Roadha Mihaaru
އާއްމު ސިއްހަތު ބައްޓަން ކުރުން ލަސްވެއްޖެ: އަމީން

އާއްމު ސިއްހަތުގެ ކަންތައްތައް އަލުން ބައްޓަން ކުރުން މާ ލަސްވެއްޖެ: އަމީން

04 ނޮވެމްބަރ 2019

ރާއްޖޭގެ އާއްމު ސިއްހަތާ ގުޅޭ ކަންތައްތައް އަލުން ބައްޓަން ކުރުން މާބޮޑަށް ލަސްވެފައިވާ ކަމަށާއި އެކަމުގައި އިހުމާލު ވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް ޕެރެޑައިސް އައިލެންޑް ރިސޯޓުން މުހައްމަދު ނަސީމް

ރާއްޖޭގެ އާއްމު ސިއްހަތާ ގުޅޭ ކަންތައްތައް އަލުން ބައްޓަން ކުރުން މާބޮޑަށް ލަސްވެފައިވާ ކަމަށާއި އެކަމުގައި އިހުމާލު ވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އާންމު ސިއްހަތު ނުވަތަ ޕަބްލިކާ މެދު އާންމުން ހޭލުންތެރިކަން އިތުރުކޮށް، އެ ދާއިރާ ކުރިއެރުވުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ހެލްތު މިނިސްޓްރީން ކުރިއަށް ގެންދާ ތިން ދުވަހުގެ މަހާސިންތާ ފެށުމުގެ ރަސްމިއްްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖޭގެ އާއްމު ސިއްހަތަށް އިހުމާލުވެފައި ވަނީ އެނގި ތިބެ ނުވަތަ ނޭނގި ތިބެ ކަމަށް ވެސް ވެދާނެ ކަމަށެވެ. އެކަމަކު މިހާރުގެ ސަރުކާރުން މަަަސައްކަތް ކުރަނީ އަމީން ވިދާޅުވި ގޮތުގައި، ކަންތައްތަކާ މެދު އިލްމީ ނަޒަރަކުން ވިސްނާ ހައްްލުތަކެއް ހޯދުމަށެވެ.

"ހަގީގަތަކީ ސަބަބުތައް ހުރި ނަމަވެސް، މި ވިސްނުމުގައި އާއްމު ސިއްހަތުގެ ކަންތައްތައް އަލުން ބައްޓަން ކުރުން މާބޮޑަށް ވެސް ލަސްވެފައިވާކަން. ހަގީގަތަކީ އެނގި ތިބެ ނުވަތަ ނޭނގި ތިބެ ނަމަވެސް އާއްމު ސިއްހަތާ މެދު އިހުމާލުވެފައިވާކަން،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދެމެހެއްޓެނިވި ހައްލުތައް ހޯދުުމުގެ ނަޒަރިއްޔާއިން ވިސްނާލިޔަސް އާއްމު ސިއްހަތުގެ ކަންކަން އަލުން ބައްޓަން ކުރުުމުގެ މުހިއްމުކަން ވަރަށް ފަސޭހައިން ސާފުވާނެ ކަމަށެވެ. ރާއްޖޭގެ އާއްމު ސިއްހަތުގެ ނިޒާމުގައި މައްސަލަތަކެއް ހުރިކަން ފާހަގަވާ ބައެއް ކަންތައްތައް އަމީން ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ސިއްހަތަށް ކުރާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުން ދިޔަ ނަމަވެސް އެކަމުގެ އަސަރު ނުފެނުމެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ރިސްކްތައް ކުޑަކުރުމަށް ޓަކައި ހޭލުންތެރި ކުރުވުުމުގެ މަސަައްކަތް އެކަށީގެންވާ ވަރަކަށް ކުރެވޭތޯ އަމީން ސުވާލު އުފެއްދެވި އެވެ.

