Roadha Mihaaru
ވަގަށް ނެގި ތަކެތި އީބޭގައި ވިއްކި މީހަކު ޖަލަށް

ވަގަށް ނެގި ތަކެތި އީބޭގައި ވިއްކި މީހަކު ޖަލަށް

06 އޮކްޓޯބަރ 2020

އެމެރިކާގެ އެކި ހިސާބުތަކުގެ ފިހާރަތަކުން 19 އަހަރު ވަންދެން ވައްކަންކޮށް، ވަގަށް ނެގި މިލިއަން ޑޮލަރުގެ ތަކެތި އީބޭގައި ވިއްކަމުން ދިޔަ އަންހެނަކު 54 މަހަށް ޖަލަށްލާން ހުކުމްކޮށް، ވަގަށް ނެގި ތަކެތީގެ ބަދަލަށް 3.8 މިލިއަން ޑޮލަރު ދައްކަން ހުކުމްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ އެކި ހިސާބުތަކުގެ ފިހާރަތަކުން 19 އަހަރު ވަންދެން ވައްކަންކޮށް، ވަގަށް ނެގި މިލިއަން ޑޮލަރުގެ ތަކެތި އީބޭގައި ވިއްކަމުން ދިޔަ އަންހެނަކު 54 މަހަށް ޖަލަށްލާން ހުކުމްކޮށް، ވަގަށް ނެގި ތަކެތީގެ ބަދަލަށް 3.8 މިލިއަން ޑޮލަރު ދައްކަން ހުކުމްކޮށްފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ވައްކަންކޮށް، ތަކެތި ވިއްކަމުން ދިޔަ ޓެކްސަސްގެ ޑަލަސް އަށް ނިސްބަތްވާ އުމުރުން 63 އަހަރުގެ ކިމް ރިޗަޑްސަންގެ މައްސަލަ ފަޅާއެރީ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި ސީކްރެޓް ސާވިސް އިން ކުރިއަށް ގެންދިޔަ ތަހުގީގެއްގެ ތެރެއިންނެވެ. މި މައްސަލަ ފަޅާއަރައި އޭނާގެ މައްޗަށް ދައުވާކުރީ މިދިޔަ އަހަރު އެވެ.

ކޯޓުން ކިމްގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައި ވަނީ އޭނާ ވަގަށް ނެގި ތަކެތި އީބޭގައި ވިއްކީ ވަރަށް ބޮޑަށް ދުރާލައި ތައްޔާރުވެގެން ކަމަށެވެ. އެގޮތުން، ވިއްކި އެއްޗެހީގެ މުއާމަލާތަށް އޭނާ ޔުނައިޓެޑް ޕޯސްޓަލް ސާވިސް އާއި ފެޑެރެލް އެކްސްޕްރެސްގެ އިތުރުން ޔުނައިޓެޑް ޕާސަލްގެ ސާވިސްގެ ހިދުމަތް ބޭނުންކޮށްފައިވެ އެވެ. އަދި ވިއްކި އެއްޗެހި ގަތް މީހުންނާ އެކު ފައިސާގެ މުއާމަލާތް ހިންގީ ޕޭޕަލްގެ ހަތަރު އެކައުންޓެއް މެދުވެރިކޮށެވެ.

ކިމްގެ މައްޗަށް ކޯޓުން އިއްވި ހުކުމުގައި ބުނީ ވަގަށް ނެގި ތަކެތި އެތައް ބަޔަކަށް އޭނާ ވިއްކާފައިވާ ކަމަށެވެ. އެކަމަކު ކޯޓްގެ މަސައްކަތްތައް މި ވަގުތު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ވާޗުއަލްކޮށް ބާއްވަން ޖެހިފައިވާތީ ކިމްއާ އެކު މުއާލަމާތް ހިންގި ހުރިހާ އެންމެން ދެނެގުތުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.