވެފައި އޮތީ، ވިންޑޯޒް ކޮމްޕިއުޓަރު ބޭނުންކުރާ އާބާދީ ދުނިޔެ އަށް ނުކަތާ ވަރުވުން އެއީ، އެ ކުންފުނިން ކުރާ ކޮންމެ ވިޔަފާރިއެއް އެ މީހުންނަށް ފަހިވުން ޝަރުތަކަށް ވާންޖެހޭ ކަމަށެވެ. މި ވިސްނުމުގައި ކުންފުނި ހިންގަން ހަދައިގެން ސްމާޓްފޯން އަތުނުޖެހުނީ ކަމެއް ހަނދުމަފުޅެއް ނެތެވެ.

ސްމާޓްފޯންތައް ދުނިޔެ އަށް ތައާރުފުވެގެން އައިއިރު، މައިކްރޮސޮފްޓް އޮތީ ވަރަށް ކުރީގަ އެވެ. ނަމަވެސް، ފޯނުތައް ބޭނުންކުރާ މީހުން އެދޭ ބަދަލުތަކަށް ވުރެ، މައިކްރޮސޮފްޓަށް ފެންނަހާ ސިފަތައް ފޯނުގައި ޖައްސަށް ހަދައިގެން، ވަގުތު ފާއިތުވީ އެވެ. އަދި މާކެޓު ވެސް ގެއްލުނީ އެވެ. އުފެއްދުންތެރިކަމެއް ނެތް އަދި ޒަމާނަށް ފެތޭ ފެންވަރު ވެސް ވިންޑޯޒް ފޯނުތަކުގައި ޖައްސަން ނޭނގި އުޅެނިކޮށް، އައިފޯނުތައް ގޮވައިގެން ސްމާޓްފޯން މާކެޓަށް އެޕަލް ވަދެ، މުޅި މާކެޓް އެކުގައި އަތުލައިގަތީ އެވެ.

މައިކްރޮސޮފްޓަށް ހުއްޓުން އެރީ އެ ހިސާބުންނެވެ. އައިފޯނުގައި ހުރި ފަސޭހަކަން ފެނި އަދި އެ ޖާދޫގައި ޖެހުނު އާބާދީ ގުނަން އުނދަގޫ މިންވަރަށް އިތުރުވުން މައިކްރޮސޮފްޓަށް ވީ ބޮޑު ޝޮކަކަށެވެ. އެންޓިޓްރަސްޓް މައްސަލަތަކާ ހެދި ވި އުނދަގުލަށް ވުރެ، އެޕަލްގެ ކިބައިން ސަލާމަތްވާނެ ގޮތެއް ވެސް ނޭނގުނީ އެވެ. މައިކްރޮސޮފްޓް އެ ހާލުގައި އުޅެނިކޮށް، އެންޑްރޮއިޑް ގޮވައިގެން ސްމާޓްފޯން މާކެޓަށް ގޫގުލް ވަދެ މުޅި ދުނިޔެ ގުޑުވާލީ އެވެ.

ބިލް ގޭޓްސް ގަބޫލުކުރައްވާ ގޮތް އަސްލު މަންޒަރާ މުޅިން ތަފާތެވެ. ގޭޓްސް މިހާރު ވެސް މަސައްކަތްކުރައްވަނީ އެއީ ހުރިހާ ކަމެއް ދަންނަ ބައެއް ކަމަށް ދެއްކެވުމަށެވެ. އަދި ހުރިހާ މޮޅެއް ހިފެހެއްޓިފައި އޮންނަންޖެހޭނީ މައިކްރޮސޮފްޓަށް ގޮތްފޮތްކިޔޭ ހިސާބުގައިކަން ބުނެދެއްވުމަށެވެ.