އާއްމު ސިއްހަތާ ބެހޭ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ހެލްްތު މިނިސްޓަރު އަބްދުﷲ އަމީން އަދި އެހެން  ބައެއް މިނިސްޓަރުން ބައިވެރިވަޑައިގަންނަަވަނީ.--- ފޮޓޯ: ހުސައިން ވަަހީދު/މިހާރު

އާއްމު ސިއްހަތާ ބެހޭ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ހެލްްތު މިނިސްޓަރު އަބްދުﷲ އަމީން އަދި އެހެން ބައެއް މިނިސްޓަރުން ބައިވެރިވަޑައިގަންނަަވަނީ.--- ފޮޓޯ: ހުސައިން ވަަހީދު/މިހާރު

"މިއީ ހަަމަ އެކަނި ސިއްހީ ދާއިރާ އަށް ކުރެވޭނެ ކަމެއްތޯ؟ މައިންބަފައިންނާއި މުއްދައްރިސުންނާއި ކޯޗުންނާއި ގާނޫނު ހަދާ މީހުންނާއި ގާނޫނު ތަންފީޒު ކުރާ މީހުންނާއި ކެއުމުގެ ހިދުމަތް ވިއްކާ މީހުންނާއި ތަކެތި އެތެރެކޮށް ވިއްކާ މީހުންނާއި މަދަނީ ޖަމިއްޔާތަކާއި ދީނީ އިލްމުވެރިންނާއި ދީނީ އިލްމުވެރިންނާއި މީޑިއާ އަށް ދައުރެއް އަދާނުކުރެވޭނެތޯ؟" އަމީން ސުވާލު ކުރެއްވި އެވެ.

އާންމު ސިއްހަތު ކުރިއެރުވުމާ ބެހޭ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަމީން މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އާންމު ސިއްހަތު ކުރިއެރުވުމާ ބެހޭ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަމީން މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖޭގައި ވެސް މިހާރު އެންމެ އާންމު ވެފައި ވަނީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށާއި އެ ބަލިތައް ޖެހެން މެދުވެރިވާ ސަބަބުތަކަކީ ދިރިއުޅުމުގެ އާދަކާދަތައް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ، މި ކަންކަމާ އަޅާނުލައި އަތް އުރާލައިގެން ތިބެވޭކަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ނެޝަނަލް ކޮންފަރެންސް އޮން ރިވައިޓަލައިޒިން ޕަބްލިކް ހެލްތު" ގެ ނަމުގައި ޕެރަޑައިޒް އައިލެންްޑް ރިސޯޓްގައި ބާއްވާ މަހާސިންތާގެ ބޭނުމަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި "ހައްލުތައް ކަރުދާސް" ކުރުމެވެ.

މި މަހާސިންތާ ބާއްވަނީ މިއަދުގެ ނަތީޖާތަކަށް އުއްމީދުކޮށްގެން ނޫން ކަމަށާއި ނަމަވެސް މި މަހާސިންތާގައި އެކުލަވާލާ މަގުޗާޓުންް ކުރިއަށް އޮތް އަހަރު ތަކުގައި ފުރިހަމަ ސިއްހަތެއް ކަށަވަރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

ޕަބްލިކް ހެލްތު ފޯރަމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޕަބްލިކް ހެލްތު ފޯރަމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޕަބްލިކް ހެލްތު ފޯރަމްގައި 200 އަށް ވުރެ ގިނަ މަންދޫބުން އެއް ތަނަކަށް އެއްވެ، ޕަބްލިކް ހެލްތުގައި ހުރި މައްސަލަތައް ދެނެގަނެ އެކަމުގެ ހައްލު ހޯދާނެ އެވެ. އަދި އާންމު ސިއްހަތު ކުރިއެވުމުގެ ކަންކަން ތަންފީޒު ކުރާނެ މަގުޗާޓެއް މި ފޯރަމްގައި އެކުލަވައިލާނެ އެވެ.

މި މަހާސިންތާ ގައި މަޝްވަރާ ކުރާ ކަންތައްތަކުގެ ތެރޭގައި، އާބާދީގެ އެކި އުމުރު ފުރާތަކަށް އަންނަ ބަދަލުތަކާ އެކު، އާބާދީގެ ސިއްހީ މައްސަލަތަކާއި ދިރިއުޅޭ މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއުންބުއިމުގެ އާދަތަކަށް އައި ބަދަލުތަކާއި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުން ހިމެނެ އެވެ. އަދި މީހުންގެ ދިރިއުޅުމުގެ މާހައުލާ ގުޅުން ހުރި ކަންކަމުގެ ސަބަބުންނާއި ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންގެ އާބާދީ އިތުރުވަމުން ދިއުމުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެކަން ކަމާ މެދު މަޝްވަރާކޮށް، ހައްލު ކުރުމަށް ހުރިހާ ދާއިރާތައް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރާނެ އެވެ.