ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލާގެ ތަހުގީގު ނިންމައި، ތަހުގީގު ކޮމެޓީގެ ރިޕޯޓް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލާގެ ތަހުގީގު ނިންމައި، ތަހުގީގު ކޮމެޓީގެ ރިޕޯޓް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒްއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން ދަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އަކާއި ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އެ ދެ ފަނޑިޔާރުން ތިއްބެވި ކަމަށް ބުނެ އެވެ.
އެ ދެ މައްސަލާގައި އެ ބޭފުޅުން ކުރިން ޖޭއެސްސީއަށް ހާޒިރުކޮށް، ބަޔާން ނެގުމަށްފަހު ތަހުގީގު ކޮމެޓީން ރޭ ވަނީ އެ ކޮމެޓީގެ ރިޕޯޓް ކޮމިޝަނަށް ފޮނުވައިފަ އެވެ. ނަމަވެސް އެ ކޮމެޓީގެ ނިންމުމަކީ ކޮބައިކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.
ތަހުގީގު ކޮމެޓީގެ ރިޕޯޓް ކޮމިޝަނަށް ފޮނުވުމާއެކު، ދެން އޮންނާނީ އެ ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު އެ ފަނޑިޔާރުންނަށް ދިނުމަށެވެ. އަދި އޭގެފަހުގައި ކޮމިޝަނުން އެ މައްސަލާގައި ގޮތެއް ނިންމާނެ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒްގެ މައްސަލާގެ ތަހުގީގު ރިޕޯޓް ކޮމިޝަނަށް ފޮނުވިއިރު، އެ ބޭފުޅުން މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ތިއްބެވީ ސަސްޕެންޑްކޮށްފަ އެވެ. އެ ބޭފުޅުން ސަސްޕެންޑްކުރީ އެ ބޭފުޅުންނާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށް ބުނެ އެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް މިހާތަނަށް ވެސް އޭސީސީން ހާމަކޮށްފައެއް ނުވެ އެވެ.
އެ ދެ ފަނޑިޔާރުންގެ އިތުރުން ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ސުއޫދު ވެސް އެ މައްސަލާގައި ސަސްޕެންޑްކުރި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެ ބޭފުޅުން އޭރު ސަސްޕެންޑްކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ އަޑުއެހުމެއް ތާވަލް ކޮށްފައި ވަނިކޮށެވެ.
އަޒްމިރަލްދާ ހާޒިރުނުކުރަން ކޮމިޓީން ފާސްކޮށްފި
ނެޗުރަލް ޖަސްޓިސް: ކޮންމެ މީހަކާ މެދު އަދުލުވެރިވުން!
މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތަކަށް މަހާޒު އެދިއްޖެ
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން އެދިއްޖެ
ކޮމިޓީއަށް ހާޒިރުކުރަން ނިންމާނީ ދިރާސާކޮށްފައި
ދެ ފަނޑިޔާރުން ވަކިކުރުމާ މެދު މިރޭ ގޮތެއް ނިންމަނީ
އަޒްމިރާލްދާ އާއިމަހާޒު މާދަމާ ޖޭއެސްސީއަށް ހާޒިރުކުރަނީ
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ
އަޒްމިރަލްދާ އަދި މަހާޒުގެ އިތުރު ސުލޫކީ މައްސަލައެއް
ފަނޑިޔާރުން ވަކިކުރުމާ މެދު ކުރީގެ ޕީޖީގެ އިލްތިމާސެއް