މާލޭގެ އެކުވެނި ޓްރެކް ދަނޑު ބޭނުންކުރުމުގައި ސަމާލުވުމަށް ފުލުހުންގެ އިދާރާ އިން ފުލުހުންނާއި އެ މީހުންގެ އާއިލާތަކަށް އިލްތިމާސް ކޮށްފި އެވެ.
10 ނޮވެމްބަރ 2019
މާލޭގެ އެކުވެނި ޓްރެކް ދަނޑު ބޭނުންކުރުމުގައި ސަމާލުވުމަށް ފުލުހުންގެ އިދާރާ އިން ފުލުހުންނާއި އެ މީހުންގެ އާއިލާތަކަށް އިލްތިމާސް ކޮށްފި އެވެ.
ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކާއި ޔުނިޓުތަކުގެ ވެރިންނަށް ފޮނުވި ސިޓީއެއްގައި ބުނީ، ޓްރެކް ދަނޑަކީ ގިނަ އަދަދެއްގެ ފުލުހުންނާއި އެ މީހުންގެ އާއިލާ މެމްބަރުން ކަސްރަތުކުރަން ކޮންމެ ދުވަހަކު ވެސް ބޭނުންކުރާ ތަނަކަށް ވާއިރު، އެތަނުގައި މީހުން ނޫޅޭ ވަގުތުތަކުގައި ބުޅާ ފަދަ އެއްޗެހި ވަދެ ބޮޑުކަމުދާ ކަމަށެވެ.
އެ ސިޓީގައި ވަނީ ބުޅަލުގެ ނަޖިހުން ކުރިމަތިވާ ސިއްހީ މައުލޫމާތުތައް ވެސް ހިމަނައިފަ އެވެ. އެގޮތުން، ބުޅަލުގެ ނަޖިހުން އުފެދޭ ފަންޏެއްގެ ސަބަބުން އިންސާނުންގެ ހަންގަނޑަށް އަސަރުކޮށް ބަލިޖެހޭ ކަމަށާއި އެ ބަލި ޖެހުމުން ގައިގެ ދެހަން ދޭތެރެ އަށް ފަނީގެ އަސަރުކޮށް ކުދި ބިހިތަކެއް ނަގައި، އެ ތަންތަން ރަތްވެ ހިރުވާ ކަމަށް، މިދިޔަ ބުދަ ދުވަހު ފޮނުވި ސިޓީގައި ވެ އެވެ.
"ވީމާ ކުޅިވަރު އެކުވެނި ޓްރެކް ދަނޑުގެ ވިނަގަނޑު ބޭނުންކުރުމުގައި ސަމާލުކަން ދެއްވާ، ވިނަގަނޑު މަތީގައި އޮށޯވެ އޮތުމަށް މެޓް ފަދަ ތަކެތި ބޭނުންކުރުމަށް ކުޅިވަރު އެކުވެނި ޓްރެކް ދަނޑު ބޭނުންކުރާ ފަރާތްތަކަށް އަންގަވައި ދެއްވާ މިކަން މުވައްޒަފުންގެ ސަމާލުކަމަށްޓަކައި ދަންނަވައި ދެއްވުން އެދި ދެންނެވީމެވެ،" ސިޓީގައި ބުންޏެވެ.
ޓްރެކް ދަނޑު ބޭނުންކުރާ ފުލުހުންނާއި އެ މީހުންގެ އާއިލާގެ މެމްބަރުންގެ ސަމާލު ކަމަށް މި މައްސަލަ ގެނައި ނަމަވެސް އާންމު ސިއްހަތުގެ ގޮތުން ރައްކާތެރިވުމަށް ކަމާ ގުޅޭ އިދާރާ އިން އާންމުކޮށް އެދުނު ކަމެއް ނޭނގެ އެވެ.
ދުވުމާއި ކަސްރަތުކުރުމުގެ އިތުރުން ގްރޫޕު ހަދައިގެން ކުޅިވަރުގެ އެކި ކޭމްޕުތައް ވެސް އެކުވެނި ދަނޑުގައި ފުލުހުންގެ އިތުރުން އެތައް ބަޔަކު ބާއްވަ އެވެ.
މާލެއިން ބުޅާ ގެއްލޭ މައްސަލަ ބަލައިދޭން އެދިއްޖެ
ފިހާރަތަކާ ގުޅުވައި،އިމިގްރޭޝަންގެ ނަމުގައި ފޭކްލިސްޓެއް
"ބުޅާމަހުން ކާނާ ހަދާ" މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
ބުޅާ މަރާ މައްސަލަ ފުލުހުން ބަލަން ފަށައިފި
އެމްޑީޕީގެ ދުވުން ހުއްޓުވައި، ޗެއާޕާސަން ހައްޔަރުކޮށްފި
ޒަމްޕެގެ 333 ޗެލެންޖް، އަމިއްލަ ހިތްވަރު
ހައިވޭގައި އެކްސިޑެންޓެއް، ސައިކަލު އޮތީ ބަސް ދަށުގައި
ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ޑްރަގެއް ނުފެނުނު
ބްރިޖުގެ ބަންދުކުރި ފަޅި ހުޅުވާލައިފި
ބްލެކްމެއިލް ކުރުމުގައި އުޅޭ ދެ މީހަކު ހައްޔަރުކޮށްފި