02 ނޮވެމްބަރ 2019
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނޭ ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމެއް ރޭ ބޭއްވީ އެ ކައުންސިލްގައި ހިމެނިވަޑައިގަނަންވާ ބައެއް ފަނޑިޔާރުންނަށް ދައުވަތު ނުދީ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނޭ ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމެއް ރޭ ބޭއްވީ އެ ކައުންސިލްގައި ހިމެނިވަޑައިގަނަންވާ ބައެއް ފަނޑިޔާރުންނަށް ދައުވަތު ނުދީ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ޖުޑީޝަލް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ރޭ ބޭއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަލަމުން ދަނިކޮށެވެ.
ޖުޑީޝަލް ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިތުރުން ހައި ކޯޓްގެ އިސްފަނޑިޔާރާއި ސުޕީރިއާ ކޯޓްތަކުގެ އިސް ފަނޑިޔާރުންގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ ކޯޓްގެ މެޖިސްޓްރޭޓާއި ހއ. ދިއްދޫ ކޯޓްގެ މެޖިސްޓްރޭޓެވެ.
އެނގިފައިވާ ގޮތުގައި، ޖުޑީޝަލް ސާވިސްގެ ބައްދަލުވުން ކުރިއަށް ދަނިކޮށް، ފަނޑިޔާރަކު ވަނީ ސުޕްރީމް ކޯޓަށް ވަޑައިގެން، ދައުވަތު ނުދިން ސަބަބާ ބެހޭ ގޮތުން އެ ވަގުތު ބައްދަލުވުމުގައި ތިއްބެވި ފަނޑިޔާރުންނާ ސުވާލު ކުރައްވައިފަ އެވެ. އެ ފަނޑިޔާރު ހިތްހަމަނުޖެހުންފާޅުކުރައްވައި ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެން، އެނބުރިވަޑައިގަތީ އެވެ.
ބައެއް ފަނޑިޔާރުންނަށް ދައުވަތު ނުދީ ޖުޑީޝަލް ކައުންސިލް ބޭއްވީ ކީއްވެތޯ "މިހާރު" އިން ސުވާލު ދެންނެވުމުން، ސުޕްރީމް ކޯޓްގެ ސެކެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް ވިދާޅުވީ އެ ބައްދަލުވުން އޮތް ކަން ރަސްމީކޮށް އޭނާ އަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު އުސޫލެއްގެ ގޮތުން، އެ ބައްދަލުވުން ބާއްވާކަން އޭނާ އަށް ވެސް އަންގަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ފާއިޒް ވިދާޅުވި ގޮތުގައި ޖުޑީޝަލް ކައުންސިލުން ބައްދަލުވުން ބޭއްވި ކަމެއް އަދި ކަމެއް ނިންމި ކަން ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ.
"ހާއްސަކޮށް ނުރަސްމީ ގަޑީގައި ކޯޓް ހުޅުވައި ލައްޕާ ނަމަ އަޅުގަނޑަށް އެނގެން ޖެހޭ. އެކަމަކު ރޭ ވަރަށް ލަސްވި ފަހުން އެނގުނީ ބައްދަލުވުން ބޭއްވިކަން ވެސް. އަޅުގަނޑަކަށް އެންގުމާ ނުލައި ބައްދަލުވުން ބޭއްވީ،" ފާއިޒް ވިދާޅުވި އެވެ.
"ނިންމެވީ ކޮންކަމެއް ކަމެއް ނޭނގެ. އެކަމުގެ އިންތިޒާރުގައި މިހުންނަނީ."
ޖޭއެސްސީގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ކުރިން ސުޕްރީމް ކޯޓުގެ ދަށުގައި އޮތް ޑީޖޭއޭ ހިންގުން ޖޭއެސްސީގެ ދަށަށް ބަދަލުކޮށް، ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ އުސޫލުތަކަށް ވަނީ ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން ޖޭއެސްސީން ފަނޑިޔާރުންނާ މެދު އަޅާ ފިޔަވަޅުތަކުގެ މައްސަލަ އެއްވެސް ކޯޓަކަށް ނުބެލޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.
މި އިސްލާހުތަކާ ގުޅިގެން ފަނޑިޔާރުން ބައްދަލުވުމެއް ރޭ ބާއްވަން އުޅޭ ކަން އެނގުމުން ޖޭއެސްސީން ވަނީ ވެސް ކުއްލި ބައްދަލުވުމެއް ބާއްވައި އިންޒާރުގެ ބަޔާނެއް ނެރެފަ އެވެ. އެ އިންޒާރުގައި ބުނެފައި ވަނީ، ގާނޫނަށް ގެނައި އިސްލާހަށް އަމަލު ނުކުރަން ނުވަތަ އޭގެ ބާރު ކެނޑޭ ފަދަ އެއްވެސް ނިންމުމެއް ޖުޑީޝަލް ކައުންސިލުން ނިންމައިފި ނަމަ، އެކަމުގައި ބައިވެރިވާ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން އިސް ނަގައިގެން ބައެއް ގާނޫނުތަކަށް އަމަލު ނުކުރަން ނިންމައި، ޖޭއެސްސީން އަށް ހުރަސް އަޅަން އުޅޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމެއް ވެސް ރޭ ބޭއްވި އެވެ. އެ ކޮމެޓީން ނިންމީ ޖޭއެސްސީ އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ބަހެއް ހޯދުމަށެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
ކޯޓުތަކުން ވަކިކުރި މީހުންނަށް ވަޒީފާ ދޭން އަންގައިފި
ސުއޫދު ކޯފާވެ ޖޭއެސްސީ "ބިމާހަމަކޮށްލައިފި"!
"މަސައްކަތް މި ކުރަނީ ވަރަށް އިހްލާސްތެރިކަމާ އެކު"
ޖޭއެސްސީ ދަށަށް ޑީޖޭއޭ ގެންދިއުން: މައްސަލަ ބޭރުކޮށްފި
ޝަރުއީ ނިޒާމު ޕެރަލައިޒް ކުރަން އެބައުޅޭ: ޑރ. ދީދީ
ޖުޑިޝަރީ ކޮމިޓީން ޖޭއެސްސީ އާއި ޑީޖޭއޭގެ ބަސް ހޯދަނީ
ޖޭއެސްސީގެ އިންޒާރު ޖުޑީޝަލް ކައުންސިލަށް
ކޯޓުން ޖޭއެސްސީގެ އިހްތިސާސްގެ ތެރެއަށް ނުވަދޭ: ޑީޖޭއޭ
އެއް ރަށެއް، އެއް އަވަށެއް: އެއް ކަމަކަށް ދެ ކޯޓު؟