ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާއި ހޮލީވުޑްގެ ބަތަލާ ލިންޒީ ލޯހަންގެ މެދުގައި ވަރަށް ހާއްސަ ގުޅުމެއް އުފެދިފައިވާ ކަމަށާއި އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެފި އެވެ.
03 ނޮވެމްބަރ 2019
ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާއި ހޮލީވުޑްގެ ބަތަލާ ލިންޒީ ލޯހަންގެ މެދުގައި ވަރަށް ހާއްސަ ގުޅުމެއް އުފެދިފައިވާ ކަމަށާއި އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެފި އެވެ.
ސައުދީ އަށް މި ފަހުން ބޮޑެތި ބަދަލުތަކެއް ގެންނަވަމުން ގެންދަވާ މުހައްމަދު، 34، އާއި ލިންޒީ، 33، އާ ދެމެދު އެކުވެރި ކަމަކަށް ވުރެ ގާތް ގުޅުމެއް އުފެދިފައިވާކަން މިހާރު ކަށަވަރުވާ ކަމަށް ބައެއް ނޫސްތަކުން ބުނެ އެވެ. އެގޮތުން ދުނިޔޭގެ އެކި ތަންތަނަށް މުހައްމަދުގެ ޕްރައިވެޓް ޖެޓްގައި ދަތުރުކުރުމާއި ހަދިޔާއަކަށް ލިންޒީ އަށް އޭނާ ކްރެޑިޓް ކާޑެއް ވެސް ހަދިޔާކުރައްވާފައިވާ ކަމަށްވެ އެވެ.
މުހައްމަދާއި ލިންޒީގެ ގުޅުމާ ބެހޭ ގޮތުން މީޑިއާތަކުން އެކި ވާހަކަތައް ދައްކަމުން ދިޔަ ނަމަވެސް މިކަމާ ބެހޭ ގޮތުން އެ ދެ މީހުން މިހާތަނަށް އަދި އެއްވެސް ވާހަކައެއް ނުދައްކަަ އެވެ.
އެކަމަކު "މީން ގާލްސް" އާއި "ފްރީކީ ފްރައިޑޭ" ފަދަ ފިލްމުތަކުގެ ބަތަލާގެ ބައްޕަ މައިކަލް ލޯހަން ޕޭޖް ސިކްސް އަށް ބުނީ މީޑިއާތަކުން ތުހުމަތުކުރާ ކަހަލަ ގުޅުމެއް އޭނާގެ ދަރިފުޅާއި މުހައްމަދާ ދެމެދު ނެތް ކަމަށެވެ. ނަމަވެސް މެދުއިރުމަތީގެ ރެފިއުޖީންގެ މައްސަލަތަލުގައި ލިންޒީ ހިއްސާވާ ބައެއް މަސައްކަތްތަކާ ގުޅޭ ގޮތުން މުހައްމަދާއި ލިންޒީއާ ދެމެދު ޕްރޮފެޝަނަލް ގުޅުމެއް އޮންނަ ކަމަށް ބުންޏެވެ.
"އެއީ ހަމައެކަނި ދެ ރައްޓެހިން. ލިންޒީއަކީ މެދުއިރުމަތީގައި ވަރަށް ނުފޫޒު ގަދަ ރައްޓެހިންތަކެއް ތިބި ކުއްޖެއް. މުހައްމަދާ ވެސް އޮތީ އެކަހަލަ ގުޅުމެއް،" މައިކަލް ބުންޏެވެ. "އަދި އެ ގުޅުމަކީ ވަރަށް އިހުތިރާމުކުރެވޭ ގުޅުމެއް."
އޭނާ ބުނިގޮތުގައި މީޑިއާތަކުން ހަގީގަތެއް ނެތް ވާހަކަތަކެއް ފެތުރުމަކީ ވަރަށް ކަންބޮޑުވާ ކަމެކެވެ.
"މީހަކު ކުރާ ރަނގަޅު ކަމެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ކޮންމެވެސް ވާހަކައެއް ހަދާލައިގެން ދެއްކުން މިއޮންނަނީ. ލިންޒީ އަކީ ސީރިއާގައި އެކަނި ވެސް ވަރަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކުއްޖެއް،" މައިކަލް ބުންޏެވެ. "މީޑިއާތަކުން ކީއްވެބާ އެކަހަލަ ވާހަކަތައް ނުގެނެސްދެނީ؟"
މުހައްމަދާއި ލިންޒީގެ ގުޅުމާ ބެހޭ ގޮތުން ވާހަކަތަކެއް ދެކެވެމުންދާ އިރު، އެ ދެ މީހުންނަކީ ވެސް އަދި ކައިވެންޏެއްނުކޮށް ހުސްހަށި ބަޔަށް ތިބި ދެ މީހުންނެވެ. އެހެންވެ މިއީ ލޯބީގެ ގުޅުމަކަށްވާ ނަމަ މި ގުޅުން ކިހާ ހިސާބަކަށް ހިނގައިދާނެތޯ ބެލުމުގެ ޝައުގުވެރިކަން ބޮޑީ އެވެ.
ލިންޒީ އަކީ މީގެ ކުރިން އެތައް ބަޔަކާ ލޯބީގެ ގުޅުންތައް ބާއްވާފައިވާ ބަތަލާއެކެވެ. އޭގެ ތެރޭގައި ދާދި ފަހުން ރާއްޖޭގެ ކުރެހުންތެރިއެއްގެ ކުރެހުމެއް "ވަގަށް ނެގި" އެމެރިކާގެ ލަވަކިޔުންތެރިޔާ އާރޮން ކާޓާ ފާހަގަކޮށްލެވެ އެވެ.
ބަތަލާ ލިންޒީ އެންގޭޖްވެއްޖެ
ޖޯޝް ރީތީގެ ރާނީއަކާ އިންނަނީ
ކަމިލަ އާއި މެންޑޭޒްގެ ލޯބީގެ ގުޅުމުގައި ސިއްކަ
އެންޖެލީނާ އާއި ވީކެންޑް މާފޮޅުވަނީ؟
ކަންޔޭގެ އާ ބައިވެރިޔަކީ އައިރީނާ؟
އެންގޭޖްމަންޓް ރޫޅާލި ވާހަކަ ޖެނިފާ ލޮޕޭޒް ދޮގުކޮށްފި
ގާގާގެ އާ ބައިވެރިޔަކީ މައިކަލް
ރިއާނާ އާއި ޖަމީލު ތިން އަހަރު ފަހުން ވަކިވެއްޖެ
ނޯއާ އާއި ޒޯއީގެ ސިއްރު ގުޅުމެއް؟
ޕުޓިން އާއި ޓްރަމްޕު ސައޫދީގައި ބައްދަލުކުރައްވަނީ