ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލު ނުކުރަން ނުވަތަ އޭގެ ބާރު ކެނޑޭ ފަދަ އެއްވެސް ނިންމުމެއް ޖުޑީޝަލް ކައުންސިލުން ނިންމައިފި ނަމަ، އެކަމުގައި ބައިވެރިވާ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލާނެ ކަމުގެ އިންޒާރު ޖޭއެސްސީން މިރޭ ދީފި އެވެ.
01 ނޮވެމްބަރ 2019
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލު ނުކުރަން ނުވަތަ އޭގެ ބާރު ކެނޑޭ ފަދަ އެއްވެސް ނިންމުމެއް ޖުޑީޝަލް ކައުންސިލުން ނިންމައިފި ނަމަ، އެކަމުގައި ބައިވެރިވާ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލާނެ ކަމުގެ އިންޒާރު ޖޭއެސްސީން މިރޭ ދީފި އެވެ.
ޖޭއެސްސީން އެގޮތަށް ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނޭ ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމާފައި ވަނިކޮށެވެ. އަދި ސުޕްރީމް ކޯޓުން އިސް ނަގައިގެން ބައެއް ގާނޫނުތަކަށް އަމަލު ނުކުރަން ނިންމައި، ޖޭއެސްސީ އަށް ހުރަސް އަޅަން އުޅޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމެއް ވެސް މިރޭ ބާއްވަ އެވެ.
އެކަމާ ގުޅިގެން ޖޭއެސްސީން ކުރި ޓްވީޓެއްގައި ވަނީ ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލު ނުކުރުމަށް ނުވަތަ އެ ނިންމުމުގެ ބާރު ކެނޑޭ ގޮތަށް ނުވަތަ އެ އިސްލާހު ބަލައިނުގަތުމަށް ޖުޑީޝަލް ކައުންސިލުން ނިންމައިފި ނަމަ، އެކަމުގައި ބައިވެރިވާ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލަން އެ ކޮމިޝަނުން މިރޭ ބޭއްވި ކުއްލި ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ކުރިން ސުޕްރީމް ކޯޓުގެ ދަށުގައި އޮތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުން ޖޭއެސްސީގެ ދަށަށް ބަދަލުކޮށް، ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ އުސޫލުތަކަށް ވަނީ ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން ޖޭއެސްސީން ފަނޑިޔާރުންނާ މެދު އަޅާ ފިޔަވަޅުތަކުގެ މައްސަލަ އެއްވެސް ކޯޓަކަށް ނުބެލޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.
ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމެއް މިރޭ ބާއްވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަމުން ދަނިކޮށެވެ. އަދި އޭގެކުރިން އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ބައްދަލުވުން ބޭއްވީ ބައެއް ފަނޑޔާރުންނަށް ނާންގާ!
އުއްތަމަ ފަނޑިޔާރުގެ ރިޓަޔާމަންޓް ބޮޑުކުރަން ލަފާހޯދަނީ
އުއްތަމަފަނޑިޔާރަށް ދޭ ރިޓަޔާމަންޓް އިނާޔަތް ބޮޑުކުރަނީ
ފަނޑިޔާރު ސަލީމާއި ހަމީދު އައްޔަންކުރަން ރުހުންދީފި
ސަލީމާއި ހަމީދު އައްޔަންކުރަން ކޮމިޓީން ރުހުންދީފި
ސަލީމާއި ހަމީދުގެ ނަން ރައީސް މަޖިލީހަށް ފޮނުވައިފި
ޖޭއެސްސީން ދެކެނީ ހުއްދައަށް 7އަހަރުވުމުން ޝަރުތުހަމަވީ
ސަލީމްގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ ބަހުސެއް
ޖޭއެސްސީން އިސްކަންދިނީ ސަލީމާއި ހަމީދުގެ ނަމަށް
ސުޕްރީމް ކޯޓަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި