ސުޕްރީމް ކޯޓަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ރުހުން ދިނުމާ އެކު، ދިޔާނާ ސައީދު އޭނާއަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ރުހުން ދިނުމާ އެކު، ދިޔާނާ ސައީދު އޭނާއަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
މަހާޒްގެ ނަމާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވީ، ކުރިން އެޓާނީ ޖެނެރަލް އޮފީހާއި ރައްޔިތުންގެ ހާއްސަ މަޖިލިހުގައި، ގާނޫނީ އަދި ޝަރުއީ ދާއިރާއާ ބެހޭ އެތައް މަސައްކަތެއް ކުރެއްވި ދިޔާނާގެ ނަމެވެ.
އެކަމަކު މަޖިލިހުގެ ސުޕަ މެޖޯރިޓީ ކޮންޓްރޯލްކުރާ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމެއްގައި، މަހާޒަށް ވޯޓު ދޭން ތްރީލައިން ވިޕް ނެރުމާ އެކު، ދިޔާނާއަށް އޮތް ފުރުސަތު ބަންދުވި އެވެ. އޭގެ ފަހުން މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުން މަހާޒަށް ރުހުން ލިބިވަޑައިގަތެވެ.
Congratulations to my honourable colleague, Uz. Mahaz. I called him up a few nights ago to make sure that we stand in mutual respect and good feelings.
— Dhiyana ??? (@dhiyanasaid) October 30, 2019
I’d like to thank everyone who has supported my candidacy in big and small ways. I couldn’t have pushed it this far without you
ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ބޭފުޅުންގެ މެދުގައި އިހުތިރާމާއި ދެނެގަތުން ބޭއްވުމުގެ ނިޔަތުގައި މީގެ ދެތިން ރޭ ކުރިން މަހާޒަށް ފޯނުން ގުޅުއްވި ކަމަށެވެ.
"އަޅުގަނޑު އަލްއުސްތާޒު މަހާޒަށް މަރުހަބާ ދަންނަވަމެވެ،" ދިޔާނާ ލިއުއްވި އެވެ.
އޭނާ ވަނީ ސުޕްރީމް ކޯޓަށް ވަޑައިގަތުމުގެ އުއްމީދުގައި ކުރެއްވި މަސައްކަތަށް އެކި ގޮތްގޮތުން އެހީތެރިވި އެންމެންނަށް ވެސް ޝުކުރު ދަންނަވާފަ އެވެ.
"ތިޔަ ބޭފުޅުންގެ އެހީތެރިކަން ނެތި އަޅުގަނޑަށް މިހާ ހިސާބަކަށް ނާދެވުނީހެވެ،" ޓްވީޓް ނިންމަވާލައްވަމުން ދިޔާނާ ވިދާޅުވި އެވެ.
ދިޔާނާއަކީ ގާނޫނީ ރޮނގުން ބޭރުން މަތީ ތައުލީމް ހާސިލްކުރައްވައި ރާއްޖެ ވަޑައިގެން ގާނޫނީ ދާއިރާ އިން ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްލާހީ އެޖެންޑާގެ ދުވަސްވަރު، ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި، އާ ގާނޫނުއަސާސީގެ މަސައްކަތުގައި ވެސް އޭނާ އުޅުއްވި އެވެ.
މައުމޫންގެ ވެރިކަމަށް ފަހު ދެން އުފެދުނު އެމްޑީޕީ ކޯލިޝަންގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަން ކުރެއްވި އެވެ. އަދި މިއަދާ ހަމައަށް ވެސް އޭނާ އަކީ ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ދިވެހި ހަމައެކަނި އަންހެން ބޭފުޅެވެ.
ސުޕްރީމް ކޯޓަށް މަހާޒް އައްޔަން ކުރަން ރުހުން ދީފި
މަހާޒަށް ރުހުންދޭން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި
މަހާޒާއި ދިޔާނާއާ މެދު ގޮތެއް ނިންމުން ކޮން އިރަކުން؟
ނަޝީދުގެ ނިންމެވުން ބަދަލުކޮށް ރިޕޯޓު އެޖެންޑާއަށް
މަހާޒާއި ދިޔާނާގެ ތަފާތު ރިޕޯޓެއް! އަލުން ކޮމިޓީއަށް!
މަހާޒާއި ދިޔާނާގެ ނަން ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް
މަހާޒާއި ދިޔާނާގެ މައްސަލަ މާދަމާގެ އެޖެންޑާގައި
މަހާޒާއި ދިޔާނާގެ ނަން މަޖިލީހަށް ފޮނުވައިފި
މަހާޒާއި ދިޔާނާގެ ނަން މަޖިލީހަށް ފޮނުވަން ލަފާ ދީފި
ދެ ފަނޑިޔާރުންގެ މައްސަލާގެ ތަހުގީގު ރިޕޯޓް ކޮމިޝަނަށް