Roadha Mihaaru
މޯލްޑިވިއަނުން ކޮންމެ ދުވަހަކު ކުޅުދުއްފުއްޓަށް އުދުހެނީ

މޯލްޑިވިއަނުން ކޮންމެ ދުވަހަކު ކުޅުދުއްފުއްޓަަށް އުދުހެނީ

30 އޮކްޓޯބަރ 2019

އަންނަ ހުކުރު ދުވަހުން ފެށިގެން މާލެއިން ކުޅުދުއްފުއްޓަށް ކޮންމެ ދުވަހަކު ދަތުރުކުރަން ގައުމީ އެއާލައިން މޯލްޑިވިއަނުން ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އަންނަ ހުކުރު ދުވަހުން ފެށިގެން މާލެއިން ކުޅުދުއްފުއްޓަށް ކޮންމެ ދުވަހަކު ދަތުރުކުރަން ގައުމީ އެއާލައިން މޯލްޑިވިއަނުން ނިންމައިފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ހުކުރު ދުވަހުން ފެށިގެން މާލެއިން ކުޅުދުއްފުއްޓަށް މޯލްޑިވިއަންގެ މަތިންދާބޯޓެއް ދުވާލަކު އެއް ފަހަރު ދާނެ ކަމަށެވެ. އެ އެއާލައިން އިން ކުޅުދުއްފުއްޓަށް މިހާރު ދަތުރުކުރަނީ ހަފްތާއަކު ތިން ދުވަހު އެވެ.

މާލެއިން ކުޅުދުއްފުއްޓަށް ކުރާ ދެކޮޅު ދަތުރެއްގެ އަގަކީ 2،226 ރުފިޔާ އެވެ. ކުޅުދުއްފުއްޓަށް ޝެޑިއުލް ފްލައިޓްސް އެ ކުންފުނިން ފެށީ މިދިޔަ އޮގަސްޓު މަހެވެ.

މީގެ އިތުރުން ހަނިމާދޫން ކޮޗިން އަށް ދަތުރުކުރަން ވެސް މޯލްޑިވިއަނުން ވަނީ މިދިޔަ ހޯމަ ދުވަހު ފަށައިފަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، އޭރުގެ ރައީސް އަބްދުﷲ ޔާމީން އެވެ.