12 ނޮވެމްބަރ 2019
އެމެރިކާގެ އަންހެނަކު ގަދަވެ ސަލާމަތުން ދުނިޔޭގައި ހުއްޓައި، އޭނާ މަރުވެއްޖެ ކަމަށް އެ ގައުމުގެ ސޯޝަލް ސެކިއުރިޓީ އެޑްމިނިސްޓްރޭން (އެސްއެސްއޭ) ނިންމުމާ ގުޅިގެން ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އެމެރިކާގެ އަންހެނަކު ގަދަވެ ސަލާމަތުން ދުނިޔޭގައި ހުއްޓައި، އޭނާ މަރުވެއްޖެ ކަމަށް އެ ގައުމުގެ ސޯޝަލް ސެކިއުރިޓީ އެޑްމިނިސްޓްރޭން (އެސްއެސްއޭ) ނިންމުމާ ގުޅިގެން ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ޓެކްސަސްގެ މެގްނޯލިއާގައި ދިރިއުޅޭ ޝެރީ އެލިސް، 73، މި ތަޖުރިބާ މީޑިއާތަކާ ހިއްސާކުރަމުން ބުނީ އޭނާ މަރުވެއްޖެ ކަމަށް ނިންމާފައި އޮތްކަން އެނގުނީ ބޭސް ފިހާރައަކުން ބޭސް ގަންނަން ކްރެޑިޓް ކާޑުން ކުރަން އުޅުނު މުއާމަލާތް ގަބޫލުނުކޮށްގެން ބެލުމުން ކަމަށެވެ.
"ކާޑު ހެދިތާ ވެސް ވާނީ ތިން މަހެއްހާ ދުވަސް. ކާޑު ގަބޫލުނުކޮށްގެން ބޭންކަށް ގޮސް ރަނގަޅަށް ބަލާ އިރު އަހަރެން މަރުވެއްޖެ ކަމަށް ސޯޝަލް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަނުން ނިންމާފައި އޮތީ،" ސީއެންއެން އަށް ޝެރީ ބުންޏެވެ. "މިކަމެއް މި އެނގުނީ މިދިޔަ މަހު ހެލޮވީން ފާހަގަކުރިތާ އެއް ދުވަސް ފަހުން."
އޭނާ ކިޔައިދިން ގޮތުގައި މަރުވެއްޖެ ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނިންމީ ކީއްވެ ކަމެއް ކޮން ކަމަކާ ގުޅިގެން ކަމެއް ވެސް ނޭނގެ އެވެ. އެކަމަކު މިކަމަކާ ހެދި ދިރިއުޅުން ބޮޑު ތަކުލީފަކަށްވެފައިވާ ކަމަށް ބުންޏެވެ.
"އެއްވެސް ތަނަކުން އަހަރެންގެ ކްރެޑިޓް ކާޑް ގަބޫލުނުކުރާތީ ކައްކަން ގޭސް ގަނެވޭނެ ގޮތެއް ނެތް. ކާ އެއްޗެއް ގަނެވޭނެ ގޮތެއް ނެތް. އަހަރެން މިހުރީ ހަދާނެ އެއްވެސް ގޮތެއް ނޭނގިފައި،" ޝެރީ ބުންޏެވެ. "އަހަންނަށް ސިއްހީ އެއްވެސް ފަރުވާ ހޯދޭކަށް ނެތް. އަހަރެންގެ މެޑިކަލް އިންޝުއަރަންސް ވެސް ވަނީ ބަންދުކޮށްފައި."
ޝެރީ ބުނިގޮތުގައި އޭނާއަކީ ލޭގެ ޕްރެޝަރަށް ވެސް 10 ބޭހެއް ބޭނުންކުރާ މީހެކެވެ. މީގެ އިތުރުން ބަނޑާއި ހިތުގެ މައްސަލަތަކަށް އިންޝޫރަންސްގެ ދަށުން ހިދުމަތް ނުލިބުނު ނަމަވެސް މަރުވެފައިވާ ކަމަށް ނިންމާފައިވާތީ އެ ހިދުމަތްތަކުން މަހުރޫމުވެފައިވާ ކަމަށް ބުންޏެވެ.
"މިކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައިމަ މިހާރު ބުނަނީ އަލުން އިންޝުއަރަންސް ލިބެން ވެސް ދޮޅު މަހެއްހާ ދުވަސް ނަގާނެ ކަމަށް،" ޝެރީ ބުންޏެވެ.
މިކަމާ ގުޅިގެން އޭނާގެ ފިރިމީހާ ބްރަޔަން އެލިސް ވެސް ބުނީ އަންހެނުންގެ ދިރިއުޅުން ކަމާބެހޭ ފަރާތްތަކުން ބޮޑު ބުރައަކަށް ހަދާފައިވާ ކަމަށެވެ.
"އަހަރެމެންނަކީ އަތްމަތި ވެސް އެހާ ތަނަވަސް ބައެއް ނޫން. އެހެންވީމަ އަމިއްލަ އަށް ގިނަ ބޭސްތަކެއް ގަނެގެން ކެއުމަކީ ވެސް ވަރަށް ދަތި ކަމަކަށްވާނެ،" އޭނާ ބުންޏެވެ. "އިންޝުއަރެންސް ނެތި ބޭސް ހޯދާ ނަމަ ބޭހަށް އެކަނި ވެސް ސާދަ ސަތޭކަ ޑޮލަރު ހަރަދުވާނެ."
ޝެރީ ބުނިގޮތުގައި އެސްއެސްއޭ އޮޅުމަކުން އޭނާ މަރުވެއްޖެ ކަމަށް ނިންމުނު ނަމަވެސް އެކަން އަލުން އިސްލާހުކޮށްދޭން އެތައް ދުވަހެއް ނެގުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
އެސްއެސްއޭ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި މަރިވެފައިވާ ކަމަށް ނިންމިފައިވާ ނަމަ އެ މީހެއްގެ ރަސްމީ ލިޔެކިޔުންތައް ކަމާ ބެހޭ އިދާރާތަކަށް ހުށަަހެޅުމުން އެކަން އިސްލާހުކޮށް ދޭނެ އެވެ. އަދި އެކަން ގަބޫލުކުރާނީ އެ މީހެއްގެ ވަނަވަރު ސާފުވާ ރަސްމީ ލިޔުމެއް ހުށަހެޅުމުން ކަމަށް ބުންޏެވެ.
މީޑިއާތަކުން ބުނާ ގޮތުގައި އެސްއެސްއޭ އަށް "އޮޅިގެން" މަހެއްގެ މައްޗަށް މަދުވެގެން 1،000 އެއްހާ މީހުން މަރުވެއްޖެ ކަމަށް ނިންމަ އެވެ. އަދި މީގެ ސަބަބުން ބޮޑެތި ތަކުލީފުތަކެއް އެފަދަ މީހުން އުފުލަން ޖެހެ އެވެ.
ގަޔަށް ކޮފީ އެޅި ފިހުމުން ސްޓާބަކްސް އަށް ދައުވާކޮށްފި
މިއީ އެންމެ ގިނަ ގޭމް ކޮންސޯލް ގެންގުޅޭ މީހާ
ބެޒޯސްއާ އެކު ޖައްވަށް ދާ ދުވަސްވީ މީހާ އަކީ ކާކު؟
ކޮވިޑަށް ދެވިދާނެ ފަރުވާއެއް ކުޑަކުކުއްޖެއްގެ ފަރާތުން
ފައި އެންމެ ދިގު އަންހެނަކީ 17 އަހަރުގެ ކުއްޖެއް
ކުރީގެ "ލޯބިވެރިޔަކު" ބްރެޑް ޕިޓަށް ދައުވާކޮށްފި
ވަގަށް ނެގި ތަކެތި އީބޭގައި ވިއްކި މީހަކު ޖަލަށް
ލޮކްޑައުންގައި ސެލޫނެއް ހުޅުވުމުން ހަފުތާއަކަށް ޖަލަށް
އެފްރިކާ އަންހެނުން ބާރުވެރިކުރުމަށް އެމެރިކާ އެހީވަނީ
އާ ހުކުމަކުން އެމެރިކާގައި އެބޯޝަންގެ ބަހުސް ހޫނުވެއްޖެ